Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

އަށް ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ރާއްޖެ އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ތިން ދިވެހިންނާއި ދެ އިންޑިއާ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި. މި މަހުގެ 9 ވަނަ ދުވަހު އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރާއިރު، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަޚްތޫމް
މަޚްތޫމް | 12 ޖޫން 2026 | ހުކުރު 08:50
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު 3 ދިވެހިންނާއި އިންޑިއާ 2 މީހުން.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު 3 ދިވެހިންނާއި އިންޑިއާ 2 މީހުން. | ޕޮލިސް

އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އާއި މުކުރިމަގު، ފޭރުގަސްދޮށުގެ، ލ.ގަން / އަޙްމަދު އަފްރާޙް (33އ) އާއި ކ.މާލެ / ހ.ކަހަފަތި، އިލްޔާސް އަޙްމަދު (42އ) އާއި ކ.މާލެ / ގ.ހޭޅި، ޙަސަން ޝަމްޢޫން (36އ) އެވެ.

Advertisement - newsAdvertisement

މި ފަސްމީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންނެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އަތުލައިގަނެފައި ވަނީ 8 ކިލޯ 490 ގުރާމްގެ ހަޝިޝް އޮއިލް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެ ތަކެތީގެ މަަގުމަތީ އަގު، 6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް މަސްތުވާތަކެތިހަޝީޝް އޮއިލްޕޮލިސް

އިތުރަށް ކިޔާލަން

03 ޖޫން 2026

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

03 ޖޫން 2026
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
19 މެއި 2026

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

19 މެއި 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
14 މެއި 2026

ކޯޓުން ދޫކޮށްލަން އަމުރުކުރި މީހަކު 7 ގަޑިއިރު ފަހުންވެސް ބަންދުގައި

14 މެއި 2026
ކޯޓުން ދޫކޮށްލަން އަމުރުކުރި މީހަކު 7 ގަޑިއިރު ފަހުންވެސް ބަންދުގައި
08 މެއި 2026

21 ކިލޯ މަސްތުވާތަކެތި ހޯދައި ތިން މީހުން ހައްޔަރުކޮށްފި

08 މެއި 2026
21 ކިލޯ މަސްތުވާތަކެތި ހޯދައި ތިން މީހުން ހައްޔަރުކޮށްފި
06 މެއި 2026

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026
ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު