Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕްގެ ޕޯސްޓެއްގައި ﷲ އަށް ހަމްދު ކުރާ ކަމަށް ވިދާޅުވެ، އޭނާ އަވަހާރަ ކޮށްލައިފި ނަމަ އީރާނަށް ހަމަލާ ދިނުމަށް 1000 މިސައިލް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެއްޖެ

11 ޖުލައި 2026 | ހޮނިހިރު 06:21

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނަށް އަމާޒުކޮށް 1000 މިސައިލް ފޮނުވާލަން ތައްޔާރު ކޮށްފައިވާ ކަމަށާއި، އީރާން އިން އެމެރިކާގެ ރައީސް އަވަހާރަކޮށްލައިފި ނަމަ، އެމެރިކާ ސިފައިން މުޅި އީރާން ސުންނާފަތިކޮށްލުމަށް އަމުރު ކުރައްވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 06:21
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް އަވަހާރަކޮށްލަން އީރާން އިން މަސައްކަތްކޮށް، އެކަން ކާމިޔާބު ކޮށްފި ނަމަ އެ ޤައުމަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. 

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އަށް އަމާޒުކޮށް 1000 މިސައިލް ފޮނުވާލަން ތައްޔާރު ކޮށްފައިވާ ކަމަށާއި، އީރާން އިން އެމެރިކާގެ ރައީސް އަވަހާރަކޮށްލައިިފި ނަމަ، އިތުރު މިސައިލް ވެސް ބޭނުން ކުރާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާާގެ ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ، އީރާން އިން އެކަމުގެ ބިރު ދައްކާފައިވާ ކަމަށެވެ.

Advertisement - worldAdvertisement

އެ އިންޒާރުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސިފައިިން ތިބީ ތައްޔާރީ ޙާލަތުގައި ކަމަށާއި، އަމުރާ އެއްގޮތަށް އީރާާންގެ ހުރިހާާ ސަރަހައްދެއް ހަލާކު ކޮށްލައި، ނައްތާލުމަށް ވެސް ތައްޔާރަށް ތިބި ކަމަށެވެ. އެ ޕޯސްޓު ނިންމާލައްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ﷲ އަށް ހަމްދު ހުރި ކަމަށެވެ. މިއީ ޓްރަމްޕްގެ ޕޯސްޓެއްގައި މިފަދަ ވާހަކައެއް ވިދާޅުވި ފުރަތަމަ ފަހަރު ކަމަށް ފާހަގަވެފައިވެ އެވެ.

ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު.

ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު. | ސޯޝަލް މީޑިއާ

ޓްރަމްޕް ވިދާޅުވީ އޭނާ ކަނޑައަޅާފައިވާ މުއްދަތަށް އެކަން ކުރުމަށް އެމެރިކާގެ ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ. އެމެރިކާގެ ރައީސް އަށް އީރާން އިން ބިރު ދައްކައި، އެފަދަ ހަމަލާއެއް ދީފި ނަމަ، އެމެރިކާ އިން ދޭނީ ބާރުގަދަ ޖަވާބެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މިފަދަ އިންޒާރެއް ޓްރަމްޕް ދެއްވާފައިވާއިރު، އެމެރިކާގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމަށް އީރާން އިން މަސައްކަތް ކުރާ ކަމަށް މީގެ ކުރިން ވެސް ރިޕޯޓު ތަކުގައި ވަނީ ބުނެފައި އެވެ. ޚާއްސަކޮށް އެމެެރިކާ އާއި އިސްރާއީލުން ދިން ހަމަލާ ތަކެއްގައި އީރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އެ ޤައުމުގެ އިސްވެރިން އަވަހާރަ ކޮށްލުމުގެ ބަދަލު ހިފަން އީރާން އިން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ޓްރަމްޕް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "އަމަލީގޮތުން ނިމިއްޖެ"

10 ނޮވެމްބަރު 2026
ޓްރަމްޕް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "އަމަލީގޮތުން ނިމިއްޖެ"
01 ނޮވެމްބަރު 2026

އެމެރިކާއާ މަޝްވަރާކުރުމުގެ އެއްވެސް ބޭނުމެއް މި ވަގުތަކު ނެތް: ޢަރާޤްޗީ

01 ނޮވެމްބަރު 2026
އެމެރިކާއާ މަޝްވަރާކުރުމުގެ އެއްވެސް ބޭނުމެއް މި ވަގުތަކު ނެތް: ޢަރާޤްޗީ
29 އޮކްޓޯބަރު 2026

ހަނގުރާމައިގެ އިންޒާރާއި ސިއްރު ޑިޕްލޮމެސީ: އީރާނުގެ މަޝްވަރާތައް އަލުން ދިރުވަން މަސައްކަތް ކުރަނީ

29 އޮކްޓޯބަރު 2026
ހަނގުރާމައިގެ އިންޒާރާއި ސިއްރު ޑިޕްލޮމެސީ: އީރާނުގެ މަޝްވަރާތައް އަލުން ދިރުވަން މަސައްކަތް ކުރަނީ
30 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް

30 ސެޕްޓެމްބަރު 2026
ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް
29 ސެޕްޓެމްބަރު 2026

ހުރްމުޒް އަލުން ހުޅުވުމާ ގުޅޭގޮތުން ގަތަރު މެދުވެރިކޮށް އީރާނުން އެމެރިކާއަށް އާ ޚިޔާލުތަކެއް ހުށަހަޅަނީ

29 ސެޕްޓެމްބަރު 2026
ހުރްމުޒް އަލުން ހުޅުވުމާ ގުޅޭގޮތުން ގަތަރު މެދުވެރިކޮށް އީރާނުން އެމެރިކާއަށް އާ ޚިޔާލުތަކެއް ހުށަހަޅަނީ
28 ސެޕްޓެމްބަރު 2026

ނިއު ޔޯކަށް ދިޔަ އީރާނުގެ ވަފުދުން އެމެރިކާއާއެކު އިތުރު މަޝްވަރާއެއް ނުކުރާނެ!

28 ސެޕްޓެމްބަރު 2026
ނިއު ޔޯކަށް ދިޔަ އީރާނުގެ ވަފުދުން އެމެރިކާއާއެކު އިތުރު މަޝްވަރާއެއް ނުކުރާނެ!
27 ސެޕްޓެމްބަރު 2026

މަޝްވަރާތަކުގައި މިހާރު އެމެރިކާއަށް އިތުބާރު ކުރެވޭކަށް ނެތް: ޕީޒިޝްކިއާން

27 ސެޕްޓެމްބަރު 2026
މަޝްވަރާތަކުގައި މިހާރު އެމެރިކާއަށް އިތުބާރު ކުރެވޭކަށް ނެތް: ޕީޒިޝްކިއާން
27 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ދެމިއޮންނާނަން: އޮމާން

27 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ދެމިއޮންނާނަން: އޮމާން
26 ސެޕްޓެމްބަރު 2026

ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟

26 ސެޕްޓެމްބަރު 2026
ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟
26 ސެޕްޓެމްބަރު 2026

މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ

26 ސެޕްޓެމްބަރު 2026
މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް