Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސްކޫލްތަކުގެ އެކްސްޓެންޝަން މަސައްކަތް: އެއްދުވަހު ގަލެއް ބަހައްޓައިފިއްޔާ އަނެއް 5 ދުވަހު މަސައްކަތެއް ނުކުރޭ!

ކުޅުދުއްފުށީގެ ތިން ސްކޫލެއްގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަޝްރޫޢުތައް ލަސްވުމުގެ ސަބަބުން، 3،000 އެއްހާ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލްތަކަށް ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފި. އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު އައު ސްކޫލެއްގެ މުހިންމުކަން ބޮޑުވެފައިވާއިރު، މިހާރު ހުރި މަޝްރޫޢުތައް ހުއްޓިފައި އޮތުމުން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖުލައި 2026 | އަންގާރަ 13:21
އެއްދުވަހު ގަލެއް ބައިންދައިފިއްޔާ އަނެއް ދެ ދުވަސް ނުވަތަ ފަސް ދުވަސް މަސައްކަތެއް ނުކުރޭ : ކައުންސިލް

އެއްދުވަހު ގަލެއް ބައިންދައިފިއްޔާ އަނެއް ދެ ދުވަސް ނުވަތަ ފަސް ދުވަސް މަސައްކަތެއް ނުކުރޭ : ކައުންސިލް | ރާއްޖެއެމްވީ

ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލެއްގައި ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް މި ސަރުކާރު އައިފަހުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން ސްކޫލްތަކުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަޙްމަދު ޢަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން ވަނީ ޖަލާލުއްދީން ސްކޫލުގައި 8 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތާއި، އޭއީސީގައި އޮފީސް އިމާރާތުގެ މަސައްކަތުގެ އިތުރުން އަފީފުއްދީން ސްކޫލުގައި އިތުރު ކްލާސްރޫމްތައް ބިނާކުރުމުގެ މަޝްރޫއު ފަށާފަ އެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެ މަޝްރޫޢުތަކުގެ މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަށް ވީ ހިސާބުން ފެށިގެން މަސައްކަތުގެ ސްޕީޑް ހަމަ ވަރަށް ބޮޑުތަނުން ކުޑަވެއްޖެ. އެއްދުވަހު ގަލެއް ބައިންދައިފިއްޔާ އަނެއް ދެ ދުވަސް ނުވަތަ ފަސް ދުވަސް ހިނގައިދާނެ މަސައްކަތް ނުކޮށް. މިގޮތަށް މިކަހަލަ ސްޕީޑެއްގަ މަސައްކަތް ކުރެވެމުން މި ދަނީ. ސްކޫލުތަކުގައި ޖާގައިދެ ދަތިކަން އިންތިހާ އަށް އެބައޮތް. ކޮންމެ ސްކޫލެއްގައި ވެސް 1،000 އިން ޕޮޕިއުލޭޝަން ނައްޓާފަ އެއޮތީ. ޖުމްލަ ގާތްގަނޑަކަށް 3،000 ކުދިން ކިޔަވަމުން އެބަ ދޭ. މިއީ މިއަދުގެ ހާލަތަކީ އަދި މިހާރު ކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތުން އިތުރު ސްކޫލެއް ވެސް މުހިއްމުވާ ސިޓީ އެއް މި ސިޓީ އަކީ. އެހެން ނަމަވެސް ޕްރޮޖެކްޓްތަކުގެ މަސައްކަތް މިދަނީ މިކަހަލަ ގޮތަކަށް
އަޙްމަދު ޢަބްދުﷲ
Your browser does not support the video tag.

މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެ މަޝްރޫޢުތަކުގެ މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް އެ ސިޓީ ކައުންސިލުން ބުނޭ

އެގޮތުން އެއްދުވަހު ގަލެއް ބައިންދައިފިއްޔާ އަނެއް ދެ ދުވަސް ނުވަތަ ފަސް ދުވަސް މަސައްކަތް ނުކޮށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުޅުދުއްފުށީގެ ކޮންމެ ސްކޫލެއްގައި 1,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، ޖުމްލަ 3,000 އާ ގާތްކުރާ އަދަދަކަށް ކުދިން އެ ތިން ސްކޫލުގައި ކިޔަވަމުންދާތީ، ޖާގައިގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައި ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ކުޅުދުއްފުއްޓަށް އިތުރު އައު ސްކޫލެއް ވެސް މިއަދު އިންތިހާއަށް މުހިންމު ކަމަށް ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވި އެވެ. ނަމަވެސް، މިހާރު ފަށާފައިވާ އިމާރާތްތަކުގެ މަސައްކަތް ވެސް ކުރިއަށް ނުގޮސް ދިގުލައިގެންދާއިރު، އައު ސްކޫލެއް އަޅަން އިންތިޒާރު ކުރަންޖެހޭނީ ކިހާ ހިސާބަކަށް ކަމާމެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވެސް އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. 

ކުޅުދުއްފުށި ސިޓީއަހުމަދު އަބްދުﷲއޭއީސީއަފީފުއްދީން ސްކޫލު

އިތުރަށް ކިޔާލަން

19 ޖުލައި 2026

ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!

19 ޖުލައި 2026
ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!
07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
04 ޖުލައި 2026

މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ

04 ޖުލައި 2026
މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ
21 ޖޫން 2026

ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި

21 ޖޫން 2026
ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި
19 ޖޫން 2026

އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް

19 ޖޫން 2026
އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
17 މެއި 2026

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު