Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!

ރައްޔިތުންނާ އެކު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ގޮތަށް ދުވަސްތައް ބަންދު ކުރުމަކީ ޒިންމާދާރު ކަމެއްގެ ގޮތުގައި ދެކި ނުލައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ބޭކާރު ހަރަދުތަކެއްކޮށް ކުޅިވަރުކުޅެން އެއް ދުވަސް ބަންދުކުރުމަކީ ޒިންމާދާރުކަމެކެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޖޫން 2025 | ބުދަ 14:27
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

މި ސަރުކާރުން ކަންކަން ކުރަނީ ރޭނގަނޑު ނިދަން އޮވެފައި ހުވަފެނުގައި ފެންނަ ކަންކަން ސީދާކުރަން އުޅޭފަދައިންނެވެ. މިރޭ ނިދަން އަރާއިރު، ހިތު ނިޔަތް ގަންނަނީ މާދަމާ ގައުމުގައި ކުރާނެ ސަޅިކަމެއް ހުވަފެނުގައި ފެންނަ ނަމައޭއެވެ. ދެން ނިދާލަނީ ރައްޔިތުން ކިތައްމެ ހާލެއްގައި އުޅުނަސް ކަހާތަން ހިރުވާވެސް ނުލައެވެ.

މި ސަރުކާރަކީ ވަރަށް ހަރުދަނާ، ރައްޔިތުންނަށް ފައިދާހުރި ރައްޔިތުންގެ ފަޅީގައި އޮތް ސަރުކާރެއްކަމަށް ދައުވާކުރެއެވެ. ނަމަވެސް މަވެތި ރައީސް އަކު ހުންނަވައިގެން ބޯހަރުކަމާއި ނުބައި ނުލަފާކަން ދައްކާލަނީ އެހެނަކުން ނޫނެވެ. ރައްޔިތުންނަށްޓަކައި ނަމުގައި ނަމަވެސް ފެންނަނީ މަވެތިކަމުގައި ކަންކަން ނިންމާލާތަކެވެ.

އިހައްދުވަހުކުހެންވި ކަމެކެވެ. ބޮޑު އީދު އައިސް ބައްދަލުވި އިރު ލިބުނީ ބަންދަށް 5 ވަރަކަށް ދުވަހެވެ. ނަމަވެސް އާންމު ގޮތެއްގައި ހަފްތާގެ މެދަށް ބަންދު ނިމި ނުކުންނަ ނަމަ އެ ހަފްތާއެއްގެ ބާކީ ދުވަސްވެސް ބަންދުކުރެއެވެ. އެއީ އާއިލާއެކު ވަގުތު ހޭދަކޮށްލުމަށެވެ. ވަކިން ހާއްސަކޮށް ފުރަ މާލޭގެ ކާރުބާރުބޮޑު މާހައުލުން ބޭރަށް ދާން ފުރުސަތު ދިނުމަށެވެ. އަދިވެސް ބައިވަރު ކަންކަމެވެ.

ނަމަވެސް އެއިރު ސަރުކާރުން މޭފުއްޕާލާފައި ބުނެފައި އޮތީ ބަންދު ދިގުވުމަކީ ބޭކާރުކަމެއް ކަމަށެވެ. ޢަޟްޙާ އީދާ ގުޅިގެން ގިނަ ބަޔަކު އެދެމުން ދިޔަ ނަަމަވެސް، އެ ހަފުތާ ބަންދު ނުކުރަން ސަރުކާރުން ނިންމި އެވެ. ރައްޔިތުންނާ އެކު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ގޮތަށް ދުވަސްތައް ބަންދު ކުރުމަކީ ޒިންމާދާރު ކަމެއްގެ ގޮތުގައި ދެކި ނުލައްވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރަކީ އަބަދުވެސް އުނބަށް ޖަހާ ސަރުކާރެކެވެ. މިއަދު ހެނދުނު ނިންމާކަމެއް މެންދުރު ނުވަނީސް އޮންނަނީ ކުރި އޮންނަ ގޮތަށް ބަދަލުވެފައެވެ. އުނބަށްޖެހުމުން މިސަރުކާރަށް ގިނިސް ވޯލްޑް ރެކޯޑެއް ހައްގެވެ. އެއިރު އަޟްހާ އީދަށް ބަންދު އިތުރުކުރުން ގޯހެވެ. އެއީ ސަރުކާރުން އެކަމުގައި މާބޮޑަށް ބައިވެރި ނުވާތީއެވެ. ރައްޔިތުން އަމިއްލައަށް ކަންކަން ކުރުމުންނެވެ.

ދެން އޮތީ 60 އަހަރު ފުރޭ މިނިވަން ދުވަހެވެ. ޖުލައި 26 އާއި ގުޅިގެން އަންނަ ބަންދެވެ. ބަންދު ދިމާވަނީ ހޮނިހިރު ދުވަހަކަށެވެ. ޖެހިގެން އަންނަ 27 ވެސް ބަންދެވެ. އެއީ މިނިވަން ދުވަހާއި ގުޅިގެންނެވެ. ނަމަވެސް ޖުލައި 28 ވާ އަންގާރަ ދުވަސްވެސް ބަންދުކުރަން ވަނީ ނިންމާފައެވެ. ނަމަވެސް މިފަހަރުގެ މި ނިންމުމާއެކު ޒިންމާދާރުކަން ކުޑަ ނުވިއެވެ. އެންމެ ސަބަބެއް އޮވެގެންނެވެ. ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ. ބާއްވާ ހަރަކާތެއް ނޭނގެއެވެ. ނަމަވެސް ކޮސްޓިއުމް ޕާޓިއާއި ދުވަހާއި ގުޅުން ނެތް އެތައް ކަމަކާއި ބޮޑެތި ހަރަދުތައް ކުރަމުންދެއެވެ. ދަރަނި ނުދެއްކުނަސް އެ ލާރިން އަޗާތެޅޭނަމަ އެންމެ ރަނގަޅެވެ.

ބަންދު އިތުރު ކުރެއްވިއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީއެވެ. މިފަހަރު މިއީ ޒިންމާދާރުކޮށް ކުރި ކަމެކެވެ. ކުރިން ވިދާޅުވި އެތި ކެންސަލްއެވެ. އުނބަށް ޖެހިއޭ ބުންޔަށް އޯކޭ ކަމަށެވެ.

ސަރުކާރުރައީސުލްޖުމްހޫރިއްޔާ މުޢިއްޒުރައްޔިތުންމިނިވަން ދުވަސްއީދު ބަންދު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟
23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
17 ނޮވެމްބަރު 2025

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު