Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްްޑޫ ސިޓީ

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި

13 ޖުލައި 2026 | ހޯމަ 16:12

މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ބަންދުކުރުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގެ ދަށުން، ސ. މަރަދޫ / ބޯޅަދަނޑުގެ 90 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ނެރިފައި. މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ވެސް ފުލުހުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2026 | ހޯމަ 16:12
ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން.- ފައިލް ފޮޓޯ

ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން.- ފައިލް ފޮޓޯ | މޯލްޑިވްސް ޕޮލިސް

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫ / ބޯޅަދަނޑުގެ ބަންދުކުރަން މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، މި އަމުރު ނެރުނީ 12 ޖުލައި 2026 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށް ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރު ކަމަށެވެ. 

Advertisement - newsAdvertisement

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ.

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ގެއެއް.

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ގެއެއް. | މޯލްޑިވްސް ޕޮލިސް

ފުލުހުން ބުނީ، މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. 

މީގެ އިތުރުން އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. 

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށް އެ ޚިދުމަތުން ބުނެ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

އައްްޑޫ ސިޓީމަސްތުވާތަކެތިމަރަދޫ، އައްޑޫސިޓީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

09 ޖުލައި 2026

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

09 ޖުލައި 2026
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
08 ޖުލައި 2026

އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި

08 ޖުލައި 2026
އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި
07 ޖުލައި 2026

މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި

07 ޖުލައި 2026
މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި
04 ޖުލައި 2026

ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

04 ޖުލައި 2026
ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
03 ޖުލައި 2026

ހަންކެޑެ މަޝްރޫއު: 20 އަހަރުވީ އިރުވެސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ!

03 ޖުލައި 2026
ހަންކެޑެ މަޝްރޫއު: 20 އަހަރުވީ އިރުވެސް އަދިވެސް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ!
02 ޖުލައި 2026

ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

02 ޖުލައި 2026
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
28 ޖޫން 2026

ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށް ބައިނަލްއަގުވާމީ 60 ޖަމިއްޔާއަކުން ގޮވާލައިފި

28 ޖޫން 2026
ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށް ބައިނަލްއަގުވާމީ 60 ޖަމިއްޔާއަކުން ގޮވާލައިފި
27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް