Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭ

ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ރަސްމީ ރިޒަރވްގެ ހިސާބުތައް ވަނީ ގަޑުބަޑުކޮށްފައި: އަމީރު

13 ޖުލައި 2026 | ހޯމަ 11:38

އެމްއެމްއޭ މެދުވެރިކޮށް ބޭންކުތަކުގައި ފައިސާ ބަހައްޓައިގެން ސަރުކާރުން ފައިސާ ޗާޕުކުރަމުންދާކަން ހިސާބުތަކުން އެނގެން އޮތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވި. މީގެ އިތުރުން، ރާއްޖޭގެ ރިޒާވް ހިސާބުކުރާ ގޮތް ބަދަލުކޮށް، މާލީ ހަގީގަތްތައް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2026 | ހޯމަ 11:38
ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ރަސްމީ ރިޒަރވްގެ ހިސާބުތައް ގަޑުބަޑުކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރަށް ފައިސާ ދެނީ އެމްއެމްއޭއިން ކަމަށާއި، މިސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް އެއީ ކަނޑައެޅިގެން މިސަރުކާރުން ހަދާ ދޮގެއް ކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް އެމްއެމްއޭގެ ހިސާބުތަކުން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އަމީރު ވިދާޅުވީ، ފައިސާ ޗާޕު ކުރުމުގެ އިތުރުން ރަސްމީ ރިޒަރވްގެ ހިސާބުތައް ގަޑުބަޑުކޮށްފައިވާ ކަމަށެވެ. 

އެމްއެމްއޭއިން ބޭންކުތަކުގައި އެމްއެމްއޭގެ ޕްލޭސްމަންޓް މި ވަނީ ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާއައް އަރާފައި. ބޭންކުތަކުން މި ފައިސާ މި އިންވެސްޓްކުރަނީ ސަރުކާރުގެ ޓްރެޜަރީ ސެކިއުރިޓީސްތައް. އެގޮތުން، ސަރުކާރަށް މި ފައިސާ އެބަލިބޭ. އެމްއެމްއޭ އިން ކޮމާޝަލް ބޭންކުތަކުގެ ޚާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްގައި ފައިސާ ޑިޕޮސިޓްކޮށްގެން، އެ ފައިސާ އަނެއްކާ އެ ބޭންކުތަކުން ސަރުކާރުގެ ސެކިއުރިޓީޒް ތަކުގައި އިންވެސްޓްކޮށްގެން ސަރުކާރަށް ފައިސާ އެބަލިބޭ. އޭގެ މާނައަކީ އެމްއެމްއޭއިން މިގޮތަށް ފައިސާ ދިނުމަކީ އެއީ، ކުއެންޓިޓޭޓިވް އީޒިންގ ގެ ތެރެއިން ހަމަ މަނީ ކްރިއޭޝަން ފައިސާ ޗާޕްކުރުމުގެ މަސައްކަތެއް. އެހެންވީމާ، މި ސަރުކާރުން ތިމަންނަމެން ފައިސާ ޗާޕްނުކުރަމޭ އެ ވާހަކަ ވިދާޅުވިޔަސް، އަޅުގަނޑުމެންނަށް މިހާރު ހިސާބުތަކުން، އެމްއެމްއޭގެ ހިސާބުތަކުންވެސް އަޅުގަނޑުމެންނަށް އެބަފެނޭ މިހާރު ހަމަ ރަނގަޅަށް ސަރުކާރުންވެސް ފައިސާ ޗާޕްކުރަމުންދާ ކަން.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭގެ ނެޓް ރިޒަރވް ނެގެޓިވް ވެގެންދިއުމުން އެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އެމްއެމްއޭއިން ވަގުތުން އިންޑިއާގެ ކަރަންސީ ސްވޮޕްގެ ފައިސާ ރިޒަރވްގައި ހިމެނުމަށްފަހު، ވަގުތުން ރިޒަރވް ކަލްކިއުލޭޓް ކުރާގޮތް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަމީރު ވިދާޅުވީ، މޭ މަހުގެ ނިޔަލަށް ނެޓް ރިޒަރވް ގައި މިހާރު ހުރީ ގާތްގަނޑަކަށް 156 މިލިއަން ޑޮލަރު ކަމަށާއި، މިހާރުވެސް ރާއްޖޭގެ ރިޒަރވްގައި ހިމެނޭ ކަރަންސީ ސްވޮޕްގެ ގާތްގަނޑަކަށް 320 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ. 

އަމީރު ވިދާޅުވީ، ޔޫސަބަލް ރިޒަރވް އަދި ގްރޮސް ރިޒަރވް އިތުރުވި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއަދަދު ތަކަކީ އެންމެ ރަނގަޅު އަދަދުތަކެއް ނޫނެވެ. އަދި މަލީ ހުރިހާ ކަމެއްގައި ވެސް އޮޅުވާލުމަށް މިސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިބްރާހިމް އަމީރުއެމްޑީޕީއެމްއެމްއޭ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

13 ޖުލައި 2026

މި ސަރުކާރުގެ އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ ވަނީ ފްލޮޕްވެފައި: އީވާ

13 ޖުލައި 2026
މި ސަރުކާރުގެ އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ ވަނީ ފްލޮޕްވެފައި: އީވާ
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
09 ޖުލައި 2026

ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ

09 ޖުލައި 2026
ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް