Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ކުވެއިތު

އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި

12 ޖުލައި 2026 | އާދީއްތަ 19:18

އީރާނުން ކުވޭތަށް ދިން ޑްރޯން ހަމަލާތަކެއްގައި އެ ގައުމުގައި ހުރި އެމެރިކާގެ "ހައިމާސް" މިސައިލް ސިސްޓަމްތަކާއި ހަތިޔާރު ގުދަންތަކެއް ގޮއްވާލައި ބޮޑެތި ގެއްލުންތަކެއް ދީފި. މި ހަމަލާތަކުގައި ކުވޭތުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ގެއްލުން ލިބިފައިވާއިރު، އެމެރިކާ ސިފައިންގެ ބަޔަކު މަރުވި ކަމަށް އަދި ކަށަވަރު ނުވާ ރިޕޯޓުތައް ބުނޭ

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 19:18

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް އީރާނުގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާތަކެއް ދީފި. އީރާނުން ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ކުވެއިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ޕެޓްރިއަޓް އެއަރ ޑިފެންސް ސިސްޓަމަކަށާއި، ހަތިޔާރު ރައްކާކުރާ ގުދަނެއްގެ އިތުރުން އެމެރިކާގެ އަސްކަރީ ރޭޑާ ސައިޓަކަށް. | ސްކްރީން އިމޭޖް

ކުވޭތަށް އަމާޒުކޮށް އާދިއްތަ ދުވަހު ުއީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ "ހައިމާސް" (HIMARS) މިސައިލް ލޯންޗަރުތައް ނައްތާލައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ޑްރޯން ބޭނުންކޮށްގެން ކުވޭތަށް ދިން މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އެ ގައުމުގައި ހުރި އެމެރިކާގެ "ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް" (HIMARS) މިސައިލް ލޯންޗަރުތަކާއި، އެ ތަކެތީގެ ގޮވާއެއްޗެހި ރައްކާކޮށްފައި ހުރި ގުދަންތަކެވެ.

ހަމަލާތަކާ ގުޅިގެން ކުވޭތުގެ ޑިފެންސް ސްޕޯކްސްޕާސަން ވިދާޅުވި ގޮތުގައި، ދެވުނު މި "ޖިނާއީ ހަމަލާ" ގައި ބޯޑަރު ސަރަހައްދުގައި ހުރި ތިން މަރުކަޒަކަށާއި، ކަނޑުގެ ސަރަހައްދުގައި ތެޔޮ ނެގުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި މި ހާދިސާގައި އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުން ދިން މި ހަމަލާތަކުގައި ކުވޭތުގައި ހުރި އެމެރިކާގެ 5 މިލިއަން ޑޮލަރުގެ "ހައިމާސް" ރޮކެޓް ސިސްޓަމް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފަ އެވެ.

މީގެ އިތުރުން، އީރާނަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައި ހުރި މިސައިލްތައްވެސް މި ހަމަލާގައި ވަނީ ނައްތާލާފަ އެވެ.

ކަށަވަރުނުވާ ރިޕޯޓްތައް ބުނާގޮތުގައި، މި ހަމަލާތަކުގައި އެމެރިކާގެ ސިފައިންގެ ތިން މީހަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އީރާން-ކުވެއިތުހައިމާސްއީރާން-އެމެރިކާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި

12 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
12 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި

12 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި
12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
11 ޖުލައި 2026

މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި

11 ޖުލައި 2026
މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި
11 ޖުލައި 2026

ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ

11 ޖުލައި 2026
ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ
11 ޖުލައި 2026

އީރާން އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި

11 ޖުލައި 2026
އީރާން އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި
10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް