Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 85 އިންސައްތަ މީހުން ވޯޓުލާން ނުކުތް: އަބްދުއްރަޙީމް

11 ޖުލައި 2026 | ހޮނިހިރު 17:14

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 33،000 އެއްހާ މެންބަރުން ވޯޓުލާފައިވާތީ، މިއީ ރައީސް ޑރ. މުއިއްޒަށް އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން އަބްދުއްރަޙީމް ވިދާޅުވެއްޖެ. ޕާޓީގެ އެކި މަގާމުތަކަށް 2،300 މެންބަރުން ވާދަކުރި މި އިންތިޚާބަކީ ޕާޓީގެ ހިންގުންތެރިކަމަށް ލިބުނު ކުރިއެރުމެއްކަމަށް ބުނި ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގައި ބޭއްވި ބައެއް އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު ސަރުކާރަށް އޮތް ތާއީދާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2026 | ހޮނިހިރު 17:14
ޕީއެންސީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން

ޕީއެންސީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން | ޕީއެންސީ

ވެރިކަން ކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން ވޯޓުލާން ނުކުމެފައިވާ ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ޖަގަހަ ކުރިމަތީގައި ހުރެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، މި އިންތިޚާބުގައި ގާތްގަނޑަކަށް 33،000 މެންބަރުން ވޯޓުލާން ނުކުމެފައިވާ ކަމަށެވެ. އަދި މިހާ ގިނަ އަދަދެއްގެ މެންބަރުން ވޯޓުލާން ނުކުތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ރައްޔިތުން ކުރާ އިތުބާރު ހާމަވެގެންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

Advertisement - newsAdvertisement
މިއިން މި އެނގިގެން ދަނީ ކޮންގްރެސް ޕާޓީއާ މެދުގައި ރައްޔިތުންގެ ޝައުގުވެރިކަން އޮތް ވަރު. އަދި މި ޕާޓީގެ ސަރުކާރާއި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ އިތުބާރު އޮތް ވަރު މިއިން މި ދައްކައި ދެނީ
އަބްދުއްރަޙީމް އަބްދުއްﷲ

އަބްދުއްރަޙީމް އެހެން ވިދާޅުވިނަމަވެސް، އެންމެ ފަހުން ބޭއްވުނު ރެފަރެންޑަމްތަކާއި ކައުންސިލް އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، ސަރުކާރަށް އޮތް ތާއީދާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ބައެއް އިންތިޚާބުތަކުން ފެނިގެންދިޔަ ނަތީޖާތަކުން ފެންނަން އޮތީ ރާއްޖޭގެ ބޮޑު އިންސައްތައެއް މި ހިނގަމުންދާ ސަރުކާރަށް އިތުބާރު ނުކުރާ ކަމެވެ.

ޕީއެންސީގެ އެތެރޭގެ ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ޕާޓީގެ އެކި މަގާމުތަކަށް 2،300 އެއްހާ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ. މިއީ އެ ޕާޓީގެ ހިންގުންތެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ އަތޮޅުތަކުގެ މެންބަރުން ވޯޓުލުމަށްޓަކައި މާލޭގެ ފަސް ސަރަހައްދެއްގައި ވޯޓުފޮށިތައް ބަހައްޓާފައިވެ އެވެ.

 

 

ޕީއެންސީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
07 ޖޫން 2026

ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން

07 ޖޫން 2026
ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން
05 ޖޫން 2026

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

05 ޖޫން 2026
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި
03 ޖޫން 2026

ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި

03 ޖޫން 2026
 ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި
25 މެއި 2026

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

25 މެއި 2026
ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި
13 މެއި 2026

ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

13 މެއި 2026
ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ
13 މެއި 2026

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
05 މެއި 2026

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް