Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްޤީ ހުއްޓުން

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

11 ޖުލައި 2026 | ހޮނިހިރު 13:21

ސަރުކާރުން އާމްދަނީ އިތުރުކުރަން މަސައްކަތް ނުކޮށް، ބޭކާރު ޚަރަދުތައް ކުރުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކުރާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެ. ޑްރޯން ގަތުމާއި ފުށިދިއްގަރުފަޅު ހިއްކުން ފަދަ ކަންކަމުގެ ސަބަބުން ޑޮލަރަށް އޮންނަ ޕްރެޝަރު ބޮޑުވެ، އިންފްލޭޝަން މައްޗަށް ދިއުމުގެ ދަތިކަން އާންމު ރައްޔިތުންނަށް ފޯރާކަން އޭނާ ފާހަގަކުރެއްވި. އަދި ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ސަރުކާރުން ބަޖެޓު ހުސްކުރަނީ ސޯޝަލް މީޑިއާގައި ސަނާކިޔާ މީހުންނަށް ވަޒީފާ ދިނުމަށް ކަމަށްވެސް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2026 | ހޮނިހިރު 13:21
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ | ރާއްޖެ އެމްވީ

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ޙުސައިން ވިދާޅުވީ، މިސަރުކާރުން މިހާތަނަށް ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، ފެންނަނީ ލިބޭ ފައިސާތައް އިސްރާފު ކުރާ މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement

ޑްރޯން ގަތުމާއި ފުށިދިއްގަރުފަޅު ހިއްކުން ފަދަ ކަންކަމަކީ ބޭކާރު ޚަރަދު ކަމަށާއި، އެކަމުގެ ސަބަބުން ޑޮލަރަށް އޮންނަ ޕްރެޝަރުވެސް އިތުރުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާކަން ދައްކަން ހެޑްލައިން ހަދަން ކުރާ ހަރަދުތަކުގެ ސަބަބުން ޑޮލަރުގެ އަގާއި އިންފްލޭޝަން މައްޗައް ގޮސް، އޭގެ ނިކަމެތިކަން ލިބެމުން ދަނީ އާންމު ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

ޑްރޯނަށް ހަރަދުކުރުމާއި އަދި އިތުރަށް މިތާގައި އޮތް ބޮޑު ސިންގާ ފަޅެއް ހިއްކައިގެން، މި އެތާގަ އަދި އަނެއްހެން 150ށް މިލިއަން ވަރު އެތަނަށް ވެސް ހަރަދުކޮށްފި ކަމަށް އެބަ ކިޔާ، މިހުރިހާ އެއްޗިސް އަކީ ވެސް މި އަޅުގަނޑު ވާހަކަ މިދައްކާ ޑޮލަރަށް ޕްރެޝަރު އަންނަން ޖެހޭ އެއްސަބަބު އެއީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ 

ޙުސައިން ވިދާޅުވީ، ރަށްރަށުގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވިޓް ކުރާ މީހުންނަށް ވަޒީފާ ދިނުން ކަމަށެވެ. އަދި ބަޖެޓް ހުސްކުރަނީ ސަނާ ކިޔާ މީހުންނަށް ވަޒީފާ ދީގެން، އިސްރާފަށް ކަމަށް ވިދާޅުވި އެވެ.

މިސަރުކާރުން ރައްޔިތުންގެ މި އިންފްރާސްޓްރަކްޗާރ ނޫނީ ރަށްރަށުގެ ތަރައްޤީއަށް މި ގެންނަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރޭ، ނުކޮށް ހަމައެކަނި ކުރަމުން މިދަނީ ރިކަރަންޓް ހަރަދުތަކެއް މިކުރަނީ މީ ކޮންމެ ދުވަހަކު ރައީސުލްޖުމްހުރިއްޔާއަށް ސަޕޯޓްކުރާ ނުވަތަ ޓުވިޓާގައި ނޫނީ ފޭސްބުކްގައި، ސޯޝަލް މީޑިއާގައި ސަނާކިޔާ މީހުންނަށް ވަޒީފާ ދީ އެކަން މިކުރަނީ  
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ 

މީގެއިތުރުން ސަރުކާރު ބަޖެޓުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ސަރުކާރުން ހިންގާ މަދު ޕްރޮޖެކްޓްތައް ހިންގަނީ ބޭންކް އޮފް މޯލްޑިވްސް އިން ހަރަދު ކޮށްގެން ކަމަށްވެސް ޙުސައިން ތުހުމަތުކުރި އެވެ.

 

 

 

ހުސެއިން މުހައްމަދުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
07 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

07 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް