Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމިޝަނަރ އޮފް ޕޮލިސް

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި ޓޫފޯއަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި ތަފާތު އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް. މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ވަޒީފާއިން ވަކިކުރި ނަމަވެސް، މި ސަރުކާރުން އޭނާ އަލުން ވަޒީފާއަށް ނެރުއްވައި މިހާރު ވަނީ ފުލުހުންގެ އެންމެ މަތީ ވެރިޔާގެ މަގާމު ހަވާލުކުރައްވާފައި. މިއީ މި ސަރުކާރުގައި ފުލުހުންގެ އެންމެ މަތީ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވި ތިންވަނަ ފަހަރު.

އަމްނާ އިމާދު
އަމްނާ އިމާދު | 5 އެޕްރީލު 2026 | އާދީއްތަ 08:55
އަޙްމަދު މުޙައްމަދު (ޓޫފޯ) ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން. އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި.

އަޙްމަދު މުޙައްމަދު (ޓޫފޯ) ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން. އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި. | މޯލްޑިވްސް ޕޮލިސް

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު (ޓޫފޯ) ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަޙްމަދު މުޙައްމަދު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

Advertisement - newsAdvertisement

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1995 ވަނަ އަހަރު އެވެ.

ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 30 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، އެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުގައި އޭނާ ވަނީ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

މީގެ ތެރޭގައި އޮޕަރޭޝަނަލް، ތަހުގީގީ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތަކުގެ އިސްވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތައް ފާހަގަކުރެވެ އެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މިއަދު އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ މަގާމުގަ އެވެ.

ޓޫފޯ އަކީ ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މަގާމުން ވަކި ކުރަން ނިންމި ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމަތުން އޭނާ ވަކިކުރަން 9 އޯގަސްޓު 2021 ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި މައްސަލައިގަ އެވެ.

އެ ލަފަޔާ އެއްގޮތަށް ޓޫފޯ ވަޒީފާއިން ވަކިކުރީ 10 އޮކްޓޫބަރު 2021 ގަ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް މިސަރުކާރުން ވަނީ ޓޫފޯ އަލުން ވަޒީފާ އަށް ނެރިފަ އެވެ. އަދި އޭނާ އަށް މި ސަރުކާރުން ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދީފަ އެވެ. 

މިއީ މި ސަރުކާރުން އައްޔަން ކުރާ ތިން ވަނަ ޕޮލިސް ކޮމިޝަނަރެވެ.

އެންމެ ފުރަތަމަ އެ މަގާމު އަދާކުރެއްވީ އަލީ ސުޖާއު އެވެ. އޭނާ އިސްތިއުފާ ދެއްވީ  އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ.

އޭގެފަހުން އެ މަގާމަށް ވަޑައިގަތީ އިސްމާއިލް ނަވީން އެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމުން ފެބްރުއަރީ މަހުގެ ތެރޭގައި ރިޓަޔަރ ކުރެއްވުމާއި ގުޅިގެން މަގާމު ހުސްވެގެން ދިޔަ އެވެ.  

އަހުމަދު މުހައްމަދު (ޓޫފޯ)ދިވެހި ފުލުހުންކޮމިޝަނަރ އޮފް ޕޮލިސް

އިތުރަށް ކިޔާލަން

04 އެޕްރީލު 2026

ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި

04 އެޕްރީލު 2026
ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި
28 މާރިޗު 2026

ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ

28 މާރިޗު 2026
ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ
27 މާރިޗު 2026

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

27 މާރިޗު 2026
ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
21 މާރިޗު 2026

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ
20 މާރިޗު 2026

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

20 މާރިޗު 2026
އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު