Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ބައްޕާފުޅުގެ ހަނދާނުގައި ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބާއްވަވަނީ

12 ޖުލައި 2026 | އާދީއްތަ 14:00

އީރާނުގެ ކުރީގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އާ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީގެ ފަރާތްޕުޅުން ބާއްވާ ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އަންގާރަ ދުވަހު ތެހެރާންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި. އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި މިހާތަނަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވޭ.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 14:00
އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއަށް ތާއީދުކޮށް، އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭއްވި އެއްވުމެއްގެ ތެރެއިން.

އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއަށް ތާއީދުކޮށް، އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭއްވި އެއްވުމެއްގެ ތެރެއިން. | ގެޓީ އިމޭޖަސް

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ހަނދާނުގައި މިހާރުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ލީޑަރުގެ އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނަކާ ހަވާލާދީ އީރާނުގެ ރަސްމީ ޓީވީ އިން ބުނެފައިވަނީ، އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީގެ ފަރާތްޕުޅުން ބާއްވާ މި ތައުޒިޔާގެ ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު އީރާނު ގަޑިން 5:00 އިން 7:00 އަށް، ތެހެރާންގެ އިމާމް ޚުމައިނީ މުސައްލާގައި ކަމަށެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި 40 ދުވަހުގެ ޣައިރު ގާނޫނީ ހަނގުރާމައިގެ ފުރަތަމަ ދުވަސް ކަމަށްވާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އޭނާގެ އާއިލާގެ ބައެއް މެންބަރުންނާވެސް އެކުގަ އެވެ.

އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން ވަނީ މާޗް މަހުގެ 8 ވަނަ ދުވަހު، އިސްލާމީ އިންގިލާބުގެ އާ ލީޑަރުގެ މަގާމަށް އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ ރަސްމީކޮށް އައްޔަންކުރައްވާފަ އެވެ.

އަވަހާރަވި ލީޑަރުގެ ޖަނާޒާގެ ހަރަކާތްތަކާއި އަލްވަދާއު ކިޔުމުގެ ރަސްމިއްޔާތުތައް ޖުލައި މަހުގެ 3 އިން 10 އަށް އީރާނާއި އިރާގުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލާފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އީރާނުގެ މަޝްހަދުގައި ހުންނަ އިމާމު ރިޒާގެ މަގްބަރާގަ އެވެ.

ލަފާކުރެވޭ ގޮތުގައި އީރާނާއި އިރާގުގައި ބޭއްވި ޖަނާޒާގެ ހަރަކާތްތަކުގައި 41 މިލިއަނާއި 43 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވެފައިވާއިރު، މިއީ ދުނިޔޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ޖަނާޒާ އެވެ.

މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން އާންމުންގެ ތެރެއިން މުޖްތަބާ ޚާމަނާއީ އަދި މިހާތަނަށް ފެނިފަ އެއް ނުވެ އެވެ.

މަސްދަރު: ޕްރެސް ޓީވީ

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީއީރާން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި

12 ޖުލައި 2026
ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
12 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި

12 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
11 ޖުލައި 2026

އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި

11 ޖުލައި 2026
އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި
11 ޖުލައި 2026

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

11 ޖުލައި 2026
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ
11 ޖުލައި 2026

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި

11 ޖުލައި 2026
އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް