Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ހިޔާ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް، ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފި

އެ އެޕާޓްމަންޓް ސާފުކޮށް ނިމެންދެން، އެ ތަނުގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަަޖައްސައި ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2026 | އާދީއްތަ 14:50
ހިޔާ ފްލެޓުގެ އަށް ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

ހިޔާ ފްލެޓުގެ އަށް ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން | އެންޑީއެމްއޭ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓުގެ އަށް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ އާދީއްތަ ދުވަހުގެ މެންދުރު 13:27 ހާއިރު ކަމަށެވެ. 

ފުލުހުން ބުނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވާ ކަމަށާއި، އަލިފާން ރޯވެފައި ވަނީ އެ އެޕާޓްމަންޓުގެ ބަދިގޭގައި ކަމަށެވެ. މި ހާދިސާގައި އެ ބަދިގެ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ. 

މި ހާދިސާއާ ގުޅޭ ގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓުގައި ދުމުގެ އަސަރު ބޮޑުވެ، މިވަގުތު ދިރިއުޅެން އެކަށީގެން ނުވާ ކަމަށެވެ. އެހެންވެ އެ އެޕާޓްމަންޓް ސާފުކޮށް ނިމެންދެން، އެ ތަނުގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަަޖައްސައި ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އަލިފާން ރޯވެފައި ވަނީ ހިޔާގެ އަށް ވަނަ ޓަވަރުގެ ނަވާރަ ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގައި އެވެ. 

ހުޅުމާލެ ފޭސް 2ހިޔާ ޓަވަރުއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

02 ޖުލައި 2026

އެއް އަހަރުން ނިންމާނެ ކަމަށް ބުނެ 278 މިލިއަން ރުފިޔާއަށް ހަވާލުކުރި ހިޔާ ޓަވަރުގައި ލިފްޓް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވަނީ!

02 ޖުލައި 2026
އެއް އަހަރުން ނިންމާނެ ކަމަށް ބުނެ 278 މިލިއަން ރުފިޔާއަށް ހަވާލުކުރި ހިޔާ ޓަވަރުގައި ލިފްޓް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވަނީ!
23 ޖޫން 2026

އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

23 ޖޫން 2026
އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
25 އެޕްރީލު 2026

ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުތާ 4 ގަޑި އިރު ފަހުން ކަރަންޓުގެ ޚިދުމަތް އިއާދަކޮށްފި

25 އެޕްރީލު 2026
ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުތާ 4 ގަޑި އިރު ފަހުން ކަރަންޓުގެ ޚިދުމަތް އިއާދަކޮށްފި
25 އެޕްރީލު 2026

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން

25 އެޕްރީލު 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން
25 އެޕްރީލު 2026

ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ

25 އެޕްރީލު 2026
ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ
12 އެޕްރީލު 2026

ހުޅުމާލޭ ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ، ކަރަންޓް ލިބޭނެ އިރެއް ނޭނގޭ

12 އެޕްރީލު 2026
ހުޅުމާލޭ ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ، ކަރަންޓް ލިބޭނެ އިރެއް ނޭނގޭ
11 މާރިޗު 2026

ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތާ އެތައް ދުވަހެއް، ބައެއް ފަހަރު ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް އަންނަނަމަ!

11 މާރިޗު 2026
ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތާ އެތައް ދުވަހެއް، ބައެއް ފަހަރު ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް އަންނަނަމަ!
02 ފެބުރުއަރީ 2026

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

02 ފެބުރުއަރީ 2026
ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ
30 ޖެނުއަރީ 2026

ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

30 ޖެނުއަރީ 2026
ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
19 ޖެނުއަރީ 2026

ހުޅުމާލޭގެ އެންމެ ބޮޑު ޕްރިމިއަމް ޕަރފިއުމް ކޮސްމެޓިކްސް ފިހާރަ، "ޕްރިމިއަމް ޓަޗް" ހުޅުވައިފި

19 ޖެނުއަރީ 2026
ހުޅުމާލޭގެ އެންމެ ބޮޑު ޕްރިމިއަމް ޕަރފިއުމް ކޮސްމެޓިކްސް ފިހާރަ، "ޕްރިމިއަމް ޓަޗް" ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު