Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026 | އާދީއްތަ 11:44

އީރާން އިން ދެމުންދާ މި ހަމަލާ ތަކާއި، އޭގެ ސަބަބުން ކުރިމަތި ވެދާނެ އެންމެހާ ނަތީޖާ ތަކާއި، ގާނޫނީ ޒިންމާ އެ ޤައުމުން ފުރިހަމަ އަށް އުފުލަަން ޖެހޭނެ ކަމަށް ވެސް ޤަތަރުން ވަނީ ބުނެފައި. ޤަތަރުން ވަނީ މި ހަމަލާ ތަކަކީ ޤައުމެއްގެ މިނިވަންކަމާއި، އިސްތިޤުލާލަށް އަރައި ގަތުން ކަަމަށް ސިފަކޮށް، އެއީ ބައިނަލްއަޤުވާމީ އެންމެހާ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 11:44
ގަތަރުގެ ދިދަ.

ގަތަރުގެ ދިދަ. | ރޮއިޓާސް

ގަތަރުގެ އެކި ސަރަހައްދު ތަކާއި، އެ ސަރަހައްދުގެ އެހެން ޤައުމު ތަކަށް އަމާޒުކޮށް އީރާން އިން ދެމުން އަންނަ ހަމަލާތައް ގަތަރުން ކުށްވެރި ކޮށްފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ އެ އަމަލު ތަކަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑަ އެޅިގެން ޚިލާފު އަމަލު ތަކެއް ކަމަށެވެ. 

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، މިފަދަ ހަމަލާތައް މެދު ނުކެނޑި ކުރިއަށް ދިޔުމަކީ މަސްރަހު އިތުރަށް ގޯސްވެ، ނުތަނަވަސްކަން ކުޑަ ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކެއް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި، ސަލާމަތްތެރިކަން ގާއިމު ކުރުމަށް ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާ އިން ކުރަމުން އަންނަ މަސައްކަތް ތަކަށް ބުރޫ އަރާނެ ކަމަށް ވެސް ގަތަރުން ވަނީ ބުނެފައި އެވެ.

މީގެ އިތުރުން އީރާން އިން ދެމުންދާ މި ހަމަލާ ތަކާއި، އޭގެ ސަބަބުން ކުރިމަތި ވެދާނެ އެންމެހާ ނަތީޖާ ތަކާއި، ގާނޫނީ ޒިންމާ އެ ޤައުމުން ފުރިހަމަ އަށް އުފުލަަން ޖެހޭނެ ކަމަށް ވެސް ގަތަރުން ވަނީ ބުނެފައި އެވެ. ގަތަރުން ވަނީ މި ހަމަލާ ތަކަކީ ޤައުމެއްގެ މިނިވަންކަމާއި، އިސްތިޤުލާލަށް އަރައި ގަތުން ކަަމަށް ސިފަކޮށް، އެއީ ބައިނަލްއަޤުވާމީ އެންމެހާ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެފައި އެވެ. 

ގަތަރުގެ ފޮރިން މިނިސްޓްރީ އިން އިތުރަށް ބުނެފައި ވަނީ، މިފަދަ ހަމަލާ ތަކަށް ރައްދު ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ. ހަމައެއާ އެކު، މުޅި ސަރަހައްދުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުން ތަކާއި، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ގަތަރުން ވަނީ ގޮވާލާފައި އެވެ.

މި ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައި އެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ދަނީ މި ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގަތަރުން ބުނެފައި ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމު ކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނު ތަކަށް އިހުތިރާމްކޮށް، ހަމަ ނުޖެހުންތައް ހުއްޓާލައިގެން ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާންގަތަރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި

12 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި
12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ - ޒަމާނީ ގަތަރުގެ މޭސްތެރިޔާ

12 ޖުލައި 2026
ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ - ޒަމާނީ ގަތަރުގެ މޭސްތެރިޔާ
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
12 ޖުލައި 2026

ޤަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވެއްޖެ

12 ޖުލައި 2026
ޤަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވެއްޖެ
11 ޖުލައި 2026

އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި

11 ޖުލައި 2026
އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި
11 ޖުލައި 2026

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

11 ޖުލައި 2026
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ
11 ޖުލައި 2026

މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި

11 ޖުލައި 2026
މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި
11 ޖުލައި 2026

ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ

11 ޖުލައި 2026
ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް