Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް

12 ޖުލައި 2026 | އާދީއްތަ 18:53

ހޯރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގިޝްމް އައިލެންޑުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ އީރާނުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އީރާނުން ބުނެއެވެ.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 18:53

އިރާނުގެ މިސައިލް ސިސްޓަމްތަކާއި ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް، އެމެރިކާއިން އާދީއްތަ ދުވަހު ވަރުގަދަ ހަމަލާތަކެއް ދީފި | ސްކްރީން އިމޭޖް

އީރާނުގެ މިސައިލް އަދި ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ "އެކްސިއޯސް" ނޫހުން އާދިއްތަ ދުވަހު ރިޕޯޓްކޮށްފި އެވެ.

ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގެ އެކި ތަންތަނަށް ދިން މި ހަމަލާތަކުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބޭނުންކުރާ ކުދި ހައި-ސްޕީޑް ބޯޓުތަކަށް ވެސް އަމާޒުކޮށްފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ތެހެރާނާއި ވޮޝިންޓަނާ ދެމެދު އަލުން ކުރިމަތިލުންތައް ފެށިފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގިޝްމް އައިލެންޑަށް އާދިއްތަ ދުވަހު 10 އަށްވުރެ ގިނަ ހަމަލާ އަމާޒުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ގިޝްމް ޓައުންޝިޕްގެ ގަވަރުނަރު ހުސައިން އަމީރު ތައިމޫރީ، އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާދިއްތަ ދުވަހުގެ މެންދުރު ފަހުން ފެށިގެން ދުޝްމަނުންގެ 10 ނުވަތަ 11 ހަމަލާއެއް ގިޝްމް އައިލެންޑަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މި ހުރިހާ ހަމަލާތަކެއް ވެސް އަމާޒުކޮށްފައިވަނީ އަސްކަރީ މަރުކަޒުތަކަށް ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދާދިފަހުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ރޭގަނޑުގެ ވަގުތެއްގައި އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.

ސީ.އެން.އެން އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން ރޭގައި އެމީހުންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފިން" ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިއައިއާރުޖީސީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!

12 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!
12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
11 ޖުލައި 2026

އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި

11 ޖުލައި 2026
އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން

10 ޖުލައި 2026
އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން
10 ޖުލައި 2026

އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު

10 ޖުލައި 2026
އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް