Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026 | އާދީއްތަ 14:23

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އީރާނުން ބުނަނީ އެ ކަނޑުއޮޅި ވަނީ ވަކި މުއްދަތެއް ނެތް ގޮތައް ބަންދުކޮށްފައި ކަމަށް

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 14:23
އީރާނުގެ ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ ބަންދަރު އައްބާސްގެ ކަނޑުގެ ސަރަހައްދުގައި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރު ދަތުރުކުރަނީ.

އީރާނުގެ ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ ބަންދަރު އައްބާސްގެ ކަނޑުގެ ސަރަހައްދުގައި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރު ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅިއަކީ "ދިހަވަރަކަށް އެޓޮމިކް ބޮމަށްވުރެ ވެސް މުހިންމު" ތަނެއް ކަމަށާއި، އެ މުހިންމު ކަނޑުގެ ސަރަހައްދު ހިމާޔަތްކުރާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާގެ މުޝީރަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

އީރާނުގެ އިސްނާ (ISNA) ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުހުސިން ރެޒާއީ ވިދާޅުވީ މި އިސްތިރާތީޖީ ކަނޑުއޮޅިއަކީ ދިހަވަރަކަށް އެޓަމިކް ބޮމަށްވުރެ ވެސް މުހިންމު ތަނެއް ކަމަށާއި، އިސްލާމީ ޖުމްހޫރިއްޔާ އިން އެ ސަރަހައްދު ހިމާޔަތްކުރާނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން އީރާނުގެ މައްޗަށް ތުހުމަތު ކުރަނީ އެ ގައުމުން އެޓޮމިކް ބޮމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ތެހެރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި، މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އީރާނުގެ ސިފައިން މުދާ އުފުލާ އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން އެ އުޅަނދުގައި ރޯވެ، ފަޅުވެރިން އުޅަނދު ދޫކޮށްލާފައި ވަނިކޮށް، އެމެރިކާއިން ދިން އާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އާދީއްތަ ދުވަހު ތެހެރާނުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އެ ގައުމުން ވަނީ ގަލްފުގެ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ވެސް ފޮނުވާލާފަ އެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމަށް ވަނީ ނުރައްކާވެފަ އެވެ. މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ދާއިމީ އެއްބަސްވުމަކަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލެވެ. އީރާނުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ވިޔަފާރި އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ.

މި ކަނޑުއޮޅިއަކީ ގަލްފުގެ ގައުމުތަކުން ތެލާއި ގޭސް ބޭރުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު މަގަށް ވާއިރު، ހަނގުރާމައިގެ ތެރޭގައި މި ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމަށާއި، އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށް އީރާނުން ބާރުއަޅަމުންދާއިރު، އެމެރިކާގެ ވޮޝިންޓަނުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި އިއުލާނުކުރި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި މިހާރު ވަނީ ހުރިހާ އުޅަނދަކަށް ހުޅުވާލާފަ އެވެ. އަދި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ބާރުތައް "ތައްޔާރީ ހާލަތުގައި" އެ ސަރަހައްދުގައި ތިބި ކަމަށް ވެސް އެ ކޮމާންޑުން ބުނެފައިވެ އެވެ.

މަސްދަރު: އިސްނާ

ހުރްމުޒް ކަނޑުއޮޅިއީރާންއީރާން-އެމެރިކާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ބައްޕާފުޅުގެ ހަނދާނުގައި ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބާއްވަވަނީ

12 ޖުލައި 2026
ބައްޕާފުޅުގެ ހަނދާނުގައި ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބާއްވަވަނީ
12 ޖުލައި 2026

ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި

12 ޖުލައި 2026
ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
12 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!

12 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!
12 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި

12 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި
12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
11 ޖުލައި 2026

އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި

11 ޖުލައި 2026
އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި
11 ޖުލައި 2026

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

11 ޖުލައި 2026
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް