Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯން ތައާރަފްކޮށްފި

ބީއެމްއެލްގެ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް، އެއްވެސް ރަހުނަކާ ނުލައި ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި. މި ބަދަލާއެކު ކޯސް ފީތައް ބޭންކުން ސީދާ ޓީޓީ މެދުވެރިކޮށް ދައްކައިދޭއިރު، މިއީ ބޭރުގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ޖުލައި 2026 | އާދީއްތަ 12:26
ދަރިވަރެއް: ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައި

ދަރިވަރެއް: ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައި | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގ އެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް މި ފައިނޭންސްގެ ދަށުން ޑޮލަރުން ލިބުމަކީ ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ. 

މި ފައިނޭންސިންގ ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެ އެވެ. އަދި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް (އެލަވަންސް) ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށެވެ. 

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށް އެ ބޭންކުން ބުނެ އެވެ. 

ބޭންކް އޮފް މޯލްޑިވްސްމުހައްމަދު ޝަރީފް އެޑިއުކޭޝަން ފައިނޭންސިންގ

އިތުރަށް ކިޔާލަން

15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
30 ޖޫން 2026

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

30 ޖޫން 2026
ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި
08 ޖޫން 2026

ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި

08 ޖޫން 2026
ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި
18 މެއި 2026

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި

18 މެއި 2026
 މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި
08 މެއި 2026

ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި

08 މެއި 2026
ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި
02 މެއި 2026

ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި

02 މެއި 2026
ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި
23 އެޕްރީލު 2026

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.

23 އެޕްރީލު 2026
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.
21 އެޕްރީލު 2026

ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި

21 އެޕްރީލު 2026
ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި
03 އެޕްރީލު 2026

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

03 އެޕްރީލު 2026
24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
30 މާރިޗު 2026

މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް

30 މާރިޗު 2026
މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު