Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކާނީ ކޮން މޫނެއް؟

23 ޖުލައި 2026 | ބުރާސްފަތި 12:01

ރާއްޖޭގެ އިޤްތިސާދީ ހާލަތު ގޯސްވެ ތަކެތީގެ އަގާއި ބިލުތައް އިންތިހާއަށް ބޮޑުވަމުންދާއިރު، ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ފެށުމުން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 ޖުލައި 2026 | ބުރާސްފަތި 12:01
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން | މަޖިލިސް

މިއަހަރުގެ މިނިވަން ދުވަސް މިވަނީ އަތްދަމާލީމާ އަތްޖެހޭ ހިސާބުގަ އެވެ. އުފާ ފާޅުކުރުމުގެ އިންތިޒާމްތައް ތައްޔާރުވަމުން ދަނީ އެވެ. ހާއުފާވެރިކަން ރަމްޒުކޮށްދޭން ދަމާ ކުލަބޮކިތައް ދިއްލޭނޭ ވަގުތު ކުޑަތަންވީ އެވެ. މިނިވަންކަމަށް 61 އަހަރުފުރި 62 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ތައްޔާރުވަމުންދާއިރު ރައްޔިތުމީހާގެ އިހްސާސްތަކާމެދު ސުވާލު އުފެދެ އެވެ.

މިނިވަންކަމަކީ އަޅުވެތި ކަމުން ސަލާމަތްވެފައި އޮތުމެވެ. މީހަކަށް، ބަޔަކަށް އަދި ރަށަކަށާއި ގައުމަކަށްވިއަސް ހުދޫދުގެ ތެރެއިން އަމިއްލަ މިނިވަންކަން އޮތުމެވެ. އެހެން ބައެއްގެ ބާރު ނުފޯރުމެވެ. އެކަމަކު މިއަދު ރައްޔިތު މިހާއަށް ކުރެވެނީ އެ އިހްސާސެއް ނޫނެވެ.

ތަކެތީގެ އަގު އެދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އިގްތިސާދީ މާހިރުންގެ ބަހަކީ އަދި އޮތީ އެގޮތަށެވެ. އަވަހަކަށް އެކަން ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. ސަބަބަކަށް ދައްކަނީ މައްޗަށް ނާރާނެކަމަށް ރައީސް މީހާ ވިދާޅުވީމާ ދަށަށް ނުގޮސްހުރި ޑޮލަރުގެ އަގެވެ. ޑޮލަރެއް ލިބޭ އަގު 22 ރުފިޔާއާ ގާތްކުރީ އެވެ. އަތް ނުފޯރާފަށަށް ދިޔަ ތަކެތީގެ އަގާ އެއް ހަމަޔަށް ކަރަންޓް ބިލާ ފެންބިލު ވެސް ބޮޑުވަމުންދަނީ އެވެ. ރޯދަމަހަށް ދިން ޑިސްކައުންޓާއެކު ކުރީގެ މަސްމަހާ އަޅާ ނުކިޔޭވަރަށް ބިލްތައް މައްޗަށް އަރަނީ އެވެ.

ބޭސް ފަރުވާއަށް ސަލާންޖަހަންޖެހި ޑޮކްޓަރުން ލިޔެދޭ ބޭސްތަކުން ލިބެންހުރި ބޭހުގެ އަދަދު އިންތިހާއަށް މަދުވެ ބެލެނިވެރިންގެ ސިކުނޑި ސުމަކަށް ދަނީ އެވެ.

މިހާލަތުގައި ތިއްބާ ފެންނާން އެފެށީ އަނެއްކާ އަނެއް މަންޒަރެވެ. އެދިނީ އެންމެ ތިންމަސްދުވަހުގެ މުހުލަތެކެވެ. ރުހުނަސް ނުރުހުނަސް 33 އިންސައްތަ މީހުން ވަޒީފާއިން ވަކިކުރަން އެވަނީ ގަދަ އަމުރަކުން އަމުރުކޮށްފަ އެވެ. ކިތައްމެ ނިކަމެތި ހާލެއްގައި އާއިލާ ޖެހުނަސް އެނޫންގޮތެއް ނެތެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލެނީ އެވެ. މަހަށްދިޔަ އޮޑިގަނޑު ދޫކޮށްލާފައި ފެނަކައަށް ވަން މީހުންގެ އަޖަލު ހަމަވަނީ އެވެ. މެންބަރު ހޮވައިދޭން އާއިލާގެ އެންމެންގެ ވޯޓު ދީގެން ވަޒީފާ ލިބުނު މީހުންގެ ކޮންޓްރެކްޓް ހަމަވަނީ އެވެ. ކުރިން ކުރަމުންދިޔަ މަސައްކަތް ވެސް ހުއްޓި އަލުންކަމެއް ފަށަން ވެސް ދަތިވީ އެވެ. 

މިހާލަތައް ވެއްޓުނީ ތިނެތި އެކައްޗަކަށް ވީމަ އެވެ. ތިންބާރު އެއްބާރަކަށް ވީމަ އެވެ. ހިންގާންތިބި މީހުން ޖަވާބުދާރީ ކުރާންތިބި މީހުން ހިންގާންތިބި މީހުންގެ އުނގަށް އެރުނީމަ އެވެ. އަމިއްލައަށް އެމީހުންގެ ރިމޯޓް ހިންގާންހުރި މީހާއަތަށް ދިނުމާއެކު ލިބުނު ބާރުގައި އެއަށް ބަހެއް ބުނާން އޮތް އަދްލު އިންސާފްގެ ބާރުގެ ވަރަ ބިނދި ބާރު ކެނޑުނީމަ އެވެ.

މިކަންކުރީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. ޖަވާބު ދާރީ ކުރުވަން އޮތީ އެމަޖިލީހެވެ. އެކަމަކު އެމަޖިލީހުގެ ކޮޅު ބަދަލުކޮށްލީ އެވެރިން އަމިއްލައަކަށެވެ. ސުޕަރ މެޖޯރިޓީ އޮތް މަޖިލީސް މެންބަރުން އެވަނީ އެމަޖިލީހުގެ މެންބަރުންގެ މިނިވަންކަން އެމެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއާ ހަވާލުކޮށްފަ އެވެ. އެ ކޮމެޓީން އެ މެންބަރަކު އެ ޕާޓީން ވަކިކޮށްފިނަމަ، އެ މެންބަރެއްގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭނެގޮތް ހަދައިދީފަ އެވެ. އެ ބިރަށްޓަކައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ސަރުކާރު ނުރުހޭ ގޮތަކަށް އެއްޗެއް ބުނެވޭނެ ޖާގައެއް ނެތެވެ. އެވެރިންގެ އަމިއްލަ ސިޔާސީ މިނިވަންކަން އެކަމަކަށް ފުރުސަތެއް ނެތެވެ. ކުރެވޭ ކަމަކުން ބުނެވޭ ބަހަކުން ނޫންނަމަ ދެވޭ ވޯޓަކުން އެވެރިންގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭނެތީ އެވެ. އެ މެންބަރު ހޮވި ދާއިރާގެ މެންބަރުންގެ ހައްގުގައި އެއްޗެއް ބުނެވޭނެ ބާރެއް މިއަދަކު ނެތެވެ. ހުއްޓިފައިހުރި ކަންކަމާއި ކުރާނެ ކަމަށް ބުނި ކަންކަން ނުކުރިއަސް އެވެރިން ތިބެން ޖެހޭނީ ވަރިހަމަވެގެންނެވެ. ރައްޔިތުންގެ ހާލަތާމެދު އެއްޗެއް ވިދާޅުވާން ކީއްކުރަން ހެއްޔެވެ. އެފަދަ ކަމެއްގައި ކުޑަވައި އިނގިލި ހިއްލާލިއަސް އެ މެންބަރަކު ޚަތަމް ވީއެވެ. އެ މެންބަރުން ހޮވައިދޭތީ ވަޒީފާދިން މީހުން ކަނޑާ އެއްލާލިއަސް އެ ވެރިންނަކަށް ސުއްބުވެސް ބުނެލެވޭނެ ޖާގައެއް ނެތެވެ.

ނަތީޖާއެއްގެ ގޮތުން އާއްމު ރައްޔިތު މީހާގެ މިނިވަންކަން އެވަނީ ތަޅުއެޅުވިފަ އެވެ. އެމީހެއްގެ ފަރުދީ މިނިވަންކަން އެމީހެއްގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ބެލެވުމުގެ ޖާގައެއް ނެތެވެ. ވަޒީފާ ގެއްލިދާނެތީ އެވެ. އާއިލާ ބިކަވެދާނެތީ އެވެ. ބަންދެއްގައި ހުންނަން ޖެހިދާނެތީ އެވެ. އެ ކަމަށްޓަކައި މަޖްބޫރުންނަމަވެސް ސަރުކާރަށް ތާއީދު ކުރަން ޖެހެ އެވެ. ސަރުކާރު ހިންގާ ޕާޓީއާ ގުޅެން ޖެހެ އެވެ. ސަރުކާރާ އިދިކޮޅު ހަރަކާތްތަކުން އެއްގޮތަކަށްވެސް ނުފެނި ހުންނާން ޖެހެ އެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ހިތާ ދެކޮޅަށް ވެސް ބައިވެރިވުން ނޫންގޮތެއް ނެތެވެ. އެހެންކަމުން އާއްމު މީހާއަށް ނަމެއްގައި އޮތަސް، މިނިވަން ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމުން އެވަނީ މަހްރޫމް ވެފަ އެވެ.

ކޮންމެއަކަސް މިހާލަތައް ރައްޔިތު މީހާ ގެނައީ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީ މެންބަރުންނެވެ. އެވެރިންގެ ކޮންޓްރޯލް ރައީސް މުއިއްޒުގެ އަތްޕުޅަށް އަމިއްލައަށް ދީގެންނެވެ. ޤާނޫން އަސާސީއަށް ގެނައި ބަދަލާއެކު އެވެރިންގެ ބާރު އެވެރިން ދޫކޮށްލީމަ އެވެ. އުފެދޭ ސުވާލަކީ މިނިވަން ދުވަހު އެވެރިން ރައްޔިތުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ. އެވެރިންގެ ދާއިރާތަކަށް އެވެރިންނަށް އަރަން ކެރޭނީ ކޮންފަދައަކުން ހެއްޔެވެ. އެވެރިން ހޮވަން މަރުފަލި ޖެހި މީހުންގެ ހައްގުގައި ބަހެއް ބުނާނީ ކިހިނެއް ހެއްޔެވެ. އެތެރެކޮއިލުން ލިބުނު ފައިސާއާ އާސިޔާނު ގައުމުތަކުން އަނބިދަރިންނަށް ދަންދެން އެވެރިންނަށް ބޭސް ކުރެވިދާނެ އެވެ. ލިބޭ ބޮޑު މުސާރައާއެކު ހާއުފާވެރިކަން އެމީހުންނަށް ލިބިދާނެ އެވެ. އެކަމަކު އެވެރިންނަށް ވޯޓު ހޯދައިދިނީމާ ވަޒީފާ ދިން މިހާ އެ ވަޒީފާއިން ވަކިކުރުމުން އެ އަންނަ އައުމަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. ދާއިރާގެ އެމީހާއަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ. އަމުދުން ދެން އަންނަ ދައުރެއްގައި ވޯޓު ހޯދަންގޮސް ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ.

މިނިވަން ދުވަސްމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

22 ޖުލައި 2026

ސުނާމީ ކާރިސާއާއި ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ވެސް ވަޒީފާތަކުން މުވައްޒަފުން ކަނޑައިފައެއް ނުވޭ: ވައްޑެ

22 ޖުލައި 2026
ސުނާމީ ކާރިސާއާއި ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ވެސް ވަޒީފާތަކުން މުވައްޒަފުން ކަނޑައިފައެއް ނުވޭ: ވައްޑެ
22 ޖުލައި 2026

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި

22 ޖުލައި 2026
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި
17 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް

17 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް
15 ޖުލައި 2026

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދެނީ

15 ޖުލައި 2026
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދެނީ
14 ޖުލައި 2026

ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި

14 ޖުލައި 2026
ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
10 ޖެނުއަރީ 2026

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026
ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!
16 ޖުލައި 2025

ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ

16 ޖުލައި 2025
ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ
25 ޖޫން 2025

ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!

25 ޖޫން 2025
ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!
27 ޖުލައި 2022

މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ

27 ޖުލައި 2022
މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ
26 ޖުލައި 2022

އެތެރެއާ ބޭރުން ނުރައްކާ ކޮށްފާނެ ކޮންމެ ޙާލަތަކަށް ހޭލާ ތިބެނީ ދިވެހި ސިފައިންނާ ފުލުހުން: ރައީސް

26 ޖުލައި 2022
އެތެރެއާ ބޭރުން ނުރައްކާ ކޮށްފާނެ ކޮންމެ ޙާލަތަކަށް ހޭލާ ތިބެނީ ދިވެހި ސިފައިންނާ ފުލުހުން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް