Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތައް

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026 | ހޮނިހިރު 18:19

ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާނުކުރެވޭތީ އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ކަންބޮޑުވުން ފާޅުކުރައްވައިފި. މުއައްސަސާތަކުގެ މިނިވަންކަން ގެއްލި، ހުރިހާ ނިންމުންތަކެއް ރައީސް އޮފީހުން ކޮންޓްރޯލް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. މީގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ސަރުކާރުގެ އަމަލުތައް ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު ބަންދުވެފައިވާ ކަމަށްވެސް އައިކް ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ޖުލައި 2026 | ހޮނިހިރު 18:19
އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ

އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ | ރާއްޖެ އެމްވީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މުހައްމަދު ޝަކީލް ހުންނެވުމެކޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިކް ވިދާޅުވީ މި ގައުމުގައި މިހާރު މިނިވަން މުއައްސަސާތަކެއް ނެތް ކަމަށެވެ.  އަދި މުއައްސަސާ އެއް ވެސް ހަގީގަތުގައި ނެތް ކަމަށެވެ.

Advertisement - newsAdvertisement

މުއައްސަސާ ކިޔާވަރު ވެސް ނުވާ ކަން ފާހަގަ ކުރައްވާ އައިކް ވިދާޅުވީ މުއައްސަސާއެއް ވެއްޖެޔާ އެބޭފުޅުންނަށް ގާނޫނީ ގޮތުން ހަވާލުކުރެވިފަ އޮންނަ މެންޑޭޓު ފުރިހަމަ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރާތަން އަޅުގަނޑުމެންނަށް ފެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދު މި އޮތް ކޮމިޝަން ތަކަކީ މިގޮތަކަށް މަސައްކަތް ކުރާ ތަންތަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނާމެދު އުއްމީދުތަކެއް ހުރި ކަން ފާހަގަ ކުރައްވާ އައިކް ވިދާޅުވީ ރެފަރެންޑަމްއާ ހިސާބުން އެ ބޭފުޅުން އެ ނެންގެވި ޓަރން، އެ ދެން ގޯސް ވަމުން ދިޔަ ކަމަށެވެ.

ގޯސް ވަމުން ވަމުން ވަމުން އައިސް މިއަދު މިއޮތީ ކުރިން ދެން ދުވަހަކު ވެސް ގޯސް ނުވާ ވަރަށް ގޯސް ވެފަ. ޝަކީލް އެތަނަށް ލުމަށް ވުރެ މާ ރަނގަޅު ވާނެ ޑރ. މުއިއްޒު އެތަނަށް ވަޑައިގެންނެވިއްޔާ. އެ ހަމަޖެހޭނީ އެއްތާކު. ހަމަ އެއް ބޭފުޅަކު ހުރިހާ ޑިޒިޝަނެއް ނަންގަވަނީ މިހާރު. އެއީ ރައީސް އޮފީހުގަ ވެސް، އިލެކްޝަންސް ކޮމިޝަންގަ ވެސް. އެއީ ޑރ. މުއިއްޒު. 
އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ

އައިކް ވިދާޅުވީ މިނިވަން މުއައްސަސާތައް މަސައްކަތް ނުކުރީމަ ދައުލަތުގެ ތެރެއިން ގެއްލުމެއް ލިބޭ އެންމެ ބޮޑު ބަޔަކީ ރައްޔިތުން ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކާތަކަށްވާ ގެއެްލުމަކީ އެ އިދާރާތައް ހިންގަން ނުކުޅެދުން ކަމަށެވެ.

ސަބަބަކީ ގޯސްކޮށް ކަންކަން ހިނގަންޏާ އެކަމެއް ބަލައި، ތަހުގީގު ކޮށް ފިޔަވަޅު އަޅަން ތިބޭ މުއައްސަސާތަތަކީ އެއީ ކަމަށް ވުން ކަމަށާ މުއައްސަސާތައް މަސައްކަތް ނުކުރާނަމަ އެކަމަށް ހުރަސްއެޅޭ ކަމަށެވެ.

އައިކް ވިދާޅުވީ ސަރުކާރަކުން ރައްޔިތަކާ މެދު ނުހައްގުން އަމަލު ކުރާ ހާލަތްތަކުގައި ދާން އޮންނަ ހަމައެކަނި ތަނަކީ އެ މުއައްސަސާތައް ކަމަށެވެ. ނަމަވެސް މިއަދު މިގައުމުގައި މުއައްސަސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މުހައްމަދު ޝަކީލު ޑރ. މުޙައްމަދު މުޢިއްޒުއިލެކްޝަންސް ކޮމިޝަންއެމްޑީޕީއައިކް އަހުމަދު އީސާމިނިވަން މުއައްސަސާތައް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

11 ޖުލައި 2026
ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް
11 ޖުލައި 2026

އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 ޖުލައި 2026
އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
11 ޖުލައި 2026

ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟

11 ޖުލައި 2026
ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
09 ޖުލައި 2026

ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ

09 ޖުލައި 2026
ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
09 ޖުލައި 2026

މި ސަރުކާރުން މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި: ވަހީދު

09 ޖުލައި 2026
މި ސަރުކާރުން މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި: ވަހީދު
08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
08 ޖުލައި 2026

ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި

08 ޖުލައި 2026
ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް