Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް އެތެރެކުރުން

ވައިގެމަގުން އެތެރެކުރި 5.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

އިންޑިއާއިން އައްޑޫ ސިޓީ ގަން އެއާޕޯޓަށް އައި ދެ ފަސިންޖަރެއްގެ އަތުން 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. މި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންނާއި އަތުލައިގަތް 5.5 ކިލޯގެ މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖުލައި 2026 | އަންގާރަ 11:27
މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި

މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި | މޯލްޑިވްސް ކަސްޓަމްސް ސާރވިސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ޖުލައި މަހުގެ 18 ވީ ބުރާސްފަތި ދުވަހު އިންޑިއާއިން ރާއްޖެއަށް އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. އެމީހުން އައީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މި ދެ މީހުންނަކީވެސް އިންޑިއާއަށް ނިސްބަތްވާ ދެ ރައްޔިތުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެ އެވެ.

މި ތަކެތި ފެނިފައިވަނީ އެ ދެ ފަސިންޖަރުންގެ ލަގެޖް ކަސްޓަމްސްގެ އޮފިސަރުން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން ބަލައި ފާސްކުރި ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ފެނުމުން، އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯއަށްވުރެ ގިނަ ހުރި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. މިތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންނާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ބައިނަލްއަގުވާމީ އެއަރޕޯޓުތަކުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފާރަވެރިވެ، ފަސިންޖަރުންގެ ލަގެޖުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކަސްޓަމްސްއިން ކުރިއަށް ގެންދެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްމަސްތުވާތަކެތި ޓްރެފިކްކުރުން

އިތުރަށް ކިޔާލަން

18 ޖުލައި 2026

ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒް ކުރެވި، ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަމަރު ބަންނާނެ: މިނިސްޓަރު އިހުސާން

18 ޖުލައި 2026
ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒް ކުރެވި، ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަމަރު ބަންނާނެ: މިނިސްޓަރު އިހުސާން
09 ޖުލައި 2026

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

09 ޖުލައި 2026
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
04 ޖުލައި 2026

މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު

04 ޖުލައި 2026
މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު
22 ޖޫން 2026

ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި

22 ޖޫން 2026
ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި
19 ޖޫން 2026

ފާއިތުވި 5 ދުވަހުގެ ތޭރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 22،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި

19 ޖޫން 2026
 ފާއިތުވި 5 ދުވަހުގެ ތޭރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 22،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
18 ޖޫން 2026

ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސްހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި

18 ޖޫން 2026
ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސްހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި
17 ޖޫން 2026

ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި

17 ޖޫން 2026
ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި
16 ޖޫން 2026

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

16 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި
12 ޖޫން 2026

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

12 ޖޫން 2026
8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި
03 ޖޫން 2026

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

03 ޖޫން 2026
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު