Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިފޯމް އެޖެންޑާ

މި ސަރުކާރުގެ އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ ވަނީ ފްލޮޕްވެފައި: އީވާ

13 ޖުލައި 2026 | ހޯމަ 11:34

ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ހަމައެކަނި ޓެކްސްތައް ބޮޑުކުރަމުންދާތީ، މިއީ ރައްޔިތުންނަށް ބުރަބޮޑުވާނެ ކަމެއް ކަމަށް އީވާ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި އިގްތިސާދު ކުރިއެރުވުމަށް އީޖާދީ އައު ގޮތްތަކެއް ހޯދުމުގެ ބަދަލުގައި، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ހަމައެކަނި ޓެކްސް ކަލެކްޓަރެއްގެ ގޮތުގައި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2026 | ހޯމަ 11:34
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ.

އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މި ސަރުކާރުން އިއުލާންކުރި އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ މުޅިން ފްލޮޕް ވެފައިވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އާދީއްތަ ދުވަހުގެ ރޭ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ސަރުކާރުން އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ އެޖެންޑާ އެއް އިއުލާންކުރީ ސްޓްރަކްޗަރަލް ރިފޯމްތަކެއް ގެންނާނެ ކަމަށް ބުނުމަށްފަހު ކަމަށެވެ. 

Advertisement - newsAdvertisement

ސަރުކާރުން އިއުލާންކުރި ރިފޯމް އެޖެންޑާގެ ދަށުން ސަރުކާރު ހިންގާ ކުންފުނިތައް އިސްލާހު ކުރުމާއި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނި ނަމަވެސް، އޭގެ ތެރެއިން އެއްވެސް ކަމެއް ތަންފީޒުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ސަރުކާރަށް އެންމެ ފަސޭހައިން ކުރެވެން އޮތް ކަމަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރުން ކަމަށްވާތީ، ހަމައެކަނި އެކަން ތަންފީޒުކޮށްފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

އެގޮތުން ގްރީން ޓެކްސް އާއި ޓީޖީއެސްޓީގެ އިތުރުން އެއަރޕޯޓް ޓެކްސް ބޮޑުކޮށްފައިވާކަން އީވާ ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަމައެކަނި ޓެކްސް ކަލެކްޓަރެއްގެ ގޮތުގައި ދައުލަތަށް އާމްދަނީ އިތުރުކުރަން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ރާއްޖޭގެ އިގްތިސާދަށް ޑޮލަރާއި އާމްދަނީ ވަންނާނެ އައު އަދި އީޖާދީ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ފުޅާވުމުން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވެސް އެތައް ގުނައެއް އިތުރުވެގެން ދިޔަ ކަމަށެވެ.  

ސަރުކާރަށް އާމްދަނީ އިތުރުވާނެ ގޮތެއްގެ ބަދަލުގައި ރައްޔިތުންގެ ވިޔަފާރިއާއި ދިވެހިރާއްޖޭގެ މުޅި ގައުމުގެ މުޅި އިގްތިސާދަށް އިތުރަށް ޑޮލަރާއި އާމްދަނީ ވަންނާނެ އިނޮވޭޓިވް ގޮތްތަކެއް ހުންނަން ޖެހޭނެ. އިތުރު ވިސްނުންތަކެއް ހުންނަންޖެހޭނެ. އަޅުގަނޑުމެން އަޅުގަނޑަށް ދެން އެންމެ ފަސޭހަކޮށް މިހާރު ދަންނަވާލަން އެނގޭނެ، މިސާލަކީ، ގެސްޓްހައުސް ސިޔާސަތު. ރިސޯޓްތަކެއް ހިނގަހިނގާ ހުއްޓާ، ގެސްޓްހައުސް ވިޔަފާރި ރާއްޖެއަށް ފުޅާކުރީމާ ރަށެއްގެ އާމްދަނީއަށާއި، ރަށެއްގެ ގޭބީސީގެ އާމްދަނީއަށް އައި ބަދަލުތައް އަޅުގަނޑުމެން އެންމެނަށް އެބަ އެނގޭ. އަދި މުޅި ޓުއަރިޒަމް ސެކްޓަރގެ ލިބޭ ކަލެކްޝަނަށް އައި ބަދަލުތައްވެސް އަޅުގަނޑުމެންނަށް އެނގޭ. އޭގެން ދައުލަތަށް ޓެކްސްގެ ގޮތުގައި އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދިޔަ. 
ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ 

މީގެ އިތުރުން، ޓްރާންސްޝިޕްމަންޓް ހަބާއި ސަރުކާރުން ގެންނަން އުޅުނު އެހެނިހެން އިންވެސްޓްމަންޓްތަކުން އެއްވެސް ނަތީޖާއެއް ނުފެނުމުން، ސަރުކާރުން އަމިއްލަ ރިފޯމް އެޖެންޑާއެއް އިއުލާންކުރީ ކަމަށް އީވާ ވިދާޅުވި އެވެ. ނަމަވެސް އެ އެޖެންޑާގައި ހިމެނޭ ޚަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅައި، ހަމައެކަނި ރައްޔިތުންނަށް ބުރަވާ ގޮތަށް ޓެކްސްތައް ބޮޑުކުރުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި އީވާ ސިފަކުރެއްވި އެވެ.

އީވާ އަބްދުﷲއެމްޑީޕީރިފޯމް އެޖެންޑާގެސްޓްހައުސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
09 ޖުލައި 2026

ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ

09 ޖުލައި 2026
ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް