Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދީފި

11 ޖުލައި 2026 | ހޮނިހިރު 17:46

ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ކައިރީގައި ހިނގި މި މާރާމާރީގައި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައި. ސިޔާސީ ހަރަކާތެއްގެ ތެރެއިން ފެނުނު މި ނޭދެވޭ އަމަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ޕާޓޯީ އަށް އަމާޒުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2026 | ހޮނިހިރު 17:46
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ވަނީ ގެއްލުން ދީފައި

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ވަނީ ގެއްލުން ދީފައި | މިދުއާމް ސައުދު- އެކްސް

 

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ސަރަހައްދުގަ އެވެ.

މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެމްބަރުން އެކަކު އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން އެ މަރުކަޒުގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުއްޓެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މަސްލަޙަތު ގޯސްކުރުމަށް އެތަނުގައި އެއްވެ ތިބި މީހުން މަސައްކަތްކުރާ މަންޒަރުވެސް ވީޑިއޯއިން ފެންނައިރު، މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ފެނިގެންދިޔަ މި މަންޒަރުތަކަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާ ބީރައްޓެހި، އަދި ސިޔާސީ ހަރަކާތެއްގެ ތެރެއިން ފެނިގެންވާނެ ފަދަ ކަންތައްތަކެއް ނޫންކަން ފާހަގަ ކުރެވެ އެވެ.

ޕީއެންސީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 85 އިންސައްތަ މީހުން ވޯޓުލާން ނުކުތް: އަބްދުއްރަޙީމް

11 ޖުލައި 2026
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 85 އިންސައްތަ މީހުން ވޯޓުލާން ނުކުތް: އަބްދުއްރަޙީމް
15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
07 ޖޫން 2026

ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން

07 ޖޫން 2026
ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން
05 ޖޫން 2026

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

05 ޖޫން 2026
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި
03 ޖޫން 2026

ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި

03 ޖޫން 2026
 ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި
25 މެއި 2026

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

25 މެއި 2026
ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި
13 މެއި 2026

ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

13 މެއި 2026
ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ
13 މެއި 2026

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
05 މެއި 2026

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް