Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-ބޫޓާން

ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026 | ބުރާސްފަތި 10:16

ބޫޓާނުގެ އައު ސަފީރުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާއާ ބައްދަލުކުރައްވައި ފަތުރުވެރިކަމާއި މެހްމާންދާރީގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޔަގީންކަން ދެއްވާފައިވާއިރު، ރާއްޖެއާއި ބޫޓާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރު.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 10:16
ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ

ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް

ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޑަޝޯ ކާރމަ ހަމު ޑޯރޖީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

Advertisement - newsAdvertisement

ކިންގްޑަމް އޮފް ބޫޓާންގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުގެ ފަތްކޮޅު ގަބޫލުފުޅުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ބައްދަލުކުރައްވައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައެއް ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި މެހްމާންދާރީގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުން ހިމެނެއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ބޫޓާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގައެވެ

މަސްދަރު: ރައީސް އޮފީސް

ބޫޓާންޑރ. މުހައްމަދު މުއިއްޒުޑަޝޯ ކާރމަ ހަމު ޑޯރޖީރާއްޖެ-ބޫޓާން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް

27 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް
27 ސެޕްޓެމްބަރު 2026

"ރައީސަކު ވެރިކަމަށް ގެނައުމަށް ނުކުރާހާ މަސައްކަތް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު، މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކުވެސް ނެތް"

27 ސެޕްޓެމްބަރު 2026
"ރައީސަކު ވެރިކަމަށް ގެނައުމަށް ނުކުރާހާ މަސައްކަތް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު، މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކުވެސް ނެތް"
26 ސެޕްޓެމްބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި

26 ސެޕްޓެމްބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި
26 ސެޕްޓެމްބަރު 2026

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

26 ސެޕްޓެމްބަރު 2026
މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟
26 ސެޕްޓެމްބަރު 2026

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން

25 ސެޕްޓެމްބަރު 2026

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

25 ސެޕްޓެމްބަރު 2026
ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން
24 ސެޕްޓެމްބަރު 2026

ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު

24 ސެޕްޓެމްބަރު 2026
ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު

23 ސެޕްޓެމްބަރު 2026
ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް