Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުދިރޭރަހަ

ދިރޭރަހަ އެކުލެވޭ ދަތުގެ ފުޓުނި ބޭނުންކުރުން ހުއްޓާލުމަށް ޑަބްލިއުއެޗްއޯ އިން ގޮވާލައިފި

14 ޖުލައި 2026 | އަންގާރަ 10:48

ދިރޭރަހަ (މާކަރީ) އެކުލެވޭ ދަތުގައި އަޅާ ފުޓުނި ނުވަތަ "ޑެންޓަލް އަމަލްގަމް" 2034 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރުން ހުއްޓާލުމަށް ބޭއްވި ބައްދަލުވުމުގައި، ތިމާވެއްޓާ ރައްޓެހި ފަރުވާގެ ނިޒާމަކަށް ބަދަލުވުމަށް ވަނީ ގޮވާލާފައި. މި ލަނޑުދަނޑި ހާސިލުކުރުމުގައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ފަހަތުގައި އުޅޭތީ، މާކަރީ ނުހިމެނޭ ބާވަތްތަކަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށް ކަމާބެހޭ މާހިރުން ބާރުއަޅުއްވާ.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 10:48
ދަތުގެ ފަރުވާ ދިނުމަށް ބޭނުންކުރާ ބައެއް ސާމާނު

ދަތުގެ ފަރުވާ ދިނުމަށް ބޭނުންކުރާ ބައެއް ސާމާނު | ގެޓީ އިމޭޖަސް

ދަތުގައި އެޅުމަށް ބޭނުންކުރާ ދިރޭރަހަ (މާކަރީ) އެކުލެވޭ "ޑެންޓަލް އަމަލްގަމް" ބޭނުންކުރުން ހުއްޓާލުމަށް ކުރާ މަސައްކަތްތައް އަވަސްކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދަތުގެ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސިއްހީ އަދި ތިމާވެށީގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މާހިރުން ގޮވާލައްވައިފި އެވެ. 

"ޑެންޓަލް އަމަލްގަމް ބޭނުންކުރުން ހުއްޓާލުމަކީ އާންމު ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް ގައުމުތަކަށް ލިބޭ ރަނގަޅު ފުރުސަތެއް. މީގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދޭ، އަދި ތިމާވެއްޓާ ރައްޓެހި ދަތުގެ ފަރުވާގެ ނިޒާމަކަށް ބަދަލުވުމަށް މަގުފަހިވާނެ،" ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދީ އޮފީހުގެ އޮފިސަރ-އިން-ޗާޖް ޑރ. ކެތަރީނާ ބޯމް ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޑެންޓަލް އަމަލްގަމް ބޭނުންކުރުން ހުއްޓާލުމަށް ބެންކޮކޮށް ގައި ބާއްވާ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމުގަ އެވެ.

އަންގާރަ ދުވަހު ފެށުނު މި މަސައްކަތު ބައްދަލުވުމަކީ 2025 ވަނަ އަހަރު ބޭއްވި "މިނަމާޓާ ކޮންވެންޝަން އޮން މާކަރީ" ގެ ހަވަނަ ކޮންފަރެންސްގައި ނިންމި ނިންމުމަކާ ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. އެ ކޮންފަރެންސްގައި ނިންމާފައިވަނީ މާކަރީ އެކުލެވޭ ދަތުގައި އަޅާ ފުޓުނި، 2034 ވަނަ އަހަރުގެ ނިޔަލަށް މުޅިން ހުއްޓާލުމަށެވެ. މިއީ ކުރިން އޮތް "މަދުކުރުމުގެ" ސިޔާސަތުން، މުޅިން "ހުއްޓާލުމުގެ" ސިޔާސަތަކަށް ބަދަލުވުމަށް ނިންމި ތާރީޚީ ނިންމުމެކެވެ.

މާކަރީއަކީ އާންމު ސިއްހަތަށް ނުރައްކާވާ އެންމެ ނުރައްކާތެރި 10 ކެމިކަލްގެ ތެރޭގައި ޑަބްލިއުއެޗްއޯއިން ހިމަނާފައިވާ މާއްދާއެކެވެ. ޑެންޓަލް އަމަލްގަމް އުފެއްދުމާއި، ބޭނުންކުރުމާއި، އަދި އެ ނައްތާލުމުގެ މަރުހަލާގައި ވައިގެ ތެރެއަށާއި، ފެނަށާއި، ފަސްގަނޑަށް މާކަރީ ބޭރުވެ ތިމާވެށި ތަޣައްޔަރުވެ އެވެ. ޔޫއެންއީޕީގެ އަންދާޒާތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންޓަލް އެމަލްގަމްގައި 3،000 އާއި 5،000 މެޓްރިކް ޓަނާ ދެމެދުގެ މާކަރީ ރައްކާކުރެވިފައިވެ އެވެ. އެހެންކަމުން މާކަރީ ނުހިމެނޭ ބާވަތްތަކަށް ބަދަލުވުމަކީ ދުނިޔޭގެ ފެންވަރުގައި ދެވޭ ވަރަށް ބޮޑު އިސްކަމެކެވެ.

ޑެންޓަލް އަމަލްގަމް ބޭނުންކުރުން ހުއްޓާލުމަކީ ދަތުގެ ފަރުވާގެ ދާއިރާއަށް ގެންނަ ބޮޑު ބަދަލެއްގެ ބައެކެވެ. ޑަބްލިއުއެޗްއޯގެ "ގްލޯބަލް އޯރަލް ހެލްތު އެކްޝަން ޕްލޭން 2023-2030" އަދި ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދީ އެކްޝަން ޕްލޭންގެ ދަށުން ބާރުއަޅަނީ، ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދޭ އަދި ރައްކާތެރި މާކަރީ ނުހިމެނޭ ފަރުވާތައް އާންމުކުރުމަށެވެ. މީގެ އިތުރުން، މި މަސައްކަތަކީ "ބެންކޮކް ޑިކްލަރޭޝަން އޮން އޯރަލް ހެލްތު" ގައި ބަޔާންކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ސިއްހީ އުސޫލުތައް ގާއިމުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ޑަބްލިއުއެޗްއޯގެ ލަނޑުދަނޑިތަކުގެ ތެރޭގައި 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ 90 އިންސައްތަ ގައުމުތަކުން ޑެންޓަލް އަމަލްގަމް ބޭނުންކުރުން ހުއްޓާލުން ނުވަތަ މަދުކުރުން ހިމެނެ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މި ލަނޑުދަނޑި ހާސިލުކުރެވިފައިވަނީ އެންމެ 19 އިންސައްތަ ގައުމަށެވެ. މިއީ ދުނިޔޭގެ ނިސްބަތުން 31 އިންސައްތައިގައި އުޅޭ މިންވަރަށްވުރެ ދަށް އަދަދެއް ކަމުން، މި މަސައްކަތް އަވަސްކުރަން ޖެހޭކަން ހާމަވެއެވެ.

"މިނަމާޓާ ކޮންވެންޝަންގެ މަގްސަދުތައް ހާސިލުކުރުމަށް ސިއްހީ އަދި ތިމާވެށީގެ ދާއިރާ ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމު. މީގެ ސަބަބުން މާކަރީ ބޭރުވާ މިންވަރު މަދުވެ، ތިމާވެއްޓާއި އާންމު ރައްޔިތުން ރައްކާތެރިކުރެވޭނެ،" ޔޫއެންއީޕީގެ ރީޖަނަލް ކޯޑިނޭޓަރު ސުދީރު ޝަރުމާ ވިދާޅުވި އެވެ.

މި މަސައްކަތު ބައްދަލުވުމަކީ "ޖީއީއެފް-7 ފޭސިންގ ޑައުން ޑެންޓަލް އަމަލްގަމް" މަޝްރޫއުގެ ދަށުން ބާއްވާ ސަރަހައްދީ ތިން ބައްދަލުވުމުގެ ތެރެއިން ދެވަނަ ބައްދަލުވުމެވެ. ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީން ފަންޑުކުރާ މި މަޝްރޫއު ހިންގަނީ ޔޫއެންއީޕީންނެވެ. އަދި މި މަޝްރޫއު ތަންފީޒުކުރަނީ ޑަބްލިއުއެޗްއޯއިންނެވެ. 2023 އިން 2026 އަށް ކުރިއަށްދާ މި މަޝްރޫއުގެ މަގްސަދަކީ މިނަމާޓާ ކޮންވެންޝަންގެ ދަށުން ޑެންޓަލް އަމަލްގަމާ ގުޅޭ ނިންމުންތައް ތަންފީޒުކުރުމަށް ގައުމުތަކަށް އެހީތެރިވުމެވެ.

މި މަޝްރޫއު ތަޖުރިބާކުރުމަށް ހޮވާލެވުނު ތިން ގައުމުގެ ތެރޭގައި ހިމެނޭ ތައިލެންޑުން ވަނީ މިއީ ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދީފަ އެވެ. އެގައުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާކަރީ ނުހިމެނޭ ބާވަތްތައް ބޭނުންކުރަން ފެށުމުން ޑެންޓަލް އަމަލްގަމް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ތިމާވެއްޓަށް މާކަރީ ބޭރުވުން ހުއްޓުވުމަށްޓަކައި "ޑެންޓަލް އަމަލްގަމް ސެޕަރޭޓަރު" ފަދަ އާލާތްތައްވެސް އެގައުމުގައި ވަނީ ބޭނުންކުރަން ފަށާފައެވެ.

"މި މަޝްރޫއުގެ ސަބަބުން ތައިލެންޑުގައި ޑެންޓަލް އަމަލްގަމް ބޭނުންކުރާ މިންވަރު މަދުވެ، މާކަރީ ނުހިމެނޭ ބާވަތްތައް ބޭނުންކުރުން ވަނީ އިތުރުވެފައި. މިއީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް ލިބިގެންދާނެ ވަރަށް މުހިންމު ފިލާވަޅެއް،" ތައިލެންޑުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ބިއުރޯ އޮފް ޑެންޓަލް ހެލްތުގެ ޑިރެކްޓަރު ޑރ. ދަމްރޮންގް ތަމްރޮންގްލައޯހަފަން ވިދާޅުވި އެވެ.

މި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަންނީ މާހިރުންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި، މަދަނީ ޖަމްއިއްޔާތަކުގެ އިތުރުން އަމިއްލަ ދާއިރާގެ މަންދޫބުން ބައިވެރިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ތަޖުރިބާ ހިއްސާކުރުމާއި، މާކަރީ ނުހިމެނޭ ދަތުގެ ފަރުވާގެ ނިޒާމަކަށް ބަދަލުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މަސްދަރު: ޑަބްލިޔުއެޗްއޯ

ޑެންޓަލް އަމަލްގަމްދުނިޔޭގެ ސިއްހަތު ޖަމިއްޔާމިނަމާޓާ ކޮންވެންޝަންމާކަރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޖުލައި 2026

2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ

10 ޖުލައި 2026
2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
31 މެއި 2026

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން

31 މެއި 2026
ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް