Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒު

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމާ މެދު ތަފާތު ވިސްނުންތަކެއް ގެންގުޅުއްވައި، އެ ނިޒާމުގެ ހިންގުމަށް ބަދަލުތަކެއް ގެންނަވަމުންދާ ބޭފުޅެއް. މިހާރު ވައުދުތައް ނުފުއްދި ލަސްވަމުންދަނީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުގެ ސަބަބުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 07:15
ރައީސުލްޖުމްހޫރިއްޔާ ހއ. މާރަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - (ފައިލް ފޮޓޯ)

ރައީސުލްޖުމްހޫރިއްޔާ ހއ. މާރަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - (ފައިލް ފޮޓޯ)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ދެއްވި ފޮނި އުންމީދުތަކާއި ވައުދުތައް ފުއްދުމުގައި ފެންނަމުންދަނީ އިންތިހާއަށް ބަހަނާ ދައްކަވާ މަންޒަރެވެ. ސަރުކާރަށް ދެ އަހަރާއި ބައިވަމުންދާއިރު، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިނުދެވި، ކަންކަން ނުވުމުގެ ޒިންމާއިން ރެކުމަށްޓަކައި ކޮންމެ ފަހަރަކު އާ ބަހަނާ އެއް ދެއްކުމަކީ މިހާރު މި ސަރުކާރުގެ އާދައަކަށް ވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު، ކަންކަން ނުވުމުގެ ޒިންމާ އެޅުވީ ކުރީ ސަރުކާރުގެ ބޮލުގަ އެވެ. އެއަށްފަހު، މަޖިލީހުގެ މެޖޯރިޓީ ނެތިގެން ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ، އެދުނީ މަޖިލިސް މެޖޯރިޓީ އަށެވެ. ރައްޔިތުން އެ މެޖޯރިޓީ ވެސް ސަރުކާރަށް ދިނެވެ. ނަމަވެސް، މަޖިލިސް މެޖޯރިޓީ ލިބުމުން ދެން ދެއްކެވީ ބަޖެޓް ނެތް ވާހަކަ އެވެ. މިގޮތަށް ފަހަރަކު ކަމެއްގައި ރައްޔިތުން "ގުބޯ" ހައްދަމުން ގޮސް، އެތައް ތާރީޚުތަކެއް ދީ، އެ ތާރީޚުތައް ފަހަނައަޅާ ދާއިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.

މިހާރު އެންމެ ފަހުން ދައްކަވަން ފެއްޓެވި ބަހަނާއަކީ ކައުންސިލްތަކުން ބިން ނުދީގެން މަޝްރޫއުތައް ނުފެށޭ ވާހަކަ އެވެ. ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނާތީ، ސަރުކާރުގެ ނާގާބިލުކަމުގެ ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލުގައި އެޅުވުމަކީ ސިޔާސީ ގޮތުން ކުޅޭ ވަރަށް ނުރައްކާތެރި ކުޅިވަރެކެވެ. ރަށްރަށަށް ވަޑައިގެން، ބޮޑެތި ރަސްމިއްޔާތުތައް ބާއްވަވާ އެޅިހާ ބިންގާތައް މިހާރު ރައްޔިތުންނަށް ވެފައިވަނީ ބޮޑު "ޖޯކަކަށެވެ". ބިންގާ އެޅިތާ 2 މަސް ނުވަތަ 3 މަސް ވެގެންދާއިރުވެސް އަމަލީ މަސައްކަތެއް ނުފެށި އޮތުމުން ރައްޔިތުންގެ ޝަކުވާ އިންތިހާ އަށް ބޮޑެވެ. އެ ޝަކުވާ ރައްޔިތުން ކުރަން ފެށުމުން، އެންމެ ފަހުން ބޭއްވި ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ކައުންސިލުން ބިން ހަވާލު ނުކޮށްގެން ވާގޮތެއް ކަމަށެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެކިއެކި ދާއިރާތަކުގެ މަޝްރޫއުތައް ހިނގާގޮތް ބެއްލެވިއިރު، މިސްކިތްތައް ބިނާކުރުމާއި، ސްކޫލް އެކްސްޓެންޝަންތަކާއި، ހެލްތް ސެންޓަރުތަކާއި ސްޕޯޓްސް މަޝްރޫއުތައް ނުފެށި ހުރީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށެވެ. ނަމަވެސް، މިއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ގިނަ ކައުންސިލްތަކުން ދަނީ ބުނަމުންނެވެ. މަސައްކަތް ނުފެށެނީ ވަސީލަތްތައް ނެތީމަ ކަމަށެވެ. ކުޅުދުއްފުށީ ކައުންސިލާ ގުޅޭގޮތުން މީގެކުރިން ދެކެވުނު ހަގީގަތާ ހިލާފު ވާހަކަތަކުގެ ތަފްސީލު، މޭޔަރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސާފުކޮށްދެއްވާފަ އެވެ. ނަމަވެސް، އެކަންކަމުގެ ހަގީގަތް ރައީސް މުއިއްޒަށް އެނގިވަޑައިގެންފައި ނުވުމަކީ، ކަންކަން ހިނގަމުންދާ ގޮތުގެ ފުރިހަމަ ތަފްސީލު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާކަން ހާމަވާ ކަމެކެވެ. ބޭނުންވަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަން ކަމަށް ވިދާޅުވާއިރު، ރައްޔިތުން ވަނީ ސަރުކާރަށް ބޭނުންވާ ހުރިހާ ބާރެއް މަޖިލިސް މެޖޯރިޓީއާއެކު ދީފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރެވެމުންދަނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ބިނާކުރަނިވި ގޮތެއްގަ އެވެ. ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ރަށު ފެންވަރުގަ އާއި ސިޓީ ފެންވަރުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މެންބަރުން އިންތިޚާބު ކޮށްދެއްވުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތެވެ.

ނަމަވެސް، ރައީސް މުޢިއްޒަކީ ލާމަރުކަޒީ ނިޒާމާ މެދު ތަފާތު ވިސްނުންތަކެއް ގެންގުޅުއްވައި، އެ ނިޒާމުގެ ހިންގުމަށް ބަދަލުތަކެއް ގެންނަވަމުންދާ ބޭފުޅެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރެ އެވެ. ފެށިފައިވާ މަޝްރޫއުތަކާއި އަލަށް ފަށަން ހުރި ކަންކަން ފުރިހަމަކުރެވެން އޮތީ، ލޯކަލް ކައުންސިލްތަކުގެ އަޣުލަބިއްޔަތު ޕީއެންސީ އަށް ދީގެން ކަމަށް ވިދާޅުވެ ރާގު ބަދަލުވެއްޖެ އެވެ. މިހާރު ވައުދުތައް ނުފުއްދި ލަސްވަމުންދަނީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުގެ ސަބަބުން ކަމަށް އެދަނީ ވިދާޅުވަމުންނެވެ.

ކޮންމެ އަހަރަކު ބަޖެޓް ފާސްކުރާއިރު، އެއީ ބޯހިޔާވަހިކަމުގެ އަހަރޭ ނުވަތަ އުމްރާނީ ތަރައްގީގެ އަހަރޭ ކިޔާއިގެން ރައްޔިތުންނަށް އުންމީދުތައް ދެ އެވެ. ނަމަވެސް، މޫނަށް އެންމެ ރުލެއްވެސް އަރުއްވާނުލައްވައި، ވައުދު ފުއްދަމުންދާ ކަމަށް ވިދާޅުވެ ހައްދަވަނީ އިތުރުފުޅުތަކެއް ކަން މިއަދު ރައްޔިތުންނަށް ސާފުވެ އެވެ.

އަމިއްލަ ނާގާބިލުކަމުން ކަންކަން ނުވުމުން، އެކަމުގެ ޒިންމާ ކުރީ ސަރުކާރާއި، މަޖިލީހާއި، އަދި މިހާރު ކައުންސިލްތަކުގެ ބޮލުގައި އެޅުވުމަކީ ޒިންމާދާރު ވެރިއެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ރައްޔިތުން މިއަދު ތިބީ މި ސަރުކާރާ މެދު އޮތް އުންމީދު މުޅިން ކަނޑާލައިގެންނެވެ. ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ކޮށްދިނުމުގެ ބަދަލުގައި، މުޅިންވެސް ފެންނަނީ އެހެން ބައެއްގެ ބޮލުގައި ކަންކަން އަޅުވައި ރައްޔިތުން ކުއްވެރިކުރާ މަންޒަރެވެ.

މިއީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދުމުގެ ޒިންމާ ކައުންސިލްތަކުގެ ބޮލަށް ޖަހާ ނާގާބިލުކަން ފޮރުއްވުމަށް ދައްކަވާ ބަހަނާ އެއް ނޫންހެއްޔެވެ؟

މުއިއްޒު ސަރުކާރުރައީސް ޑރ. މުހައްމަދު މުއިއްޒުމުއިއްޒު-ކައުންސިލްތައްލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖަހާނެ: މެންބަރު އިބްރާހިމް

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖަހާނެ: މެންބަރު އިބްރާހިމް

10 ޖެނުއަރީ 2026
 އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

09 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު