Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ.މިލަންދޫ

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު، ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވަނީ!

1 ޖޫން 2026 | ހޯމަ 09:41

މިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ރަށުގެ ފަޅުތެރޭގެ އޮޔެ ބެދި ކިސަޑު އެރުމުގެ ސަބަބުން ގިނަ އަދަދެއްގެ މަސް މަރުވަމުންދާތީ އާންމު ރައްޔިތުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން. ކޮންމެ ދުވަހަކު ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް ނަގައި ވަޅުލަން ޖެހުމުގެ އިތުރުން، އެ ސަރަހައްދުގެ ލޮނުގަނޑު ކަޅުވެ ނުބައިވަސް ދުވާތީ މިކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ރަށުގެ ރައްޔިތުން ބުނޭ. މި މައްސަލައާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވީ ނަމަވެސް، ކައުންސިލްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖޫން 2026 | ހޯމަ 09:41
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު، ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވެފައި.

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު، ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވެފައި. | ރާއްޖެއެމްވީ

 ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު ފަޅުތެރޭގެ ބޮޑު ސަރަހައްދެއް ކިސަޑު ވެ، އެ ސަރަހައްދުން ގިނަ އަދަދެއްގެ މަސް މަރުވާން ފަށައިފި އެވެ.

ރާއްޖެއެމްވީ އަށް މިލަންދޫ ކައުންސިލްގެ ކުރީގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެރަށުގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު މިމައްސަލަ ކުރިމަތިވާން ފެށި ކަމަށާއި، މިހާރު ވަރަށް ބޮޑަށް މަސް މަރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮންމެ ދުވަހަކު ފަޅުތެރެއިން މަރުވެފައި ހުންނަ މަސް ނަގަމުންދާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 5 ނުވަތަ 6 ބޮޑެތި ޓައްޕު ފުރާ މަރުވެފައި ހުންނަ މަސް ނަގާ ކަމަށެވެ. އަދި މަސްތައް ނަގައި، ރަށުގެ ކޮންމެވެސް ދިމާލެއްގައި ވަޅުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބެލެވޭ ގޮތުގައި ބިން ހިއްކުމުން އެދިމާ ފަޅުން އޮޔެ ދެމޭ ދިމާ އެއްކޮށް ބެދެނީ ކަމަށާއި، އެހެން ދިމާވުމުން ފަޅުތެރެއަށް ކިސަޑު އަރައި، ކުލަ ބަދަލުވެ، މަސްތައް މަރުވަނީ ކަމަށެވެ. އަދި މިކަން ދިމާވަނީ މޫސުމަށް އަންނަ ބަދަލާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އެރަށުގެ އާއްމު މީހަކު ބުނީ، މިމައްސަލައާ ގުޅިގެން ވަރަށް ކަންބޮޑުވާ ކަމަށާއި، ދާއިމީ ހައްލެއް މިކަމަށް ބޭނުންވާ ކަމަށެވެ. ފަޅުތެރެއިން ކޮންމެ ދުވަހަކު ވެސް މަސްތައް މަރުވެ، މައްޗަށް އަރާތީ އެސަރަހައްދުން ދުވަނީ ވެސް ކުނި ވަސް ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން މިލަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް މިހާދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

މިލަންދޫގެ ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވެ، ފަޅުތެރޭގެ މައްޗަށް އަރާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

މި ވީޑީއޯއިން ފެންނަ ގޮތުގައި ފަޅުތެރޭގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ކަޅުވެފަ އެވެ. އަދި ގިނަ އަދަދެއްގެ މަސްތައް މަރުވެފައި ވެއެވެ.

އަޙްމަދު ޝިޔާމްއިބްރާހީމް މިހާދުށ.މިލަންދޫ އެއާޕޯޓުށ.މިލަންދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
20 އެޕްރީލު 2026

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟

20 އެޕްރީލު 2026
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟
19 އެޕްރީލު 2026

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

19 އެޕްރީލު 2026
2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ
16 އެޕްރީލު 2026

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

16 އެޕްރީލު 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި
15 އެޕްރީލު 2026

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

15 އެޕްރީލު 2026
ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި
10 ފެބުރުއަރީ 2026

މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި

10 ފެބުރުއަރީ 2026
މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި
29 ޖެނުއަރީ 2026

ރައީސް މުއިއްޒު ގެ ދަތުރުފުޅާ ދިމާކޮށް އަވަސް އަރުވާލާފަ މިސްކިތް ތަޅާލިޔަސް، އެތަނުގައި އަޅާ އިސްލާމިކް ސެންޓަރު ގެ މަސައްކަތް ހުއްޓިފައި: މިލަންދޫ ކައުންސިލް

29 ޖެނުއަރީ 2026
ރައީސް މުއިއްޒު ގެ ދަތުރުފުޅާ ދިމާކޮށް އަވަސް އަރުވާލާފަ މިސްކިތް ތަޅާލިޔަސް، އެތަނުގައި އަޅާ އިސްލާމިކް ސެންޓަރު ގެ މަސައްކަތް ހުއްޓިފައި: މިލަންދޫ ކައުންސިލް
11 ޖެނުއަރީ 2026

އަޑިނޭނގޭ ޑީލެއްގެ ދަށުން ކ. މަނިޔަފުށި ދިން ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޝިޔާމް އާއި އާމިރު މަންސޫރު ދެއްކެވި ވާހަކަ ދިމަލެއް ނުވި!

11 ޖެނުއަރީ 2026
އަޑިނޭނގޭ ޑީލެއްގެ ދަށުން ކ. މަނިޔަފުށި ދިން ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޝިޔާމް އާއި އާމިރު މަންސޫރު ދެއްކެވި ވާހަކަ ދިމަލެއް ނުވި!
04 ޖެނުއަރީ 2026

މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!

04 ޖެނުއަރީ 2026
މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!
16 ޑިސެމްބަރު 2025

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް