Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

12 ޖުލައި 2026 | އާދީއްތަ 06:06

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން، އުރުދުން، ގަތަރު، ކުވެއިތު އަދި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އެމެރިކާގެ މުހިންމު އަސްކަރީ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެމެރިކާއިން އިތުރު އުދުވާނެއް ހިންގައިފިނަމަ މިއަށްވުރެ ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އައި.އާރު.ޖީ.ސީން ވަނީ ދީފައި.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 06:06
އީރާނުގެ "ގަދަރު" ބެލިސްޓިކް މިސައިލް

އީރާނުގެ "ގަދަރު" ބެލިސްޓިކް މިސައިލް | ޕްރެސްޓީވީ

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އުރުދުން، ކުވެއިތު، ބަހްރައިން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ސިފައިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއި އީރާނުގެ އަސްކަރިއްޔާއިން ވަނީ، އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އާދީއްތަ ދުވަހުގެ ފަތިހު އައި.އާރު.ޖީ.ސީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮމާން ސަރުކާރުގެ މައްޗަށް ބާރު ފޯރުވުމަށާއި ހުރްމުޒް ކަނޑުއޮޅީގެ ދެކުނުން އުޅަނދުފަހަރުތަކެއް "ޣައިރު ގާނޫނީ ގޮތެއްގައި" ދަތުރުކުރުވައި މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރުމަކީ، އެމެރިކާއިން "ކުރިންވެސް ފެއިލްވެފައިވާ ކަމެއް އަލުން ތަޖުރިބާކުރަން" އުޅުން ކަމަށެވެ.

އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެމެރިކާގެ އެ މަސައްކަތްތަކަށް "ވަރުގަދަ ރައްދެއް" ދީ، އެކަން ނާކާމިޔާބު ކޮށްލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާއަށް ކުރިމަތިވި އެ ނާކާމިޔާބީއާ ގުޅިގެން، އީރާނުގެ ދެކުނު އައްސޭރިފަށުގައި ހުރި ބައެއް އަސްކަރީ މަރުކަޒުތަކަށާއި މުވާސަލާތީ ޓަވަރުތަކަށް އެމެރިކާއިން ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ.

އައި.އާރު.ޖީ.ސީން ބުނި ގޮތުގައި، އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ފުރަތަމަ މަރުހަލާގައި، އެ ޖަމާއަތުގެ އެއިރޯސްޕޭސް ފޯސްއިން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ ޕްރިންސް ހަސަން އެއާ ބޭސްގެ މުހިންމު އަސްކަރީ އޮނިގަނޑުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.

"ވައުދުތަކާ ޚިލާފުވާ އެމެރިކާއިން ހިންގާ އުދުވާނުތައް ކުރިއަށް ގެންދާނަމަ، މިއަށްވުރެ މާ ވަރުގަދަ ރައްދުތަކެއް ކުރިމަތިވާނެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އައި.އާރު.ޖީ.ސީން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ދެވަނަ އުޅަނދަކަށްވެސް ހަމަލާދީ، އެ އުޅަނދު ހުއްޓުވާފައިވާ ކަމަށެވެ.

އައި.އާރު.ޖީ.ސީން އިތުރަށް ބުނީ، ރައްދު ދިނުމުގެ އޮޕަރޭޝަނުގެ ދެވަނަ މަރުހަލާގައި، ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އެއާ ބޭސްއަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާގައި އެ މަރުކަޒުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް މަރާމާތުކުރާ ސެންޓަރާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު ހަލާކުކޮށްލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"އެމެރިކާ އާއި ޒަޔަނިސްޓް ދުޝްމަނުން ދަންނަންޖެހޭނެ ކަމަކީ، އެމީހުންގެ އުދުވާނުތައް ކުރިއަށްދާނަމަ މިއަށްވުރެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެކަން. ހަމަލާ ދީފިނަމަ އަހަރެމެން ރައްދު ދޭނަން،" ބަޔާނުގައިވެ އެވެ.

ރައްދު ދިނުމުގެ ތިންވަނަ މަރުހަލާގައި، އައި.އާރު.ޖީ.ސީގެ އެއިރޯސްޕޭސް ފޯސްއިން ވަނީ އޮމާންގެ ދުގުމް ބަނދަރުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ލޮޖިސްޓިކް މަރުކަޒުތަކަށާއި، މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ތެޔޮ އަޅައިދޭ ޕްލެޓްފޯމްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

އައި.އާރު.ޖީ.ސީން އީރާނުގެ ރައްޔިތުންނާ މުޚާތަބުކޮށް ބުނީ، ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ބޮޑު ޖަނާޒާގައި އެތައް މިލިއަން ރައްޔިތުން ދެއްކި ސާބިތުކަން، މިއަދު އެ ގައުމުގެ ސިފައިންގެ އަމަލުތަކުން ފެންނަމުންދާ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމިއްލައަށް ގޮވާ ޒާތުގެ ޑްރޯން ބޭނުންކޮށްގެން ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އަސްކަރިއްޔާއިން ބުނި ގޮތުގައި، ކުވެއިތުގައި ހުރި އެމެރިކާގެ ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމަކަށާއި، ހަތިޔާރު ގުދަނަކަށް އަދި ރޭޑާ ސައިޓަކަށް ޑްރޯން ހަމަލާތައް ވަނީ އަމާޒުވެފަ އެވެ.

މީގެ އިތުރުން، ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މުވާސަލާތީ ނިޒާމަކަށާއި ރޭޑާ ސައިޓަކަށްވެސް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.

އީރާނުގެ އަސްކަރިއްޔާއިން އިންޒާރު ދީފައިވަނީ، މި ހަމަލާތަކުގެ ނަތީޖާއަށާއި ސަރަހައްދީ ނުތަނަވަސްކަމަށް ޒިންމާވާންޖެހޭނީ "އެމެރިކާ އާއި ޒަޔަނިސްޓް ދުޝްމަނުން" ކަމަށެވެ. އަދި ހަމަލާތައް ތަކުރާރުކޮށްފިނަމަ މިއަށްވުރެ ހަރުކަށި ރައްދެއް ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އީރާނުން މި ރައްދު ދީފައިވަނީ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ އީރާނަށް ލިބިގެންވާ ހައްގެއް ކަމަށާއި، އެކަން ބަހަނާއަކަށް ހަދައިގެން ހަމަލާ ނުދިނުމަށް އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން ކުރިން އިންޒާރު ދީފައިވަނިކޮށް، އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަލުން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، މި ހަމަލާތަކަކީ ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރު ފޯރުވާ މިންވަރު ކުޑަކުރުމުގެ މަގްސަދުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް ދިން ހަމަލާތަކެއް ކަމަށެވެ.

ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިއުލާނުގެ ކުޑަވަގުތުކޮޅެއް ކުރިން، އީރާނުގެ ދެކުނުގެ ބަނދަރު ރަށްތައް ކަމަށްވާ އަސަލޫޔޭ އަދި ބަންދަރު ދައްޔަރުގެ ރައްޔިތުންނަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ. ނަމަވެސް އެ ގޮވުންތައް ގޮވި ސީދާ ތަންތަނެއް އަދި ސާފެއް ނުވެ އެވެ.

މީގެ ކުރިން އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން ވަނީ، ސަރަހައްދީ ކަންކަމަށް އެމެރިކާއިން އަތްބޭނުން ހުއްޓާލަންދެން، ހުރްމުޒް ކަނޑުއޮޅި "ވަކި ގޮތެއް އަންގަންދެން" ބަންދުކޮށްފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.

އީރާން-އެމެރިކާއައިއާރުޖީސީހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
11 ޖުލައި 2026

މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި

11 ޖުލައި 2026
މަޝްވަރާ ތަކަށް އަރާގްޗީ އޮމާން އަށް ވަޑައިގެންފި
11 ޖުލައި 2026

ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ

11 ޖުލައި 2026
ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ
11 ޖުލައި 2026

އީރާން އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި

11 ޖުލައި 2026
އީރާން އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި
10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026
ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން
10 ޖުލައި 2026

އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން

10 ޖުލައި 2026
އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް