Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޔުނީފޯމް

ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމާއި އަދުލުވެރި ކަމުގެ ރަމްޒެއް: ސީޕީ

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި ފުލުހުންގެ ވަޒީފާ އަދާކުރުމުގައި ގޮންޖެހުންތަކާއި ފުރައްސާރައިގައި މަސައްކަތްކުރަންޖެހޭނެ ކަމަށް. ސީޕީ ވަނީ ފުލުހުންނަށް ގޮވާލައްވައި ނަޒާހަތްތެރިކަމާއެކު އަމަލުކުރުމަށާއި މުޖުތަމައުގެ އުންމީދުތައް އިތުބާރަށް ބަދަލުކުރުމަށް ހިތްވަރާއި ސާބިތުތަކާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2025 | ބުދަ 14:40
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން

ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމާއި އަދުލުވެރި ކަމުގެ ރަމްޒެއް ކަމަށާއި މި ފަހުރުވެރި ޔުނީފޯމަށް ގަދަރު ކުޑަވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކައިގައި ވަނީ ފުލުހުންގެ ނޫކުލައިގެ ޔުނީފޯމުން ކޮންމެދުވަހަކުވެސް ފުލުހުން އަދާކުރަންޖެހޭ ވަޒީފާ ހަނދާން ކޮށްދޭނެ ކަމަށާއި ފުލުހުންގެ ހުވަޔާއި އަޒުމުން ފުލުހުންނާ ހަވާލުކުރެވިފައިވާ މަތިވެރި ޒިންމާ ހަނދާންކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ފުރިހަމަކުރި ތަމްރީނުން ބިނާކުރި ޝަހުސިއްޔަތުން އަދުލުވެރި ކަމާއި އިންސާފުވެރި ކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެދިވަޑައިގެން ސީޕީ ވަނީ ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި ފުލުހުންގެ ޔުނީފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއްކަން ފާހަގަކުރައްވާފަ އެވެ.

ފުލުހުންގެ ވާޖިބު އަދާކުރުމުގައި ވިސްނުމާއި އަޒުމް އިމްތިހާނުކުރެވޭ ހާލަތްތަކާއެކު ފުލުހުންގެ މަސައްކަތަކަކީ ގޮންޖެހުންތައް ގިނަ، ޕްރެޝަރުގައި މަސައްކަތްކުރަންޖެހޭ ވަގުތުތައް ގިނަ އަދި އުނދަގޫ ނިންމުންތައް ނިންމަންޖެހޭ ހާލަތްތައް ވެސް އަންނާނެ މަސައްކަތެއް. މިފަދަ ވަގުތުތަކުގައި އެއްވެސް ފުލުހަކު އެކަނިވެރި ނުވާނެ. ކޮންމެ ފުލުހަކީ ވެސް ދިގު ތާރީހެއް އޮތް ފަހުރުވެރި މުއައްސަސާއެއްގެ ބައެއްކަން ހަނދާނުގައި ބަހައްޓަންވާނެ. އަދި މަސައްކަތުގައި އެހީތެރިވާނެ ފުލުހުންނާއި ތަމްރީނު ދެއްވި އިންސްޓްރަކްޓަރުންގެ އިރުޝާދާއި މުޅި ގައުމުގެ އުންމީދުތައް ގުޅިފައިވަނީ ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް.
ސީޕީ ނަވީން

މީގެއިތުރުން، ފުލުހުން ކުރިއަށް ދިއުމަށްޓަކައި އިހުތިޔާރުކުރި މަގަކީ ފަސޭހަ މަގެއް ނޫންކަމަށާއި، އިހުތިޔާރުކުރި މަގަކީ ބުރަ ބޮޑު އަދި ޒިންމާދާރު، ގުރުބާނީތަކެއް އެކުލެވޭ މަގެއްކަން ފާހަގަކުރައްވައި، ގައުމުގެ ސަލާމަތަށާއި ރައްޔިތުންނަށްޓަކައި އިހުތިޔާރުކުރި މަގަކީ ހަމައެކަނި ވަޒީފާއެއް ކަމުގައި ނުދެކުމަށް ގޮވާލެއްވި އެވެ.

އަދި ގައުމީ ގޮވާލުމަކަށް އިޖާބަދެވުނީކަމަށް ދެކި، ނުކުމެވުނު މަގަގީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ގައުމީ ހިދުމަތަކަށް ކަން ހަނދާނުގައި ބެހެއްޓުމަށްވެސް ގޮވާލެއްވި އެވެ.

ސީޕީ ވަނީ އުންމީދުތަކާއެކު މުޖުތަމައު ފުލުހުންނަށް ބަލާނެކަން ހަނދާންކޮށްދެއްވައި، މުޖުތަމައުގެ އުންމީދުތައް އިތުބާރަށް ބަދަލުކުރުމަށް ޝަރަފްވެރި ދަތުރެއް ދަސްވެނިވި ފުލުހުން ފަށާއިރު ނަޒާހަތްތެރިކަމާއެކު އަމަލުކުރުމަށާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިތްވަރާއި ސާބިތުތަކާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.

އިސްމާޢީލް ނަވީންކޮމިޝަނަރ އޮފް ޕޮލިސްފުލުހުންގެ އަސާސީ ތަމްރީނުރައްޔިތުންގެ ސަލާމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

26 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު