Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީ ޒިންމާދާރު ކުރުވުމުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ އިޙުމާލުވެފައި: ޓްރާންސްޕޭރަންސީ

އޭސީސީގެ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭ މިންވަރު އުޅެނީ ބޫޓާނާއި ބަންގްލަދޭޝް އަށްވުރެ ދަށުގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2017 | އާދީއްތަ 10:34
މިއަހަރުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ރަންވަނަ އޭސީސީގެ ރައީސް ލުތުފީއާ ޙަވާލުކުރަނީ

މިއަހަރުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ރަންވަނަ އޭސީސީގެ ރައީސް ލުތުފީއާ ޙަވާލުކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޒިންމާދާރު ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިޙުމާލުވެފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުރި ދެއަހަރުގެ ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓްގައި ވަނީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކުގެ ތަޙުޤީޤު ހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އިސްލާޙު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެކަންކަން ބެލެހެއްޓުމަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ޒިންމާއެއް ކަމަށާއި، ނަމަވެސް ދިރާސާގެ މުއްދަތުގައި ކޮމިޓީން އޭސީސީ ޒިންމާދާރު ކުރުވުމުގައި އިހުމާލުވެފައިވާކަން ފާހަގަވާ ކަމަށް ޓްރާންސްޕޭރަންސީގެ ރިޕޯޓުގައި ވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދަޢުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކެކޭ އެއްފަދައިން، ފާއިތުވި ދެއަހަރު ވެސް ސަރުކާރުން އޭސީސީގެ ބަޖެޓް ކުޑަކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މާލީ ގޮތުން އެއިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކާއި ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

ޓްރާންސްޕޭރަންސީގެ ދިރާސާ އަށް ފަހު، އާއްމު ކުރި ރިޕޯޓްގައި ބުނެފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތުގެ ނަތީޖާނެރެވޭ މިންވަރު ހުރީ ބަންގްލަދޭޝް އާއި ބޫޓާނަށް ވުރެ ވެސް ދަށުގައި ކަމަށެވެ. ޖުލައި 2014 އިން ޖުލައި 2016 އަށް ކުރިއަށް ގެންދިޔަ ދިރާސާގެ ރިޕޯޓްގައި ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭ މިންވަރު ވަޒަންކުރެވިފައި ވަނީ 50 އިންސައްތަ ކަމަށް ރިޕޯޓްގައި ވެއެވެ.

އޭސީސީގެ މަސައްކަތްތައް ހިންގުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވި ނަމަވެސް، ކޮރަޕްޝަން ހުއްޓުވުމާ ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމުގައި އޭސީސީގެ މަސައްކަތް ފާހަގަކޮށްފައި ވެއެވެ.

މިރިޕޯޓްގައި އޭސީސީ އާއި ޕްރޮސެކިއުޓަރގެ އޮފީހާ ދެމެދު ގުޅުން ބަލިކަށިކަން ފާހަގަކޮށްފައިވެ އެވެ. އަދި އޭސީސީއަކީ ޤާނޫނީ ގޮތުން ދަޢުވާ އުފުލުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ނުވުމާއެކު، ޕީޖީ އޮފީހާ ދެމެދު އޮތް މަސައްކަތުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ރިޕޯޓްގައި ވެއެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން އޭސީސީން ފޮނުވާ މައްސަލަތަކުގައި ކުށް ސާބިތުވާ ނިސްބަތް ދަށް ކަން ފާހަގަކޮށް، ޕީޖީ އޮފީހާ ދެމެދު ގުޅުން ރަނގަޅު ކުރުމަށް ލަފާދީފައި ވެއެވެ. ޓްރާންސްޕޭރަންސީގެ ދިރާސާގެ މުއްދަތުގެ ތެރޭގައި ކުށް ސާބިތުވެފައި ވަނީ މިފަދަ އެންމެ މައްސަލައެއްގައިކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މިރިޕޯޓްގައި އޭސީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފައި ވަނީ، ތަޙުޤީޤު ހިންގުމާއި، ޤަވާއިދުތައް ހިންގުމުގައި އޭސީސީގެ އަމިއްލަ ބާރު އޮތް ނަމަވެސް، ކުޑައަގެއްގައި ސަރުކާރުން ދިން ފްލެޓެއް އޭސީސީގެ ރައީސް ބަލައިގެންފައިވުމުން އެއިދާރާގެ މިނިވަންކަމާއި ނަޒާޙާތްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ސަރުކާރުން ވާދަވެރި ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އޭސީސީ ބޭނުން ކުރާކަމުގެ ތުހުމަތު ކުރެވިފައިވި ނަމަވެސް، ދިރާސާގެ މުއްދަތުގެ ތެރޭގައި އެފަދަ މައްސަލައެއްގެ ސާފު ހެކި ލިބިފައި ނުވާ ކަމަށް ޓްރާންސްޕޭރަންސީގެ ރިޕޯޓްގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން، އެމައްސަލަ ހުށަހެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މަޢުމޫން އޭސީސީ އަށް ހާޒިރުވުމަށް އަންގާފައިވަނީ ދިރާސާގެ މުއްދަތުގެ ތެރޭގައި ނޫން ކަމަށާއި، ދިރާސާ ރިޕޯޓްގައި އެމައްސަލަ ނުހިމެނޭ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެއެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމުގައި އިންސާނީ ވަޞީލަތުގެ ދަތިކަން ފާހަގަ ކުރެވިފައިވާ ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ. އޭގެ ތެރޭގައި އޭސީސީގެ ތަޙުގީގީ ޑިޕާޓްމަންޓްގައި މުވައްޒަފުން ހަރުލާ މިންވަރު ދަށް ވުމާއެކު، ތަޙުޤީޤުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތަޖުރިބާ މަދުވުން ހިމެނޭ ކަމަށާއި، މުވައްޒަފުންނަށް ރަނގަޅު ތަމްރީންދީ، ތަހުގީގު ހިންގުމުގެ އުކުޅުތައް ދަސްކޮށްދިނުމަށް ރިޕޯޓްގައި ގޮވާލާފައި ވެއެވެ. އަދި މިހާރު ޖުމްލަ ގޮތެއްގައި އޭސީސީގެ ތަޙުޤީޤުތައް ކުރިއަށް ގެންދަނީ ހެކިވެރިޔާގެ ހެކިބަހުގެ މައްޗަށް މާބޮޑަށް ބަރޯސާ ވެގެން ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ ކުށްތަކުގައި ތަހުގީގު ހިންގުމުގެ ޤާބިލްކަން އޭސީސީގައި ނެތް ކަމަށް ރިޕޯޓްގައި ވެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ރިޕޯޓް ނެރުމުގައި ދިގުދެމިގެންދާއިރު، އާއްމުންނަށް އެކަމުގެ ސަބަބުތައް ހާމަކޮށްދޭން ޖެހޭ ކަމަށް ރިޕޯޓްގައި ވެއެވެ.

މިދިރާސާގެ މައްޗަށް ބިނާކޮށް، އޭސީސީގެ ހިންގުން ހަރުދަނާ ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ހަކަމެއް ފާހަގަކޮށްފައި ވެއެވެ.

އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި، ކޮރަޕްޝަން މަނާ ކުރުމާއި ހުއްޓުވުމުގެ ޤާނޫނު އިސްލާޙު ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ލަފާދީފައި ވެއެވެ. އެގޮތުން ނުޙައްޤު މުއްސަނދިކަމަކީ ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ ކުށެއްގެ ގޮތުގައި ހިމެނުމާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ހުއްޓުވާލުމުގެ ޤާނޫނީ ބާރު އޭސީސީ އަށް ލިބޭ ގޮތަށް ޤާނޫނުގައި ހިމެނުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކުގައި އޭސީސީގެ ރިޕޯޓްތަކުގައި އިސްލާހު ކުރުމަށް ފާހަގަކޮށްފައިވާ ކަންކަމަކީ އަމަލުކުރުން ލާޒިމް ކަންކަމުގެ ގޮތުގައި ހިމެނުމަށް ޓްރާންސްޕޭރަންސީން ލަފާ ދީފައި ވެއެވެ. މީގެ އިތުރުން، އޭސީސީގެ ޤާނޫނުގައި އެކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެވޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ އަދި އެހެނިހެން ޝަރުތުތައް ހިމެނުމަށް ޓްރާންސްޕޭރަންސީން ލަފާދީފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު