Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސަވާހެލި

ރައީސް ދަންވަރު ނެރުއްވި ޤަރާރަކުން އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްލީ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށްވެސް ހުޅުވާލާފައިވަނިކޮށް!

23 ޖުލައި 2026 | ބުރާސްފަތި 08:46

އައްޑޫ ސިޓީގެ އިހްތިސާސުން "ސަވާހިލި" ރަށް ވަކިކުރަން ރައީސް ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށް. ކައުންސިލާ މަޝްވަރާކުރުމެއް ނެތި ދަންވަރުގެ ވަގުތެއްގައި ނެރުއްވި މި ގަރާރާ ގުޅިގެން، މިއީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި ނިންމުމުގެ ސަބަބުން ރަށުގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅޭނެ ކަމަށް އާންމުން ދެކޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2026 | ބުރާސްފަތި 08:46
ސަވާހެލި، އައްޑޫ ސިޓީ

ސަވާހެލި، އައްޑޫ ސިޓީ | ގޫގުލް އާރތް

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ "ސަވާހިލި" ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ އެ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށް ވެސް ހުޅުވާލާފައިވަނިކޮށްކަން ހާމަވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރުވާން ގާތްވެފައި ވަނިކޮށް ރައީސް މުއިއްޒު ނެރުއްވި މި ގަރާރަކީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމާ ގުޅޭގޮތުން ނެރުއްވާފައިވާ ގަރާރެކެވެ.

ސަރުކާރުން މި ރަށް އަތުލާފައިވަނީ، ސަވާހިލި އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ހިމަނުއްވާފައެއް ނުވެ އެވެ.

މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ކައުންސިލުން އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް، ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް މިފަދަ ގަރާރެއް ނެރުއްވުމަކީ ސަރުކާރުން ކައުންސިލުތަކަށް ޖެއްސުންކުރުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

އަދި މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތަކަށް ހުރަސްއަޅައި، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ހިންގި އަމަލެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު މަޝްރޫއެއް ހިންގުމަށް ކައުންސިލުން ރާވާފައިވަނިކޮށް، އެއްވެސް މަޝްވަރާއެއް ނެތި ސަރުކާރުން މިގޮތަށް ރަށްތައް އަތުލުމަކީ ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

އައްްޑޫ ސިޓީލާމަރުކަޒުކުރުންސަވާހެލި

އިތުރަށް ކިޔާލަން

23 ޖުލައި 2026

އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި

23 ޖުލައި 2026
އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި
16 ޖުލައި 2026

"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް މުއިއްޒު އައު ކުންފުންޏެއް އުފައްދަވައިފި

16 ޖުލައި 2026
"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް މުއިއްޒު އައު ކުންފުންޏެއް އުފައްދަވައިފި
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
15 ޖުލައި 2026

އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

15 ޖުލައި 2026
އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
13 ޖުލައި 2026

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި

13 ޖުލައި 2026
އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި
12 ޖުލައި 2026

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026
އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު
12 ޖުލައި 2026

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

12 ޖުލައި 2026
ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު
08 ޖުލައި 2026

އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި

08 ޖުލައި 2026
އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި
04 ޖުލައި 2026

ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

04 ޖުލައި 2026
ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
03 ޖުލައި 2026

ހަންކެޑެ މަޝްރޫއު: 20 އަހަރުވީ އިރުވެސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ!

03 ޖުލައި 2026
ހަންކެޑެ މަޝްރޫއު: 20 އަހަރުވީ އިރުވެސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް