Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ މަސައްކަތްތަކަށް ލަފާދޭނެ އެޑްވައިޒަރީ 6 ކޮމިޓީއެއް އުފެއްދުމަށް ވަނީ ފުރުޞަތު ހުޅުވާލާފައި. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 12:00 އެވެ. އެޕްލިކޭޝަންތައް ފޮނުވަންޖެހޭނީ bureau@adducity.gov.mv އަށް.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 ޖޫން 2026 | އަންގާރަ 09:17
އައްށޫ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގެ ތެރެއިން

އައްށޫ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގެ ތެރެއިން | އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ މަސައްކަތްތަކަށް ލަފާދޭނެ އެޑްވައިޒަރީ ކޮމިޓީތައް އުފައްދައި، އެ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި އެވެ.

މި ނިންމުމަކީ ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ޤަވާއިދުގެ 93 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން، ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ނިންމާފައިވާ ނިންމުމެކެވެ. މިގޮތުން ޖުމްލަ ހަ ދާއިރާއަކުން އެޑްވައިޒަރީ ކޮމިޓީތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

އުފެއްދުމަށް ހަމަޖެހިފައިވާ ކޮމިޓީތަކަކީ ރިލިޖަސް އެޑްވައިޒަރީ ކޮމިޓީ، ޔޫތު އެޑްވައިޒަރީ ކޮމިޓީ، ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެޑްވައިޒަރީ ކޮމިޓީ، ބިޒްނަސް އެންޑް ޓޫރިޒަމް އެޑްވައިޒަރީ ކޮމިޓީ، އެންވަޔަރަންމަންޓް އެޑްވައިޒަރީ ކޮމިޓީ އަދި ސޯޝަލް އެޑްވައިޒަރީ ކޮމިޓީ އެވެ.

މި ކޮމިޓީތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، ކުރިމަތިލާ ކޮމިޓީގެ ނަމާއި، އެ ދާއިރާއަކުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތައް ހުށަހަޅަންޖެހޭ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ހިއްސާކުރި އެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 12:00 އެވެ. އެޕްލިކޭޝަންތައް ފޮނުވަންޖެހޭނީ bureau@adducity.gov.mv އަށެވެ.

ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ކޮމިޓީތަކަށް މެމްބަރުން އައްޔަނުކުރުމުގައި، ކަމާގުޅޭ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ އަދި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ އެވެ. މިއީ ސިޓީގެ ތަރައްޤީއާއި އިޖުތިމާޢީ ކަންކަމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 6885003 އަށް ގުޅުއްވުމަށް ނުވަތަ ކައުންސިލްގެ ބިއުރޯއަށް މެއިލް ކުރެއްވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ. 

މަސްދަރު: addu city council

އައްޑޫ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

15 އެޕްރީލު 2026
ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު
15 އެޕްރީލު 2026

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

15 އެޕްރީލު 2026
ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު