Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާ އޮތީ އެންމެ މަތީ ދަރަޖައިގައި

12 ޖުލައި 2026 | އާދީއްތަ 09:57

މި ސަރަހައްދުން ދަތުރު ކުރާ ބޯޓު ތަކުން ސަމާލުކަން ދިނުމަށް ވެސް ޔޫކޭއެމްޓީއޯ އިން ވަނީ އިލްތިމާސް ކޮށްފައި. އެ އިދާރާ އިން ވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅު ތަކެއް އެޅުމަށް ޚާއްސަ އިރުޝާދު ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 09:57
ހުރްމުޒް ކަނޑު އޮޅި ހިމެނޭ ސަރަހައްދުން އުޅަނދު ތަކެއް ދަތުރު ކުރާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް.

ހުރްމުޒް ކަނޑު އޮޅި ހިމެނޭ ސަރަހައްދުން އުޅަނދު ތަކެއް ދަތުރު ކުރާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް. | ރޮއިޓާސް

ހުރްމުޒް ކަނޑު އޮޅީގެ ނުރައްކާތެރިކަން އޮތީ އެންމެ މަތީ ދަރަޖައިގައި ކަމަށް، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންްސް (ޔޫކޭއެމްޓީއޯ) އިން ހާމަކޮށްފި އެވެ. 

އެ އިދާރާ އިން ބުނެފައި ވަނީ ހުރްމުޒް ކަނޑު އޮޅީ މުޅިން ބަންދު ކުރާނެ ކަމަށް އީރާން އިން ބުނެފައިވީ ނަމަވެސް، ދެކުނު ދިމާލުގެ މަގު މިހާރު ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އީރާން އިން ވަނީ މުއްދަތެއް ނެތް ގޮތަށް ހުރްމުޒް ކަނޑު އޮޅި ބަންދު ކުރަން ނިންމާފައިވާކަން އިއުލާން ކޮށްފައި އެވެ. 

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
Raajje.mv

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

ނަމަވެސް، ޔޫކޭއެމްޓީއޯ އިން ބުނީ ދެކުނު ދިމާލުގެ މަގު ވަނީ ފުޅާ ކޮށްފައި ކަމަށާއި، މިހާރު ދެ ދިމާލަކުން ދަތުރު ކުރެވޭނެ ކަމަށެވެ. މިއީ މި ސަރަހައްދުގައި ދަތުރުކުރާ ބޯޓު ތަަކަށް ލުއި ފަސޭހަ ކަމެއް ކަމަށް އެ އިދާރާ އިން ވަނީ ފާހަގަ ކޮށްފައި އެވެ. 

ހުރްމުޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު ދައުރު އަދާ ކުރާ ސަރަހައްދެވެ. މި ސަރަހައްދުގައި ރައްކާތެރި ކަމުގެ ނުރައްކާ އިތުރުވުމަކީ ބައިނަލްއަޤުވާމީ ވިޔަފާރި އަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. ޚާއްސަކޮށް ތެލާއި ގޭހުގެ ވިޔަފާރި އަށް ބޮޑެތި ބަދަލު ތަކެއް އަތުވެދާނެ އެވެ. 

މީގެ އިތުރުން މި ސަރަހައްދުން ދަތުރު ކުރާ ބޯޓު ތަކުން ސަމާލުކަން ދިނުމަށް ވެސް ޔޫކޭއެމްޓީއޯ އިން ވަނީ އިލްތިމާސް ކޮށްފައި އެވެ. އެ އިދާރާ އިން ވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅު ތަކެއް އެޅުމަށް ޚާއްސަ އިރުޝާދު ދީފައި އެވެ. އެއާ އެކު، މި ސަރަހައްދުން ދަތުރު ކުރާ ބޯޓު ތަކުން ރައްކާތެރިކަމުގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފައި އެވެ. 

ހޮނިހިރު ދުވަހު އައިއާރުޖީސީގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުރްމުޒް ކަނޑު އޮޅި ބަންދު ކުރަން ނިންމީ ބޭރުގެ ބާރު ތަކުން ގަވާއިދާ ޚިލާފަށް އެ ސަރަހައްދަށް ވަދެގަތުމުގެ ސަބަބުން އުފެދިފައިވާ ސަލާމަތީ ނުރައްކާ ތަކަށް ރިއާޔަތްކޮށް ކަމަށެވެ. 

އެގޮތުން ވަކި ގޮތެއް އަންގަންދެން ހުރްމުޒް ކަނޑު އޮޅި ބަންދު ކުރެވިފައިވާ ކަމަށާއި، އެމެރިކާ އިން އެ ސަރަހައްދަށް ނުފޫޒު ފޯރުވުން ހުއްޓާލަންދެން އެކަން ދެމި އޮންނާނެ ކަަމަށް ބުނެފައިވެ އެވެ. އަދި އެއްވެސް އުޅަނދަކަށް ހުރްމުޒް ކަނޑު އޮޅިން ދަތުރު ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާންއީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިޔޫކޭއެމްޓީއޯ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

12 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
12 ޖުލައި 2026

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
11 ޖުލައި 2026

އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި

11 ޖުލައި 2026
އިރާނުން ޑްރޯން އުފެއްދުން ތިން ގުނައަށް އިތުރުކޮށްފި
11 ޖުލައި 2026

އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި

11 ޖުލައި 2026
އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި
11 ޖުލައި 2026

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

11 ޖުލައި 2026
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ
11 ޖުލައި 2026

މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި

11 ޖުލައި 2026
މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި
11 ޖުލައި 2026

ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ

11 ޖުލައި 2026
ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ
11 ޖުލައި 2026

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި

11 ޖުލައި 2026
އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި
11 ޖުލައި 2026

އީރާން އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި

11 ޖުލައި 2026
އީރާން އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް