Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޭޕް ޝިޕްމަންޓް

ފާއިތުވި 5 ދުވަހުގެ ތޭރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 22،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި

މާލޭގެ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއަރކޮށް ފޮރުވައިގެން އެތެރެކުރަން އުޅުނު 15,601 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި. މި ޝިޕްމަންޓާއެކު ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އަތުލައިގަތް ވޭޕްގެ އަދަދު 22,000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ވޭޕް މަނާކުރުމާ ގުޅިގެން ވަގު ވިޔަފާރީގެ ކަންބޮޑުވުން އުފެދިފައިވާތީ، ޤާނޫނާ ޚިލާފަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކުރާނެ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 19 ޖޫން 2026 | ހުކުރު 16:55
ރާއްޖެ އަށް އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގަތުން.

ރާއްޖެ އަށް އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގަތުން. | ކަސްޓަމްސް

މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސް އަށް ބެލެވިގެން، ޖޫން 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަންގައި ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުން، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުރި ކަން ފާހަގަވި ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

ކަސްޓަމްސް އިން ބުނީ ޖުމްލަ 15،601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެނެވިފައިވާކަމަށެވެ. މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެ އަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓުކަމަށެވެ.

މިއާއެކު ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ހިންގުނު އޮޕަރޭޝަންތަކުގައި ކަސްޓަމްސް އިން އަތުލައިގަތް ވޭޕް ކާޓްރިޖްތަކުގެ އަދަދު 22،000 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން 3 އޮޕަރޭޝަން ހިންގާފައިވާއިރު، ޖުމްލަ 22،309 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެ އެވެ. ކަސްޓަމްސް އިން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހާ އެކު، އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެ އަށް ވޭޕު އެތެރެ ކުރުމާއި، ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން މުޅިން މަނާކޮށްފައިވެ އެވެ. ސަރުކާރުން މި ފިޔަވަޅު އަޅާފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވަމުންދާތީ އެކަން ހުއްޓުވުމުގެ ނަމުގަ އެވެ.

ނަމަވެސް ސަރުކާރުގެ މި ނިންމުމާއެކު ވޭޕުގެ ވަގު ވިޔަފާރީގެ ބޮޑު ނެޓްވޯކެއް އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. 

މާލޭ ވިޔަފާރި ބަނދަރުމޯލްޑިވްސް ކަސްޓަމްސް ސާރވިސް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުވޭޕް ކާޓްރިޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސްހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސްހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި

18 ޖޫން 2026
ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި

17 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

16 ޖޫން 2026
8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

12 ޖޫން 2026
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

03 ޖޫން 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު