Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ

މާލެ ސަރަހައްދުގައި މަސައްކަތްކުރާ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް ކާމިޔާބީތައް އަގުވަޒަންކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވި. ސީޕީ ވަނީ ފުލުހުންގެ މުއައްސަސާގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް އިލްތިމާސްކުރައްވައި، އިހުލާސްތެރިކަމާއެކު ޚިދުމަތްކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި. މި ރަސްމިއްޔާތުގައި ނިޝާން ހާސިލްކުރި ފަރާތްތަކުގެ ތެރޭގައި އެކި ރޭންކުތަކުގެ 32 އޮފިސަރުންނާއި 52 ފުލުހުން ހިމެނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2026 | ހުކުރު 08:32
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. | މޯލްޑިވްސް ޕޮލިސް ސާރވިސް

ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ސީޕީ ދެއްކެވި ވާހަކަފުޅުގައި، ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް މަރުހަބާ ދަންނަވައި، ފުލުހުންގެ ޚިދުމަތުގެ ދިގު މާޒީގައި އިހުލާސްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ފުލުހުންގެ ކެތްތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ. އަދި ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވި އެވެ. އޭގެ އިތުރުން، ފުލުހުންނަށް ލިބޭ ކާމިޔާބީ ފާހަގަކޮށް އަގުވަޒަންކުރުމާއި، އިތުރު ކާމިޔާބީ ހޯދައިދިނުމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންނާއި، ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 34 ފުލުހުންނެވެ.

އަޙްމަދު މުޙައްމަދުކޮމިޝަނަރ އޮފް ޕޮލިސްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

25 ޖޫން 2026

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

25 ޖޫން 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
24 ޖޫން 2026

ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

24 ޖޫން 2026
ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ޖޫން 2026

އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

23 ޖޫން 2026
އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
20 ޖޫން 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ޖޫން 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު
19 ޖޫން 2026

މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

19 ޖޫން 2026
 މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން
13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
10 ޖޫން 2026

އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

10 ޖޫން 2026
އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި
07 ޖޫން 2026

ފުލުހުންގެ ސްޕޯކްސްޕާސަން ކަމުން ޝިފާން ވަކި ކޮށްފި

07 ޖޫން 2026
ފުލުހުންގެ ސްޕޯކްސްޕާސަން ކަމުން ޝިފާން ވަކި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު