Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓު

ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތާ އެތައް ދުވަހެއް، ބައެއް ފަހަރު ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް އަންނަނަމަ!

11 މާރިޗު 2026 | ބުދަ 05:38

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ފަރާތްތަކުން ބުނި ގޮތުގައި ބައެއް ފަހަރު ލިފްޓްތައް ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން ބަޔަކު ފިތުމުން އެކަނި، އަދި ގްރައުންޑްގައި ހުރެގެން ކިތަންމެ ވަރަކަށް ފިތިޔަސް ލިފްޓް ނުހުޅުވި އެތައް އިރެއްވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2026 | ބުދަ 05:38
ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓުތަކަށް މައްސަލަ ދިމާވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި

ހިޔާ ފްލެޓު ޓަވަރު 2 ގެ ލިފްޓުތަކަށް މައްސަލަ ދިމާވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި | ރާއްޖެ އެމްވީ

ހިޔާ ފްލެޓުގެ ޓަވަރު 2 ގެ ލިފްޓަށް މައްސަލަ ދިމާވާތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.  

އެތަނުގައި ދިރިއުޅޭ ފަރާތްތަކުން "ރާއްޖެއެމްވީއަށް" މައުލޫމާތު ދިން ގޮތުގައި މި މައްސަލަ މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބައެއް ފަހަރު މައްސަލަ ޙައްލު ނުވެ ދެތިން ދުވަސް ވެސް ވާކަމަށް އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ކިޔާދިނެވެ.

Advertisement - newsAdvertisement

ހިޔާ ފްލެޓުގެ ޓަވަރު 2 ގައި ދިރިއުޅޭ ބައެއް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ލިފްޓުތަކުގައި މައްސަލަތައް ދިމާވާތީ ބާރު ބޮޑުވާ ގަޑިތަކުގައި ލިފްޓުގެ ކިއޫ ސަރަޙައްދުގައި ތޮއްޖެހުން އިތުރުވުމާއި، ކުޑަކުދިންނާއި ބަލި މީހުންނަށް އެތައް ތަކުލީފުތަކާ ކުރިމަތިވުން ވަނީ އިތުރުވެފައެވެ. އަދި އެކަމުގެ ޝަކުވާ ކުރިނަމަވެސް މިހާތަނަށްވެސް އެދެވޭ ޙައްލެއް ލިބިފައިނުވާކަން އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އެތައް ބަޔަކު ދިރިއުޅޭއިރު ލިފްޓުގެ މައްސަލަތައް ދިމާވާތީ ގިނަ ބަޔަކު ޝަކުވާ ކުރޭ

ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އެތައް ބަޔަކު ދިރިއުޅޭއިރު ލިފްޓުގެ މައްސަލަތައް ދިމާވާތީ ގިނަ ބަޔަކު ޝަކުވާ ކުރޭ

އެންމެ ފަހުން މި މައްސަލަތައް ދިމާވާން ފެށިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބައެއް ފަހަރު ލިފްޓްތައް ހުޅުވެނީ ހަމައެކަނި މަތީ ފްލޯއަކުން ބަޔަކު ފިތީމަ، ގްރައުންޑްގައި ހުރެގެން ކިތަންމެ ވަރަކަށް ފިތިޔަސް ލިފްޓް ނުހުޅުވި އެބަހުރޭ އެތައް އިރަކު، އެހެންވުމުގެ ސަބަބުން ގަޑިއަށް ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް ވަރަށް އުނދަގޫތައް ދިމާވޭ
ހިޔާ ފްލެޓުގެ ޓަވަރު 2 ގައި ދިރިއުޅޭ ފަރާތެއް
ގްރައުންޑް ފްލޯގައި ހުރެ މައްޗަށް ދިއުމަށް ލިފްޓަށް ފިތާފައި، ނަމަވެސް ލިފްޓް ހުރީ ހުއްޓިފައި

ގްރައުންޑް ފްލޯގައި ހުރެ މައްޗަށް ދިއުމަށް ލިފްޓަށް ފިތާފައި، ނަމަވެސް ލިފްޓް ހުރީ ހުއްޓިފައި

ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް މީގެ ކުރިން އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ޚަރަދުވެއެވެ.

ހިޔާ ޓަވަރުހިޔާ ފްލެޓް ލިފްޓްހިޔާ ފްލެޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 މާރިޗު 2026

ހިޔާ ފްލެޓް ކުއްޔަށް ދޭ މައްސަލަ: އެއީ މަނާކަމެއް ކަމަށް ގާނޫނުން ކަނޑައަޅަނީ

04 މާރިޗު 2026
ހިޔާ ފްލެޓް ކުއްޔަށް ދޭ މައްސަލަ: އެއީ މަނާކަމެއް ކަމަށް ގާނޫނުން ކަނޑައަޅަނީ
20 ފެބުރުއަރީ 2026

ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ؟

20 ފެބުރުއަރީ 2026
ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ؟
11 ފެބުރުއަރީ 2026

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ރާއްޖެޓީވީން ސަމާލު ކަމަށް ގެނައުމުން އެތަކެތި ނަގައިފި

11 ފެބުރުއަރީ 2026
ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ރާއްޖެޓީވީން ސަމާލު ކަމަށް ގެނައުމުން އެތަކެތި ނަގައިފި
04 ފެބުރުއަރީ 2026

ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، އަލުން ޚިދުމަތް ދީފި

04 ފެބުރުއަރީ 2026
ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، އަލުން ޚިދުމަތް ދީފި
31 ޖެނުއަރީ 2026

ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

31 ޖެނުއަރީ 2026
ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ
31 ޖެނުއަރީ 2026

އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

31 ޖެނުއަރީ 2026
އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ
30 ޖެނުއަރީ 2026

ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

30 ޖެނުއަރީ 2026
ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
21 ޑިސެމްބަރު 2025

ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި

21 ޑިސެމްބަރު 2025
ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި
19 ޑިސެމްބަރު 2025

ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް