Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތް

އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އަންހެނުން ބާރުވެރިކޮށް، އިންސާފުވެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމުގެ ހެއްކެތް: ސީޕީ ނަވީން

17 ސެޕްޓެމްބަރު 2025 | ބުދަ 10:31

ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ސެޕްޓެމްބަރު 2025 | ބުދަ 10:31
ދިވެހި އަންހެން ފުލުހުންތަކެއް އަނިޔާވެރި ގޮތަކަށް އަންހެން ނޫސްވެރިއަކު ހައްޔަރުކުރުމަށް މަސައްކަތް ކުރަނީ

ދިވެހި އަންހެން ފުލުހުންތަކެއް އަނިޔާވެރި ގޮތަކަށް އަންހެން ނޫސްވެރިއަކު ހައްޔަރުކުރުމަށް މަސައްކަތް ކުރަނީ

އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމުގެ ހެއްކެތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވި ޚާއްސަ މެސެޖްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާއި، އެކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އަދި މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވުގެ އިތުރުން މުޖުތަމައަށް ފޯރުކޮށްދެމުންދާ ޚިދުމަތުގައި މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާއިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ޚާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދާ ކަމަށެވެ.

ހަމައެއާއެކު، އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ މި ޚިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައުކުރަންޖެހޭ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށް ސީޕީ ވިދާޅުވިއެވެ.

އިސްމާޢީލް ނަވީންކޮމިޝަނަރ އޮފް ޕޮލިސްފިރިހެން ފުލުހުންދިވެހި ފުލުހުންއަންހެނުންގެ ބާރުވެރިކުރުވުންވިމެން އިން ޕޮލިސިންގ ދުވަސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
26 ނޮވެމްބަރު 2025

ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

26 ނޮވެމްބަރު 2025
ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
21 ނޮވެމްބަރު 2025

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
02 ނޮވެމްބަރު 2025

ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

02 ނޮވެމްބަރު 2025
ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް
25 އޮކްޓޯބަރު 2025

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އޮކްޓޯބަރު 2025
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް