Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

ސީއެޗްއެސްސީގައި ސައިކޮލޮޖީ ޓީޗަރަކު ނެތް މައްސަލައާއި ހުޅުމާލޭ ސްކޫލެއްގައި ދަރިވަރުންތަކެއް އަމިއްލަ ނަފްސަށް ގެއްލުންދޭ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި. މިނިސްޓްރީން މިކަންކަން ދޮގުކުރި ނަމަވެސް، ބެލެނިވެރިން ބުނަމުންދަނީ މި ސީރިއަސް މައްސަލަތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖޫން 2026 | ހޯމަ 06:07
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު | ރައީސް އޮފީސް

 ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި ސައިކޮލޮޖީ ކިޔަވައިދޭނެ ޓީޗަރަކު ނެތުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރަމުންދާ ކަމަށް ބުނެ ބެލެނިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި، މާލެ ސަރަޙައްދުގެ ސްކޫލެއްގައި ދަރިވަރުންތަކެއް އަމިއްލަ ނަފްސަށް ގެއްލުންދީ ދީނާ ޚިލާފު އަމަލުތަކެއް ޕްރޮމޯޓު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ސަމާލުކަމަށް އައިސްފައިނުވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

މި މައްސަލަތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން، އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެފަދަ އެއްވެސް މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅިފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި ފޯނަށް ޖަވާބުދެއްވި އޮފިޝަލް ވަނީ ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއްތޯ ސުވާލުކުރައްވައި، މައުލޫމާތު ދިނުމުގައި ފަރުވާކުޑަ ރޫހެއްގައި ވާހަކަދައްކަވާފައެވެ.

ސީއެޗްއެސްސީގެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، އެއްވެސް ބެލެނިވެރިއެއްގެ ފަރާތުން ޓީޗަރަކު ނެތްކަމުގެ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އަދި ސްކޫލްތަކުގެ ޓީޗަރުންނާ ގުޅޭ ކަންކަމަކީ މިނިސްޓްރީގެ އެޗްއާރް ޑިޕާޓްމަންޓަށް ބޮޑަށް އެނގޭނެ ކަންކަން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

 މީގެ އިތުރުން، ހުޅުމާލޭގެ ސްކޫލެއްގައި ދަރިވަރުންތަކެއް އަމިއްލަ ނަފްސަށް ގެއްލުންދީ، ދީނާ ޚިލާފު ކަންކަން ކުރަމުންދާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މިކަންކަން ދޮގުކުރި ނަމަވެސް، ރާއްޖެޓީވީއާ ވާހަކަދެއްކި ބެލެނިވެރިން ވަނީ މި މައްސަލަތަކުގެ ސީރިއަސްކަން ފާހަގަކޮށްފައެވެ. ބެލެނިވެރިން ބުނާ ގޮތުގައި ސީއެޗްއެސްސީގައި ސައިކޮލޮޖީ ޓީޗަރަކު ނެތިގެން ކިޔެވުން މެދުކެނޑިފައިވާ މައްސަލަ ސްކޫލުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ.

ހަމައެއާއެކު، މާލެ ސިޓީގެ ސްކޫލެއްގައި ދަރިވަރުންތަކެއް އަމިއްލަ ނަފްސަށް ގެއްލުންދީ، ނުރައްކާތެރި އަމަލުތަކެއް ހިންގަމުންދާ މައްސަލަވެސް ބެލެނިވެރިން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ބެލެނިވެރިން ބުނަމުންދަނީ މިފަދަ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާއިރު، މިނިސްޓްރީން އެކަންކަމަށް އިންކާރުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ސްކޫލްތަކުގައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ފަދަ ކަންކަމާއި، ކުދިންގެ އަޚްލާގާއި ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުންދާ ކަމުގެ ޝަކުވާތައް އިތުރުވަމުންދާއިރު، މިކަންކަމުގައި ކަމާބެހޭ އިދާރާތަކުން ޒިންމާދާރުކަމާއެކު ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންމިނިސްޓްރީ އޮފް އެޑިއުކޭޝަން ރާއްޖެ ޓީވީހުޅުމާލެ މާލެސައިކޮލޮޖީ

އިތުރަށް ކިޔާލަން

21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
21 ޖޫން 2026

އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު

21 ޖޫން 2026
އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު
21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު