Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި

އީރާންގެ ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާ އިން އީރާންގެ ސިފައިންގެ މަރުކަޒު ތަކަށާއި، އެ ޤައުމުގެ ރައްޔިތުންގެ ބިނާތައް އަދި އާންމު ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރާ ކަމަށް. އަދި މި ހަމަލާ ތަކަކީ އދ.ގެ ޗާޓަރުގެ އަސާސީ އުސޫލުތަކާ ފާޅުގައި ޚިލާފުވާ ކަންކަން ކަމަށް ވެސް އީރާން އިން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 04:19
ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މީގެ ކުރިން އީރާން އިން ދީފައިވާ ހަމަލާގެ ގެއްލުން ތަކުގެ ތެރެއިން.

ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މީގެ ކުރިން އީރާން އިން ދީފައިވާ ހަމަލާގެ ގެއްލުން ތަކުގެ ތެރެއިން. | ރޮއިޓާސް

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ދެމުން އަންނަ ކަމަށް އީރާން އިން ހޯމަ ދުވަހު ބުނެފި އެވެ.

އީރާންގެ ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އީރާންގެ ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ، ސަރަހައްދުގައި އޮންނަ އެމެރިކާގެ ބޭސް ތަކަށް ޑްރޯން ހަމަލާ ތަކެއް ދެމުން އަންނަ ކަމަށާއި، ކުވެއިތުގައި ހުންނަ އެމެިރކާގެ ސިފައިންގެ މަރުކަޒު ތަކަށް ބާރު ގަދަ ޑްރޯން ހަމަލާ ތަކެއް ދީފައިވާ ކަމަށެވެ. އެ ހަމަލާ ތަކުގައި ދިފާއީ އަދި މިސައިލް ނިޒާމު ތަކާއި، ބަންކަރުތައް އަދި ސްޕޯޓް ޝެލްޓަރު ތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އީރާންގެ ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާ އިން އީރާންގެ ސިފައިންގެ މަރުކަޒު ތަކަށާއި، އެ ޤައުމުގެ ރައްޔިތުންގެ ބިނާތައް އަދި އާންމު ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރާ ކަމަށެވެ. އަދި މި ހަމަލާ ތަކަކީ އދ.ގެ ޗާޓަރުގެ އަސާސީ އުސޫލުތަކާ ފާޅުގައި ޚިލާފުވާ ކަންކަން ކަމަށް ވެސް އީރާން އިން ވަނީ ބުނެފައި އެވެ. 

މީގެ އިތުރުން އީރާން އަށް އިތުރު އެއްވެސް ހަމަލާއެއް ދިނުމުން، އީރާންގެގެ ސިފައިން އެ ޤައުމުގެ ސިޔާދަތާއު، ސަރަހައްދީ ސަލާމަތާއި، މިނިވަންކަން އަދި ރައްޔިތުން ދިފާއު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ތަކެއް ކުރާނެ ކަމަށް ވެސް އީރާން އިން ވަނީ ބުނެފައި އެވެ. 

Your browser does not support the video tag.
އީރާން އިން ދީފައިވާ ހަމަލާ ތަކުގެ މަންޒަރު ފެންނަ ވީޑިއޯއެއް.

މީގެ ކުރިން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައި ވަނީ ކުވެއިތުގައި ހުންނަ ޢަލީ ސާލިމް އަދި އަހުމަދު އަލް ޖާބިރު ބޭސް ތަކަށް ހަމަލާތައް ދީފައިވާ ކަމަށެވެ.

އީރާންގެ ސިފައިންގެ މި ބަޔާން ނެރުނީ ސަރަހައްދުގައި ހަނގުރާމަވެރި ހަރަކާތްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި އެވެ. އީރާން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މެދު އިރުމަތީގެ ސަރަހައްދުގައި ހާލަތު އިތުރަށް ގޯސްވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން މި ހާލަތު ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފައި އެވެ. 

ކުވެއިތުގައި ހުންނަ އެމެރިކާގެ ބޭސް ތަކަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާ އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްކުވައިތު

އިތުރަށް ކިޔާލަން

12 ޖުލައި 2026

އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި

އީރާނުން ކުވޭތަށް ދިން ޑްރޯން ހަމަލާތަކެއްގައި އެ ގައުމުގައި ހުރި އެމެރިކާގެ "ހައިމާސް" މިސައިލް ސިސްޓަމްތަކާއި ހަތިޔާރު ގުދަންތަކެއް ގޮއްވާލައި ބޮޑެތި ގެއްލުންތަކެއް ދީފި. މި ހަމަލާތަކުގައި ކުވޭތުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ގެއްލުން ލިބިފައިވާއިރު، އެމެރިކާ ސިފައިންގެ ބަޔަކު މަރުވި ކަމަށް އަދި ކަށަވަރު ނުވާ ރިޕޯޓުތައް ބުނޭ

12 ޖުލައި 2026
އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި
12 ޖުލައި 2026

ކުވޭތުގެ ބޯޑަރު މަރުކަޒުތަކަކާއި ތެޔޮ ޕްލެޓްފޯމަކަށް ހަމަލާދީފި

ކުވޭތުގެ އުތުރު ބޯޑަރުގެ ތިން މަރުކަޒަކަށް ދިން ޖިނާއީ ހަމަލާތަކަކާއި، ކަނޑުގެ ސަރަހައްދުގައި ހުރި ތެޔޮ ޕްލެޓްފޯމަކަށް އަމާޒުވި ޑްރޯން ހަމަލާއެއްގައި މުވައްޒަފަކަށް އަނިޔާވެއްޖެއެވެ. މި ހަމަލާތަކާ ގުޅިގެން އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

12 ޖުލައި 2026
ކުވޭތުގެ ބޯޑަރު މަރުކަޒުތަކަކާއި ތެޔޮ ޕްލެޓްފޯމަކަށް ހަމަލާދީފި
12 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި

އީރާނުގެ ގޭޝްމް އައިލެންޑާއި ބަންދަރު އައްބާސްގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދުޝްމަނުން ދިހަވަރަކަށް ހަމަލާ ދީފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާއިރު، ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން.

12 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އީރާނުން ބުނަނީ އެ ކަނޑުއޮޅި ވަނީ ވަކި މުއްދަތެއް ނެތް ގޮތައް ބަންދުކޮށްފައި ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

އީރާން އިން ދެމުންދާ މި ހަމަލާ ތަކާއި، އޭގެ ސަބަބުން ކުރިމަތި ވެދާނެ އެންމެހާ ނަތީޖާ ތަކާއި، ގާނޫނީ ޒިންމާ އެ ޤައުމުން ފުރިހަމަ އަށް އުފުލަަން ޖެހޭނެ ކަމަށް ވެސް ޤަތަރުން ވަނީ ބުނެފައި. ޤަތަރުން ވަނީ މި ހަމަލާ ތަކަކީ ޤައުމެއްގެ މިނިވަންކަމާއި، އިސްތިޤުލާލަށް އަރައި ގަތުން ކަަމަށް ސިފަކޮށް، އެއީ ބައިނަލްއަޤުވާމީ އެންމެހާ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެފައި.

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު