Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

11 ޖުލައި 2026 | ހޮނިހިރު 17:43

ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު އަދި އަހުލާގީ މިންގަނޑުން ބޭރު ހަރަކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ނުދޭނެ ކަމަށް އެ ކޮމިޝަނުގެ އައު ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ. ބައެއް ޕާޓީތަކުން އާންމު މަސްލަހަތު ގެއްލޭ ގޮތަށް ހިންގާ ހަރަކާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވާއިރު، ޝަކީލަކީ މީގެ ކުރިން ސިޔާސީ ގޮތުން ވަރަށް ފާޅުގައި މިހާރުގެ އިދިކޮޅު މައިޕާޓީ އެމްޑީޕީ އާ ދެކޮޅަށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ޖުލައި 2026 | ހޮނިހިރު 17:43
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލް | ހައްޖު ކޯޕަރޭޝަން

ސިޔާސީ ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމާއި ކުށްތަކަށް އަރައިގަތުން ކަހަލަ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުގެ އެއްބާރުލުން ނުލިބޭނެ ކަމަށް އެ ކޮމިޝަނަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވި އައު ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމާއި ކުށްތަކަށް އަރައިގަތުން ކަހަލަ ކަންކަމަށް ކޮމިޝަނުގެ އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ. 

Advertisement - newsAdvertisement

ޝަކީލް އެހެން ވިދާޅުވިއިރު، ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ކަމަށް ބުނާ ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

އެ ގަރާރުގައި ބުނީ ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގާއިރު ގާނޫނު އަސާސީ އާ ސިޔާސީ ޕާޓީގެ ގާނޫނު އިން ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި އެފަދަ ހަރަކާތްތައް ހިންގުމަކީ ގައުމުގެ މަސްލަހަތާއި އަމަންއަމާން ކަމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާ އާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކާ ޚިލާފަށް ހިންގަމުންދާ ގާނޫނާ ޚިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލު ކުރަން ޖެހިފައިވާތީ އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވައި، އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.

ޝަކީލް އެންމެފަހުން ހުންނެވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގަ އެވެ.  ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރައްވާފައި ޝަކީލް އަކީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި ފަރާތްކަން ވެސް ފާހަގަ ކުރެވެ އެވެ.

އިންސާފުވެރިކަމާ އެކު އިންތިޚާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ އެންމެ މަތީ މަގާމަށް ޝަކީލް އައްޔަން ކުރި އިރު އޭނާ އަކީ ވަރަށް ފާޅުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ވަރަށް ބޮޑަށް މީސްމީޑިއާ ގައި ފާޑުކިޔާފައިވާ ފަރާތެއްކަން ފާހަގަ ކުރެވެ އެވެ. އޭގެ އިތުރުން އެންމެ ފަހުން އޮތް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަށް ވެސް ވަރަށް ފާޅުގައި ތާއީދު ކުރައްވާ އިންޑިއާ އަށާއި ދިވެހި ސަރުކާރަށް ބަދުބަސްތައް ވިދާޅުވެފައިވާ ފަރާތެއްކަން ވެސް ފާހަގަ ކުރެވެ އެވެ.

އިލެކްޝަންސް ކޮމިޝަންމުހައްމަދު ޝަކީލު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
01 ޖުލައި 2026

ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!

01 ޖުލައި 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

29 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު
24 ޖޫން 2026

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި

24 ޖޫން 2026
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި
22 ޖޫން 2026

އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި

22 ޖޫން 2026
އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި
22 ޖޫން 2026

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް
15 ޖޫން 2026

އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

15 ޖޫން 2026
އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން
13 ޖޫން 2026

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް