Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފުލުހުންގެ ޚިދުމަތް

މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭ: ސީޕީ

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް ރައްކާތެރިކަން އިތުރުކުރުމަށް "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" އިފުތިތާހުކޮށް، ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ސީޕީ އެދިވަޑައިގެންނެވި. މި ޕްލޭނުގެ ދަށުން މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީކުރާ ފުލުހުންގެ އަދަދު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ވަނީ އަމާޒު ހިފާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖުލައި 2026 | އާދީއްތަ 05:07
ޓްރެފިކް އެންހޭންސްމެންޓް ޕްލޭން އިފުތިތާހުކުރި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވާހަކަ ދައްކަވަނީ

ޓްރެފިކް އެންހޭންސްމެންޓް ޕްލޭން އިފުތިތާހުކުރި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވާހަކަ ދައްކަވަނީ | މޯލްޑިވްސް ޕޮލިސް ސާރވިސް

މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު އިލްތިމާސް ކުރައްވައިފި އެވެ. 

ހޮނިހިރު ދުވަހު ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޓްރެފިކް އެންހޭންސްމެންޓް ޕްލޭން އިފުތިތާހު ކުރައްވައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އަށް ލުއިފަސޭހަކަން ގެނެސްދިނުމަށް މިހާރު ވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ސީޕީ ވިދާޅުވި އެވެ. 

ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، ސީޕީ ވިދާޅުވީ މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ސީޕީ އިލްތިމާސް ކުރެއްވި އެވެ. 

ސީޕީގެ މި އިލްތިމާސާ އެއްގޮތަށް، ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށް، ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ހޮނިހިރު ދުވަހު އިފްތިތާހު ކުރި ޕްލޭނަކީ މާލެ އާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

ކޮމިޝަނަރ އޮފް ޕޮލިސްޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުއަހުމަދު މުހައްމަދު (ޓޫފޯ)

އިތުރަށް ކިޔާލަން

03 ޖުލައި 2026

ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ

03 ޖުލައި 2026
ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ
26 ޖޫން 2026

ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ

26 ޖޫން 2026
ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ
05 އެޕްރީލު 2026

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

05 އެޕްރީލު 2026
ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި
06 މާރިޗު 2026

ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލައާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް ފަރުހާދާއި ޝިފާން

06 މާރިޗު 2026
ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލައާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް ފަރުހާދާއި ޝިފާން
18 ފެބުރުއަރީ 2026

ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި

18 ފެބުރުއަރީ 2026
ނަވީން, ފުލުހުންގެ މުއައްސަސާއިން ރިޓަޔަރ ކުރައްވައިފި
17 ޑިސެމްބަރު 2025

ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމާއި އަދުލުވެރި ކަމުގެ ރަމްޒެއް: ސީޕީ

17 ޑިސެމްބަރު 2025
ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމާއި އަދުލުވެރި ކަމުގެ ރަމްޒެއް: ސީޕީ
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
17 ސެޕްޓެމްބަރު 2025

އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އަންހެނުން ބާރުވެރިކޮށް، އިންސާފުވެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމުގެ ހެއްކެތް: ސީޕީ ނަވީން

17 ސެޕްޓެމްބަރު 2025
އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އަންހެނުން ބާރުވެރިކޮށް، އިންސާފުވެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމުގެ ހެއްކެތް: ސީޕީ ނަވީން
31 އޯގަސްޓު 2025

ދިވެހި ފުލުހުންނަކީ މުޖުތަމައުގެ ބަލަދުވެރިން: ސީޕީ

31 އޯގަސްޓު 2025
ދިވެހި ފުލުހުންނަކީ މުޖުތަމައުގެ ބަލަދުވެރިން:  ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު