Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

13 ޖުލައި 2026 | ހޯމަ 08:07

އީރާނުގެ އައްސޭރިފަށަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރައިން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އައިއާރުޖީސީން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އެމެރިކާގެ ރާޑަރު ސިސްޓަމްތަކާއި، މިސައިލް ބޭސްތަކުގެ އިތުރުން ތެޔޮ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް އެ ފައުޖުން ބުނޭ. އަދި ހުރްމުޒް ކަނޑުއޮޅީގެ ސިޔާދަތީ ބާރު ދަމަހައްޓާނެ ކަމަށާއި، އެމެރިކާގެ އުދުވާންތަކަށް ދޫނުދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 08:07
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ދީފައިވާ ރައްދު ހަމަލާއެއްގައި، ދުޝްމަނުންގެ އަމާޒަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާއެއް ފެންނަ ވީޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ދީފައިވާ ރައްދު ހަމަލާއެއްގައި، ދުޝްމަނުންގެ އަމާޒަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާއެއް ފެންނަ ވީޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް. | ސްކްރީން އިމޭޖް

އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރައިން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިއުލާންކޮށްފި އެވެ.

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައިއާރްޖީސީ އިން ވަނީ އެމެރިކާގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަތަރު އޮޕަރޭޝަނެއްގެ ތަފްސީލު ހާމަކޮށް، ފުލުފުލުން ބަޔާންތަކެއް ނެރެފަ އެވެ.

އައިއާރްޖީސީ އިން ބުނި ގޮތުގައި ބަދަލުހިފުމުގެ ދެވަނަ މަރުހަލާގައި، އެ ފައުޖުގެ އެއަރޯސްޕޭސް ފޯސްއިން ވަނީ ބަހްރައިންގައި ހުންނަ ޝެއިޚް އީސާ އެއާބޭސްގައި ހުރި ހެލިކޮޕްޓަރު މަރާމާތުކުރާ މުހިންމު މަރުކަޒުތަކާއި، ޕީ-8 މަރުކާގެ އިލެކްޓްރޯނިކް ވޯފެއާ މަތިންދާބޯޓު ބާއްވާ ހޭންގަރާއި، އެމެރިކާ އަސްކަރިއްޔާގެ ޑްރޯން ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު ހަލާކުކޮށްލާފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ނުބައިވެގެންވާ އަދި ހަނގުރާމައަށް ފެންބޮވައިގެންފައިވާ ސަރުކާރަކީ އުފެދުނީއްސުރެ ހަނގުރާމައާއި އަސްކަރީ އުދުވާންތަކުން އެއްކިބާވެ އޮތީ ވަރަށް މަދު ދުވަސްކޮޅަކު ކަމަށާއި، އީރާނުގެ ސަލާމަތީ ބާރުތަކުގެ އަތުން ދާދިފަހުން ލިބުނު ނާކާމިޔާބީތަކުން އެ ގައުމުން އެއްވެސް ފިލާވަޅެއް ލިބިގަނެފައި ނުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އައިއާރްޖީސީ އިން އޭގެ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުވެއިތުގައި ހުންނަ އަލީ އަލް-ސާލިމް އެއާބޭސްގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނާއި ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމެއްގެ އިތުރުން، އެ ގައުމުގެ އަހުމަދު އަލް-ޖާބިރު އެއާބޭސްގައި ހުރި ސްޓްރެޓީޖިކް ރާޑަރު ސިސްޓަމެއް "މުޅިން ސުންނާފަތިކޮށްލާފައިވާ" ކަމަށެވެ.

އަދި އޭގެ ފަހުން ނެރުނު ބަޔާނެއްގައި، ބަދަލުހިފުމުގެ ހަތަރުވަނަ މަރުހަލާގެ ދަށުން ކުވެއިތުގައި ހުރި އެމެރިކާ ސިފައިންގެ ބިމުން ބިމަށް ހަމަލާދޭ މިސައިލް ބޭހަކަށް އައިއާރްޖީސީގެ ގްރައުންޑް ފޯސްއިން ހަމަލާދީފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން، ހައިމާސް (HIMARS) މަރުކާގެ ދެ މިސައިލް ލޯންޗަރާއި މިސައިލް އަޅާފައި ހުރި ގުދަންތަކުގައި ވަނީ އަލިފާން ރޯކޮށްލައި، އެ ތަންތަން މުޅިން ހަލާކުކޮށްލާފަ އެވެ.

އައިއާރްޖީސީ އިން ދެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަހްރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ކަމަށްވާ "ނޭވަލް ސަޕޯޓް އެކްޓިވިޓީ" އަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށާއި، އެ ތަނުން މިހާރުވެސް ބޮޑެތި އަލިފާންގަނޑުތައް އަރަމުންދާ ކަމަށެވެ. އަދި ބަދަލުހިފުމުގެ ފަސްވަނަ މަރުހަލާގައި، އޮމާންގައި ހުރި އެފް.ޕީ.އެސް މަރުކާގެ ދުރު ރާސްތާގެ އެއާ ސަވައިލަންސް ރާޑަރަކަށާއި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ރާޑަރަކަށް ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއްދީ އެ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އީރާނުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި ދަނޑުވެރިކަމަށް ފެން ފޯރުކޮށްދޭ ޕަމްޕަކަށް އެމެރިކާ ސިފައިން ދާދިފަހުން ހަމަލާދީފައިވަނީ، އައިއާރްޖީސީގެ ބަދަލުހިފުމުގެ ހަމަލާތަކުގެ ސަބަބުން "ކުޑަކުދިން މަރާ އެމެރިކާ އަސްކަރިއްޔާ" މާޔޫސްވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހޯމަ ދުވަހުގެ ކުރީކޮޅު އައިއާރުޖީސީ އިން ވަނީ އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާބޭސްގެ ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ކާމިޔާބު ހަމަލާތަކެއްދީ، އެ ތަންތަނުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އައިއާރުޖީސީ އިން ވަނީ ބަދަލުހިފުމުގެ މި އަމަލުތައް ކުރިއަށްދާނެ ކަމަށް ބުނެ، ސްޓްރެޓީޖިކް ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއެޅުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކާ މެދު އިންޒާރު ދީފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދެމުންދިޔަ ހަމަލާތައް އެއްފަރާތުން ހުއްޓާލިކަން އޭޕްރިލް 7 ވަނަ ދުވަހު އިއުލާންކުރި ފަހުންވެސް، އެމެރިކާއިން ވަނީ އީރާނުގެ ސަރަހައްދީ އިންސައްތައާ ޚިލާފު އެތައް އަމަލެއް ހިންގާފަ އެވެ.

ވޮޝިންގޓަނާއި ތެހެރާނާ ދެމެދު، ޕާކިސްތާނު މެދުވެރިވެގެން ސޮއިކުރި ފަހުމުނާމާގެ ފުރަތަމަ މާއްދާގައި ހުރިހާ ދިމާއަކުން ހަމަލާދިނުން ހުއްޓާލުމަށް ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، އެމެރިކާގެ އުދުވާންތައް ހުއްޓިފައެއް ނުވެ އެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ އެމެރިކާގެ ކޮންމެ އުދުވާނަކަށް، ޚާއްސަކޮށް ހުރްމުޒް ކަނޑުއޮޅިން ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ދަތުރުކުރުވުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް، އެއްވެސް ދޫދިނުމެއް ނެތް ވަރުގަދަ ރައްދުތަކެއް ދެމުންނެވެ.

ހޯމަ ދުވަހު ނެރުނު ބަޔާންތަކުގެ ތެރޭގައި، ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނަށް އޮތް ސިޔާދަތީ ބާރުގެ މުހިންމުކަން އައިއާރުޖީސީ އިން އަލުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން "ހުރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ ސަރަހައްދެއް ކަމަށާއި، ދުނިޔޭގެ އަނެއް ބިތުން އައިސް އުޅޭ ކުޑަކުދިން މަރާ، ގާނޫނާ ޚިލާފު އަސްކަރިއްޔާއަކަށް އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދޭނެ" ކަމަށް ބުނެފައިވެ އެވެ.

އަދި އެމެރިކާގެ އުދުވާންތަކާ ގުޅިގެން އެ ކަނޑުއޮޅި ބަންދުކުރި ކުރުން އުވާލާނީ، "އެމެރިކާގެ އަސްކަރިއްޔާއިން އެ ސަރަހައްދަށް ވަދެގަތުން ހުއްޓާލައި، ގައުމުތަކުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގެ މައްޗަށް އެ ގައުމުތަކަށް އޮންނަ ސިޔާދަތީ ބާރަށް އިހުތިރާމް ކުރަން ފެށުމުން" ކަމަށްވެސް އައިއާރުޖީސީ އިން ބުނެފައިވެ އެވެ.

މަސްދަރު: ޕްރެސް ޓީވީ

އީރާން-އެމެރިކާއައިއާރުޖީސީހުރްމުޒް ކަނޑުއޮޅިބަޙްރައިންކުވައިތުޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

13 ޖުލައި 2026

އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

13 ޖުލައި 2026
އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
13 ޖުލައި 2026

އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

13 ޖުލައި 2026
އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
13 ޖުލައި 2026

ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި

13 ޖުލައި 2026
ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދެމުން އަންނަ ކަމަށް އީރާން އިން ބުނެފި
12 ޖުލައި 2026

އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި

12 ޖުލައި 2026
އީރާނުން ކުވޭތަށް ދިން ހަމަލާގައި އެމެރިކާގެ އެތައް މިލިއަން ޑޮލަރުގެ މިސައިލު ލޯންޗަރުތައް ނައްތާލައިފި
12 ޖުލައި 2026

އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް

12 ޖުލައި 2026
އެމެރިކާއިން އީރާނުގެ މިސައިލް ނިޒާމުތަކަށް ވަރުގަދަ ހަމަލާދީފި: އެކްސިއޯސް
12 ޖުލައި 2026

ކުވޭތުގެ ބޯޑަރު މަރުކަޒުތަކަކާއި ތެޔޮ ޕްލެޓްފޯމަކަށް ހަމަލާދީފި

12 ޖުލައި 2026
ކުވޭތުގެ ބޯޑަރު މަރުކަޒުތަކަކާއި ތެޔޮ ޕްލެޓްފޯމަކަށް ހަމަލާދީފި
12 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި

12 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި
12 ޖުލައި 2026

"އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާން": ޓްރަމްޕްގެ ދުލުން ބޭރުވާ ކުށް ބަސްތައް ފުނިޖެހިއްޖެ

12 ޖުލައި 2026
"އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާން": ޓްރަމްޕްގެ ދުލުން ބޭރުވާ ކުށް ބަސްތައް ފުނިޖެހިއްޖެ
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް