Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހަންކެޑެ މަޝްރޫއު

ހަންކެޑެ މަޝްރޫއު: 20 އަހަރުވީ އިރުވެސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ!

3 ޖުލައި 2026 | ހުކުރު 11:53

ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ވާހަކަ 2005 ވަނަ އަހަރުން ފެށިގެން ދެކެވެމުން އަންނައިރު، މިހާތަނަކަށް އެއްވެސް ސަރުކާރަކަށް މިކަން ހަގީގަތަކަށް ހަދައި ދެވިފައެއް ނުވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 ޖުލައި 2026 | ހުކުރު 11:53
އައްޑޫ ހަންކެޑެ ބުރިޖު

އައްޑޫ ހަންކެޑެ ބުރިޖު | އަހްމަދު އައިޝް

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ ހަންކެޑެ މަޝްރޫއުގެ ވާހަކައިގައި ސަރުކާރުތަކުގެ ބަހާއި އަމަލު ދިމާނުވެ ރައްޔިތުން، މި ވާހަކަ އަޑު އަހާލަ އަހާލަ ތިބޭތާ 20 އަހަރު ވެއްޖެ އެވެ.

ހަންކެޑޭގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ރައީސް މައުމޫންގެ ވެރިކަމުގައި ހަވާލުކުރީ 2005 ވަނަ އަހަރު ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. އަށާރަ މަސް ތެރޭ ނިންމަން ހަވާލުކުރި އެ މަސައްކަތް އެ ކުންފުނިން ނިންމާފައިނުވާތީ ކުންފުނި ޖޫރިމަނާކޮށް 2008 ވަނަ އަހަރު މަސައްކަތް ހަވާލު ކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްވެސް ކުރިއަކަށް ނުދިޔައެވެ.

2013 ވަނަ އަހަރު ހަންކެޑެ ތަރައްގީކުރަން އަނެއްކާވެސް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރިއެވެ. ސިންގަޕޫރު ކުންފުނިން ފަސްތަރީގެ ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީ ކުރުމަށް ނިންމާފައިވީ ނަމަވެސް އެކަމެއް ވެސް ނުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހަންކެޑެ ތަރައްގީ ކުރަން، ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލު ކޮށްފަ އެވެ. އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއު، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އިއުލާން ކުރި ނަމަވެސް ވެރިކަން ނިމުމާއި ހަމައަށް މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލާ، ހަންކެޑެއަށް ޓޫރިޒަމް ގެންނަން، އެ ރަށާއި މަރަދޫ އަދި ހިތަދޫ ވަކިކޮށް، ހަންކެޑެ ބްރިޖް ވަނީ ތަރައްޤީކޮށްފަ އެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ބޮޑު މަޝްރޫއުއެކެވެ.

އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހަންކެޑޭ ޕްރޮޖެކްޓް ފައިނޭންސިންގ ހަމަޖެއްސި ނަމަވެސް މި ސަރުކާރުން ވަނީ، މަޝްރޫޢުގެ މެދުތެރެއިން އެއްބަސްވުން ބާތިލްކޮށްފަ އެވެ. މުއިއްޒުގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރި އިރު މިމަޝްރޫޢުގައި މަސައްކަތް ކުރުމުގެ ގޮތުން އެކި ގިންތިއަށް މުވައްޒަފުން  ހޯދުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހަންކެޑޭގައި ފަސް ގިންތީގެ ހޮޓެލް ތައާރަފުކުރާނެކަން އިއުލާން ކޮށްފަ އެވެ. އަދި އެ އަހަރު ބޭއްވި މަޖިލިސް އިންތިޚާބާ ދިމާކޮށް ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވައި، ހަވާ އެރުވުމާއި އެކު، ހަންކެޑެ މަޝްރޫއުގެ ބިންގާ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އަޅާފަ އެވެ.

އޭގެ ފަހުންވެސް މި ސަރުކާރުން ވަނީ، ހަންކެޑެ މަޝްރޫއު ފައްޓާނެ ކަމަށް ތަފާތު އެކި ފަހަރު މަތިން އިއުލާންކޮށްފަ އެވެ. ނަމަވެސް މިމަސައްކަތް ނުފެށި ދިގުލައިގެންދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ނިމިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަކާ ގުޅިގެން ޓޫއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ، އައްޑޫ ހަންކެޑެ އިންޓަގަރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ތަފުސީލުތަކެއް ދެތިން ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ވާހަކަ 2005 ވަނަ އަހަރުން ފެށިގެން ދެކެވެމުން އަންނައިރު، މިހާތަނަކަށް އެއްވެސް ސަރުކާރަކަށް މިކަން ހަގީގަތަކަށް ހަދައި ދެވިފައެއް ނުވެ އެވެ.

ސުވާލަކީ ރައީސް މުއިއްޒުގެ  ވެރިކަން ނިމިގެންދާއިރު، މިސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ދެއްކި ހުވަފެން ހަގީގަތަކަށް ވާނެބާއެވެ؟

ހަންކެޑޭ ޕްރޮޖެކްޓްއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

02 ޖުލައި 2026
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
17 ޖޫން 2026

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

17 ޖޫން 2026
 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން
16 ޖޫން 2026

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

16 ޖޫން 2026
މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
16 ޖޫން 2026

އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ

16 ޖޫން 2026
އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
09 ޖޫން 2026

އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި

09 ޖޫން 2026
އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި
08 ޖޫން 2026

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

08 ޖޫން 2026
ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު
07 ޖޫން 2026

އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

07 ޖޫން 2026
އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
06 ޖޫން 2026

"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު

06 ޖޫން 2026
"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް