Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން ދުވަސް

މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ

މިނިވަންކަމަކީ ކޮބައިކަން އިހުސާސް ކުރެވެނީ މަދު ބަޔަކަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޖުލައި 2022 | ބުދަ 09:54
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް

މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ބައިވެރިވެވަޑައިގެން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އައްބާސް އިބްރާހިމް ވަނީ މިނިވަން ދުވަހާއި ގުޅޭ ގިނަ ވާހަކަފުޅުތަކެއް ހިއްސާ ކުރައްވާފައެވެ.

އައްބާސް ވިދާޅުވާ ގޮތުގައި ޤައުމެއްގެ ނިސްބަތުން މިނިވަންކަމަކީ ކޮބައިކަން އިހުސާސް ކުރެވެނީ މަދު ބަޔަކަށް ކަމަށެވެ.

އައްބާސް ވިދާޅުވީ، އޭރު ރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ނަމަވެސް، ރާއްޖޭގެ ވެރިިކަމަށް އިނގިރޭސިން ނުރުހޭ މީހަކު ނުގެނެވޭ ކަމަށެވެ. އޭގެ ފަހުން އެކުލަވާލި އެއްބަސްވުމުގައިވެސް ރާއްޖޭގެ ދާޚިލީ މިނިވަންކަން އޮތް ނަމަވެސް، ޚާރިޖީ ގުޅުންތައް ބައްޓަން ކުރުމުގައި އިނގިރޭސިންގެ ރުހުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމެއްގެ ގޮތުން މިނިވަންކަން އޮތް ނަމަވެސް، އެފަދަ ހިފެހެއްޓުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް އޭރު ދިވެހިންނަށް ބޭރުން ލިބޭ އެހީތަކަށް އިނގިރޭސިން ބާރުފޯރުވުން ފަދަ ކަންކަން އޭރު ހިނގާފައިވާކަން އައްބާސް ފާހަގަ ކުރެއްވިއެވެ.

މިނިވަންކަން ލިބުނު ދުވަހު އެ ހުރިހާ ކަމަކުން މިންޖުވެ، ޤައުމަށް ހަގީގީ މިނިވަންކަން ލިބިގެން ދިޔައީއެވެ.

އައްބާސް ވަނީ މިނިވަން ދުވަހާއި ގުޅޭ ބައެއް ހަނދާންތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން އަންހެނުންތަކެއް އިސްނަގައިގެން ކުރި އެންމެ ފުރަތަމަ އެއް މުޒާހަރާއަކީވެސް  ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި ގުޅޭ މުޒާހަރާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭރު އިނގިރޭސިންގެ ބައެއް ނިންމުންތަކާއި ގުޅިގެން ދިވެހި ސަރުކާރުންވެސް ނުރުހުން ފާޅުކޮށްފައިވާކަން އައްބާސް ފާހަގަ ކުރެއްވިއެވެ. ރާއްޖެއިން އިނގިރޭސިންގެ ހިމާޔަތް ބޭނުން ނުވާ ކަމަށާއި، ފުރިހަމަ މިނިވަންކަން ބޭނުންވާކަން ދިވެހި ސަރުކާރުން އެންގީވެސް އެހިސާބުންކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ދެން ދިޔަ ދުވަސްވަރު ބައެއް ހަމަނުޖެހުންތައްވެސް ހިނގާދިޔަކަމަށް އައްބާސް ވިދާޅުވިއެވެ. ހަމަ އެގޮތަށް ސިލޯނާއި އިންޑިއާގައިވެސް އެއަށްވުރެ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން ދިޔައެވެ.

އައްބާސް ވިދާޅުވީ، އޭރު ރާއްޖޭގައި ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އަމިއްލައަށް އުފައްދާ ކަމަށެވެ. އޭރުވެސް ދިވެހިންގެ އިޤްތިސާދު ބޭރުގެ ބައެއްގެ މައްޗަށް ބަރޯސާ ނުވާ ކަމަށާއި، އޭރުވެސް އިޤްތިސާދީ ގޮތުން ދިވެހިން އުޅުނީ ލިބޭ އެއްޗަކުން ފުއްދާލައިގެން ކަމަށް އައްބާސް ވިދާޅުވިއެވެ.

އޭރާ މިހާރާއި އަޅާ ބަލާއިރު، މިނިވަންކަން ލިބުމަށްފަހު ޤައުމަށް އައިސްފައިވާ ބަދަލުތަކަށްވެސް އައްބާސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިނިވަން 57މިނިވަން ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ

ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ

16 ޖުލައި 2025
ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!

ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!

25 ޖޫން 2025
މި ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރޭ: މިނިސްޓަރ މާރިޔާ

މި ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރޭ: މިނިސްޓަރ މާރިޔާ

28 ޖުލައި 2022
ވެޓަރެންސްއާއެކު މިފަހަރު ފެނިގެންދިޔައީ ތަފާތު ޕެރޭޑެއް

ވެޓަރެންސްއާއެކު މިފަހަރު ފެނިގެންދިޔައީ ތަފާތު ޕެރޭޑެއް

27 ޖުލައި 2022
ރާއްޖޭގައި ސިޔާސީ މިނިވަންކަން އެބައޮތް، އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރި – ޝަރީފް

ރާއްޖޭގައި ސިޔާސީ މިނިވަންކަން އެބައޮތް، އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރި – ޝަރީފް

27 ޖުލައި 2022

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު