Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފުލުހުން

ދިވެހި ފުލުހުންނަކީ މުޖުތަމައުގެ ބަލަދުވެރިން: ސީޕީ

ދިވެހި ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 31 އޯގަސްޓު 2025 | އާދީއްތަ 08:17
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން

ދިވެހި ފުލުހުންނަކީ ހަމައެކަނި ފުލުހުން ނޫން ކަމަށާއި މުޖުތަމައުގެ ބަލަދުވެރިންނަކީ ވެސް ފުލުހުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މަސައްކަތުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޕްރޮފެޝަނަލްކަމާއި ހަމަހަމަކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ކޮންމެ ފުލުހަކު ވެސް ވުމަކީ މުޖުތަމައުގެ ބަލަދުވެރިންގެ ސިފައެއް ކަމަށެވެ. އަދި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި އިސްކަންދޭންވާނީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ގަޑިއަށް ފަރުވާތެރިވުމާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތަކަކީ ދިވެހި ފުލުހުންގެ ސިފަ ދައްކުވައިދޭ ރީތި ސިފައެއް ކަމުގައި ވިދާޅުވި އެވެ.

އަދި ދިވެހި ފުލުހުންގެ ޔުނީފޯމަކީ ފެންނަން ހުންނަ ހަމައެކަނި ބޭރުފުށުގެ ސިފައެއް ނޫންކަމަށާއި އެއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމުގައެވެ. އަދި މި ނިޝާން އަބަދުވެސް ފުލުހުންގެ ހަނދާނުގައި ބަހައްޓާންވާނެ ކަމަށާއި މި ނިޝާނަށް އިހުލާސްތެރިވާންވާނެ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ހަގީގީ ދުނިޔޭގެ ފުލުހުންގެ ގޮންޖެހުންތަކަށް، ދަސްވެނިވި ހުރިހާ ފުލުހުން ތައްޔާރުކުރެވިފައިވާ ކަމަށާއި ކުށްކުރުމާއި މަސްތުވާތަކެއްޗާއި އިޖުތިމާއީ މައްސަލަތަކާއި ކުއްލި ހާލަތްތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި ކެތްތެރިކަމާއި އޯގާތެރިކަން އަދި އަޅާލުމާއި އިންސާފުވެރިކަމަކީ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ މައިގަނޑު އެއް އަސާސް ކަމަށާއި ދިވެހި ފުލުހުންގެ ޝަރަފުވެރި ބެޖުގެ އިއްޒަތާއި ގަދަރު ހިފަހައްޓާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.

އިސްމާޢީލް ނަވީންކޮމިޝަނަރ އޮފް ޕޮލިސްދިވެހި ފުލުހުންދ. ވާނީއަސާސީ ތަމްރީނުމަސްތުވާތަކެތި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
26 ނޮވެމްބަރު 2025

ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

26 ނޮވެމްބަރު 2025
ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
21 ނޮވެމްބަރު 2025

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"
20 ނޮވެމްބަރު 2025

ޕީއެންސީ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުން އެބަ ތިބި، ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި: އުމަރު

20 ނޮވެމްބަރު 2025
ޕީއެންސީ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުން އެބަ ތިބި، ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި: އުމަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު