Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

އީރާނުގެ ފެން ފޮނުވައިދޭ ސްޓޭޝަންތަކަކަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި މީހަކު މަރުވެ، ދަނޑުވެރިކަމާއި އާންމު ދިރިއުޅުމަށް ބޭނުންވާ ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ބަހްރައިނާއި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ރޭޑާ ސިސްޓަމްތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 11:09
ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ދިން ހަމަލާއެއްގައި، އީރާނުގެ ހެންޑިޖަންގައި ހުންނަ އާރް.އެމް.ޑީ ޑްރެއިނޭޖް ޕަމްޕިންގް ސްޓޭޝަން ހަލާކުވެފައި

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ދިން ހަމަލާއެއްގައި، އީރާނުގެ ހެންޑިޖަންގައި ހުންނަ އާރް.އެމް.ޑީ ޑްރެއިނޭޖް ޕަމްޕިންގް ސްޓޭޝަން ހަލާކުވެފައި | ޕްރެސްޓީވީ

އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ހޫޒިސްތާން ޕްރޮވިންސާއި ދެކުނުގެ ބޫޝެހްރު ޕްރޮވިންސްގައި ހުރި ފެން ފޮނުވައިދޭ ދެ ސްޓޭޝަނަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށާއި، މީގެ ސަބަބުން ޚާރްޖް އައިލެންޑަށް ފެން ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ބުރޫއަރާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ހޫޒިސްތާން ޕްރޮވިންސްގެ މަހްޝަހްރުގައި ހުންނަ ދަނޑުވެރިކަމަށް ބޭނުންކުރާ ފެން ފޮނުވައިދޭ ސްޓޭޝަނަކަށް އެމެރިކާއިން ދިން މި ހަމަލާގައި އެކަކު މަރުވެ، ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ޕްރޮވިންސްގެ އޮފިޝަލަކު ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ހޫޒިސްތާން ވޯޓާ އެންޑް އިލެކްޓްރިސިޓީ އޯގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އައްބާސް ސަދްރިއަންފަރު ވިދާޅުވީ، މަހްޝަހްރާއި ހެންދިޖާން ސިޓީއާ ދެމެދު އޮންނަ ހެންދިޖާންގެ އާރް.އެމް.ޑީ ޑްރެއިނޭޖް ޕަމްޕިންގ ސްޓޭޝަނަށް "އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުން" ހަމަލާދީފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

މި ހަމަލާގައި މަރުވެފައިވަނީ އިރިގޭޝަން ނެޓްވޯކް އޮޕަރޭޝަން ކުންފުނީގެ މުވައްޒަފެއް ކަމަށްވާ ޝާކިރު މުހްސިނީ ކަމަށް ސަދްރިއަންފަރު ވިދާޅުވި އެވެ. އަދި މި ހަމަލާގައި އިތުރު މުވައްޒަފަކު ޒަޚަމްވެގެން ފަރުވާދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މި މަރުކަޒަކީ އެ ސަރަހައްދުގެ ދަނޑުވެރިކަމުގެ ވޭސްޓްވޯޓަރ ބޭރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ފެނުގެ ނިޒާމުތައް ހަރުދަނާކޮށް ހިންގުމަށްޓަކައި މި ސްޓޭޝަން މެދުނުކެނޑި ހިންގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އީރާނުގެ ފެނުގެ ސިނާއަތުގެ އިސް އޮފިޝަލަކު ވަނީ އެމެރިކާއިން ފެން ޕަމްޕުކުރާ ސްޓޭޝަނަށް ދިން ހަމަލާ ކުށްވެރިކުރައްވައި، އެއީ "ހަނގުރާމައިގެ ކުށެއްގެ ސާފު މިސާލެއް" ކަމަށް ސިފަކުރައްވާފަ އެވެ.

އީރާނުގެ ފެނުގެ ސިނާއަތުގެ ތަރުޖަމާނު އީސާ ބޮޒޯގްޒާދޭ ވިދާޅުވީ، ހެންދިޖާންގެ އާރް.އެމް.ޑީ ޑްރެއިނޭޖް ޕަމްޕިންގ ސްޓޭޝަނަށް ފަތިހު ދިން ހަމަލާއަކީ އިންސާނުންގެ "ދިރިއުޅުމާއި، ސިއްހަތާއި، އަދި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް" ދިން ހަމަލާއެއް ކަމަށެވެ.

ބޮޒޯގްޒާދޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ހުރިހާ ގަވާއިދުތަކުގެ އިތުރުން، އިރުމަތީގެ އަދި އީރާނުގެ ސަގާފަތާއި ތަމައްދުނުގައިވެސް ފެނަކީ މުގައްދަސް އެއްޗެއް ކަމަށެވެ. އަދި ފެނުގެ ވަސީލަތްތަކަށް އަރައިގަތުމަކީ އިންސާނުންގެ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާއަކީ "ވިސްނުމާއި އަމަލުން ނިކަމެތިވެ، ގޮތް ހުސްވެފައިވާކަމުގެ" ނިޝާނެއްގެ ގޮތުގައި ބޮޒޯގްޒާދޭ ސިފަކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ދުޝްމަނުން ފެނުގެ ވަސީލަތްތަކަށް އަމާޒުކުރުމުން ހާމަވަނީ އެމީހުންގެ ނުކުޅެދުންތެރިކަން ކަމަށާއި، މިއީ އަސްކަރީ ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ ނުބައި ވިސްނުމާއި އަމަލުގެ ހެއްކެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާގެ މަގްސަދަކީ އެ މަރުކަޒުގެ މަސައްކަތްތައް ހުއްޓުވާލުމެވެ. ނަމަވެސް ފަތިހުން ފެށިގެން ފެނުގެ ސިނާއަތުގެ މުވައްޒަފުން ދަނީ ހާލަތު ކޮންޓްރޯލްކޮށް، ލިބުނު ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހޫޒިސްތާން ޕްރޮވިންސްގެ އެކި ސަރަހައްދުތަކަށް، ހޯމަ ދުވަހުގެ ފަތިހު އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހްވާޒްގެ ބޭރުގައި އޮންނަ ދެ ސަރަހައްދަކަށް ހަމަލާ އަމާޒުވެފައިވީ ނަމަވެސް، އަހްވާޒް އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.

އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި، ފެން ޕަމްޕަށް ދިން ހަމަލާއާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ބަހްރައިންގައި ހުރި އެމެރިކާ ސިފައިންގެ އަސްކަރީ އިންފްރާސްޓްރަކްޗަރާއި، އޮމާންގައި ހުރި އެފްޕީއެސް ލޯންގް ރޭންޖް އެއާ ސަވައިލަންސް ރޭޑާ އަދި މެރިޓައިމް ސަވައިލަންސް ރޭޑާއެއް ހަލާކުކޮށްލާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބަދަލުހިފުމުގެ އޮޕަރޭޝަންގެ ފަސްވަނަ މަރުހަލާގައި، ބަހްރައިންގެ ޖުފައިރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އިތުރުން، އޮމާންގައި ހުރި އެމެރިކާގެ ރާޑަރު ސިސްޓަމްތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީ ހަލާކުކޮށްލާފައިވާ ކަމަށެވެ.

ފެނުގެ އިންފްރާސްޓްރަކްޗަރަށް ދިން މި ހަމަލާތައް އައިސްފައިވަނީ، މިދިޔަ މަހު ހުރްމުޒްގާން ޕްރޮވިންސްގެ ސިރިކް ކައުންޓީގައި ހުރި ފެން ފޯރުކޮށްދޭ ވަސީލަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ފަހުގަ އެވެ. އެ ހަމަލާތަކުގެ ސަބަބުން ހޫނު މޫސުމުގެ ގަދަ ހޫނުގައި 20،000 އަށްވުރެ ގިނަ ރައްޔިތުން ބޯފެނުން މަހްރޫމްވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެ އެވެ.

މި މަސްރަހު އިތުރަށް ގޯސްވެފައިވަނީ، ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފަށް، ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރު ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާން އުޅުމުން އީރާނުގެ ކަނޑުގެ ސިފައިން އެކަން ހުއްޓުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވުމާ ގުޅިގެން، ހޯރްމުޒް ކަނޑުއޮޅި ހުރިހާ ދަތުރުފަތުރަކަށް ބަންދުކުރިކަން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިއުލާންކޮށްފަ އެވެ.

މަސްދަރު: ޕްރެސް ޓީވީ

އީރާންބަޙްރައިންއޮމާންއައިއާރުޖީސީއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

އީރާނުގެ އައްސޭރިފަށަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރައިން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އައިއާރުޖީސީން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އެމެރިކާގެ ރާޑަރު ސިސްޓަމްތަކާއި، މިސައިލް ބޭސްތަކުގެ އިތުރުން ތެޔޮ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް އެ ފައުޖުން ބުނޭ. އަދި ހުރްމުޒް ކަނޑުއޮޅީގެ ސިޔާދަތީ ބާރު ދަމަހައްޓާނެ ކަމަށާއި، އެމެރިކާގެ އުދުވާންތަކަށް ދޫނުދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައި.

13 ޖުލައި 2026
އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި
13 ޖުލައި 2026

އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

އިރާނުގެ އައްސޭރިފަށަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އުރުދުން އާއި ކުވެއިތު އަދި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އައި.އާރު.ޖީ.ސީން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި ކަމަށް އީރާނުން ބުނެފި. މި ހަމަލާތަކުގައި އެމެރިކާގެ ހަތިޔާރު ގުދަންތަކާއި ރާޑަރު ސިސްޓަމްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެމެރިކާގެ އުދުވާނުތައް ހުއްޓާނުލާނަމަ މިއަށްވުރެ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައި.

13 ޖުލައި 2026
އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
13 ޖުލައި 2026

އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އީރާންގެ ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ ދެކުނުގައި އޮންނަ ހުރްމުޒްގާން ޕްރޮވިންސްގެ ބަނދަރު އައްބާސް ސަރަހައްދުން ފާއިތުވި ގަޑިއިރެއްހާއިރު ތެރޭގައި ވަރުގަދަ ދެ ގޮވުމެއްގެ އަޑު ވަނީ އިވިފައި. މި ގޮވުން ތަކުގެ އަޑު އިވިފައި ވަނީ އެމެރިކާގެ ސެންޓްކޮމް އިން އީރާން އަށް ދެމުން ދިޔަ ހަމަލާ ތަކުގެ އެންމެ ފަހު ބުރު ނިމިފައިވާ ކަމަށް އިއުލާން ކުރުމުގެ ކުދަ ވަގުތު ކޮޅެއް ކުރިން.

13 ޖުލައި 2026
އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
13 ޖުލައި 2026

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި

އީރާންގެ ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާ އިން އީރާންގެ ސިފައިންގެ މަރުކަޒު ތަކަށާއި، އެ ޤައުމުގެ ރައްޔިތުންގެ ބިނާތައް އަދި އާންމު ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރާ ކަމަށް. އަދި މި ހަމަލާ ތަކަކީ އދ.ގެ ޗާޓަރުގެ އަސާސީ އުސޫލުތަކާ ފާޅުގައި ޚިލާފުވާ ކަންކަން ކަމަށް ވެސް އީރާން އިން ވަނީ ބުނެފައި.

13 ޖުލައި 2026
ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި
12 ޖުލައި 2026

އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި

އީރާނުން ކުވޭތަށް ދިން ޑްރޯން ހަމަލާތަކެއްގައި އެ ގައުމުގައި ހުރި އެމެރިކާގެ "ހައިމާސް" މިސައިލް ސިސްޓަމްތަކާއި ހަތިޔާރު ގުދަންތަކެއް ގޮއްވާލައި ބޮޑެތި ގެއްލުންތަކެއް ދީފި. މި ހަމަލާތަކުގައި ކުވޭތުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ގެއްލުން ލިބިފައިވާއިރު، އެމެރިކާ ސިފައިންގެ ބަޔަކު މަރުވި ކަމަށް އަދި ކަށަވަރު ނުވާ ރިޕޯޓުތައް ބުނޭ

12 ޖުލައި 2026
އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު