Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓް ކެނޑުން

ހުޅުމާލޭ ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ، ކަރަންޓް ލިބޭނެ އިރެއް ނޭނގޭ

ހުޅުމާލޭ ފޭސް 2 ގެ ބައެއް ހިޔާ ޓަވަރުތަކާއި ސްކޫލްތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑުމާ ގުޅިގެން، އާންމު ދިރިއުޅުމަށާއި ކިޔަވައިދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ. ސްޓެލްކޯއިން ބުނި ގޮތުގައި މި ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ކަމަށާއި، އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް އެ ކުންފުނީގެ ޓީމުތަކުން ދަނީ މެދުކެނޑުމެއްނެތި ކުރަމުން. ކަރަންޓު ކެނޑުމުގެ ސަބަބުން ބައެއް ލިފްޓުތަކުގައި މީހުން ތާށިވެފައިވާއިރު، ގިނަ ބަޔަކު ވަނީ އިމާރާތްތަކުން ބޭރަށް ނުކުމެ މަގުމަތީގައި މަޑުކޮށްފައި.

މަޚްތޫމް
މަޚްތޫމް | 12 އެޕްރީލު 2026 | އާދީއްތަ 13:55
ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދު

ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދު | ޕީއެސްއެމް

ހުޅުމާލޭ ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ. 

ހުޅުމާލޭ ފޭސް 2 ގެ ބައެއް ހިޔާ ޓަވަރުތަކާއި ސްކޫލްތަކުން ކަރަންޓް ކެނޑުނީ މެންދުރުފަހު 3:20 ހާއިރު އެވެ. މިކަމާއި ގުޅިގެން 3:21 ގައި ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ. 

ނަމަވެސް ކަރަންޓުގެ މައްސަލަ ހައްލު ނުވެ އޭގެ ފަހުން 4:23 ގައި ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ދެނަގަނެ ހައްލު ކުުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. ވީއެންމެ އަވަހަކަށް މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މައްސަލަ އެކީ ހައްލު ކުރެވި އަލުން ކަރަންޓުގެ ހިދުމަތްދޭން ގާތްގަނޑަކަށް 45 ވަރަކަށް މިނެޓް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އެކްސްގައި ބުނެފައިވެ އެވެ. 

ނަމަވެސް އޭގެ ފަހުން ދޮޅުގަޑި އިރު ވި އިރު ވެސް ކަރަންޓް ލިބިފައި ނުވެ އެވެ. 

ސްޓެލްކޯ އިން ފަހުން ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ޓެކްނިކަލް ޓީމުން ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދަތި ވަގުތުގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި، އަދި ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށް ބުނެފައިވެ އެވެ. 

ފޭސް 2 ގެ ހިޔާ ޓަވަރު 1 އިން 8 އަށް ކަރަންޓް ވަނީ ކެނޑިފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ސްކޫލްތަކުގައި ކިޔަވައި ދިނުން ވެސް ވަނީ މެދުކަނޑާލާ ދަރިވަރުން ގެއަށް ފޮނުވާލާފަ އެވެ. އަދި ކަރަންޓް ދިޔަ ގަޑީގައި ލިފްޓްތަކުގައި އެތައް ބަޔަކު ތާށިވެ، ލިފްޓް އޮޕަރޭޓް ކުރާ މީހުން ގެނެސްގެން ވަނީ ލިފްޓުން މީހުން ނެރެފަ އެވެ. 

ނަމަވެސް އުސް އިމާރާތްތަކަށްވެފައި ކަރަންޓް ނެތުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަގުމަތިވެފަ އެވެ. 

ސްޓެލްކޯހިޔާ ޓަވަރުކަރަންޓް ކެނޑުން

އިތުރަށް ކިޔާލަން

31 މާރިޗު 2026

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

31 މާރިޗު 2026
އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.
11 މާރިޗު 2026

ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތާ އެތައް ދުވަހެއް، ބައެއް ފަހަރު ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް އަންނަނަމަ!

11 މާރިޗު 2026
ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތާ އެތައް ދުވަހެއް، ބައެއް ފަހަރު ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް އަންނަނަމަ!
24 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި

24 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި
23 ފެބުރުއަރީ 2026

ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި

23 ފެބުރުއަރީ 2026
ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި
21 ފެބުރުއަރީ 2026

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

21 ފެބުރުއަރީ 2026
"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު