Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތި ހާލު

އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!

11 ޖުލައި 2026 | ހޮނިހިރު 14:58

ތަކެތީގެ އަގު އުފުލި، ކަރަންޓު ބިލްތައް ބޮޑުވުމާއި ބޭސް ލިބުމުގެ ދަތިކަމާ ގުޅިގެން ހަނިމާދޫ ރައްޔިތުންނާއި ވިޔަފާރިވެރިން އަންނަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން. މީގެ އިތުރުން ގަސްކާނާގެ އަގު ބޮޑުވުމުން ދަނޑުވެރިކަމަށް ހުރަސްއެޅި، ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ބުނެ އާންމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ޖުލައި 2026 | ހޮނިހިރު 14:58
ހދ. ހަނިމާދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް: ހަނިމާދޫ ހުރިހާ ރައްޔިތުން ވަނީ ރަށުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ

ހދ. ހަނިމާދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް: ހަނިމާދޫ ހުރިހާ ރައްޔިތުން ވަނީ ރަށުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ | ރާއްޖެއެމްވީ

މި ސަރުކާރު އައި ފަހުން ވިޔަފާރިތައް ބަނގުރޫޓުވެ، ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލެމުންދާތީ ހދ. ހަނިމާދޫގެ ރައްޔިތުންނާއި ވިޔަފާރިވެރިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެޓީވީގެ "ހާލު ކިހިނިހެއް؟" ޕްރޮގްރާމްގައި ވާހަކަދައްކައި ރަށުގެ އާންމު ހާލަތާ ބެހޭގޮތުން މައުލޫމާތު ދިން ގިނަ ބަޔަކު ސިފަކުރި ގޮތުގައި، އިއްޔެއަށް ވުރެ މިއަދު ކޮންމެ އެއްޗެއްގެ އަގު ވެސް މިވަނީ ބޮޑުވެ، ރައްޔިތުންގެ ޖީބުތަކަށް ނުކަތާ ވަރު ވެފަ އެވެ.

Advertisement - newsAdvertisement

ރަށުގެ ވިޔަފާރިވެރިން ބުނާ ގޮތުގައި ބާޒާރުން ތަކެތި ލިބުން ދަތިވެ، މުދަލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ކުރިން 20 ރުފިޔާ އަށް ލިބުނު އާންމު މުދާ މިހާރު 25 އާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި އުޅޭއިރު، ބައެއް ޒަރޫރީ ތަކެތީގެ އަގު ވަނީ މުޅިން ދެގުނަވެފަ އެވެ. މީގެ ކުރިން ގާތްގަނޑަކަށް 290 ރުފިޔާ އަށް ލިބުނު ކައްކާ ތެޔޮ ކޭހެއްގެ އަގު މިހާރު ހުރީ ޑަބަލްވެފަ އެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ވިޔަފާރިވެރިއަކު ބުނީ، އެއްޗެހި ވިއްކަން ބަލާއިރު އެ ތަކެތި ގަންނަން ތިބެނީ ވެސް ހަމަ އާންމު ނިކަމެތި ރައްޔިތުން ކަމަށާއި، ކިރިޔާ ވެސް ފޫބެއްދޭނަމަ ބޮޑުއަގުތަކެއް ނަގަން އެމީހުންގެ ހިތަށް ކުޅަދާނަ ނޫން ކަމަށެވެ.

ދަނޑުވެރިކަން ދެން ވަރަށް ދަތި. އެކި ފާޑުފާޑުގެ ބަލިބައްޔާ އެކި ފާޑުފާޑުގެ ކަންތައްތަކުގެ ސަބަބުން ދަނޑުވެރިކަމުގެ މަސައްްކަތް ވަރަށް ދަށް. ގަސް ކާނާގެ އަގު އުޅެނީ ވަރަށް މަތީގައި. އެންމެފަހުން މިހާރު އަޅުގަނޑުމެން 60 ރުފިޔާ އަށް ލިބުނު ގަސް ކާނާ މި ގެންނަނީ 130 ރުފިޔާ އަށް. ހުރިހާ އެއްޗެއް ވެސް އަގުބޮޑު. އެއްޗެހި ވިއްކަންވާއިރު އެއްޗެހި ގަންނަން ވެސް ތިބެނީ ވެސް ރުފިޔާ ޖަހާ މީހުންނެއް ނޫން ދޯ. ދެން އަހަރުމެންނަކަށް ވެސް ހިތަށް ކުޅަދާނައެއް ނުވޭ އެމީހުންނަށް ބޮޑެތި އަގުތަކުގަ ވިއްކާކަށް. އަޅުގަނޑުމެން ބޭނުމެއް ނޫން ކިރިޔާ ވެސް ފޫބެއްދޭނަމަ ބޮޑުއަގުތަކެއް ނަގާކަށް. އަހަރަމެންނަށް ވެސް އެނގޭ ހަމަ އަހަރެމެން ކަހަލަ މީހުންކަން ގަންނަން ތިބެނީ. 
ހދ. ހަނިމާދޫ ދަނޑުވެރިއެއް

އާންމު ދިރިއުޅުމަށް ދިމާވެފައިވާ އަނެއް ބޮޑު ހުރަހަކީ ކަރަންޓު ބިލްތަކަށް އައި ބޮޑު ބަދަލެވެ. ބޭނުންކުރާ ކަރަންޓުގެ މިންވަރަށް ނުވަތަ ގޭގެ ތަނަވަސްކަމާއި ބޭނުންކުރާ ތަކެއްޗަށް އެއްވެސް ބަދަލެއް ނައިސް، ކުރިން 5,000 އާއި 6,000 ރުފިޔާއާ ދެމެދު ހިފެހެއްޓިފައި ހުރި ކަރަންޓު ބިލްތައް މިހާރު ވަނީ 12,000 އާއި 13,000 ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ރަށުން ކަރަންޓު ކަނޑާތީ ރައްޔިތުންގެ މެދުގައި ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރަށުގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުރި ނަމަވެސް، ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ "އަފަމޯލް" ފަދަ އެއްވެސް ބޭހެއް އަދި ބޭސް މަލަން ފަދަ އާދައިގެ ސިމްޕަލް އެއްޗެއް ވެސް ލިބެން ނެތް ކަމަށް ރައްޔިތުން ބުނެ އެވެ. ފިހާރަ ހުއްޓަސް ބޭސް ނުހުންނާތީ، ބޮޑެތި އޮޕަރޭޝަންތައް ކޮށްގެން ދާއިމީ ގޮތެއްގައި ދުވާލަކު 16 ގުޅަ ބޭސް ކާންޖެހޭ ބަލިމީހުން ވެސް މިހާރު ބޭސް ގެންނަން ޖެހެނީ މާލެއިން ނުވަތަ ކުޅުދުއްފުށިންނެވެ.

ބޭސް ކަން ވަރަށް ގިނައިން. 16 ގުޅަ ކާން ޖެހޭ. ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފަ. ބޭސް ލިބޭ އެކަމު މިރަށަކުން ބޭހެއް ނުލިބޭ. މާލެ އިންނާ ކުޅުދުއްފުށިން ގެންނަނީ. މިރަށުގަ ބޭސް ފިހާރަ އެއް ހުރޭ. އެކަމު ނުލިބެނީ. ފިހާރަ ހުރޭ ބޭސް ނުހުންނަނީ. ކުރިން ތަރައްގީވި، ކުރިން ވެރިކަމުގަ ވި. މިހާރު ތަރައްގީ ހުއްޓުނީ ކަމެއް ހުއްޓާލީ ކަމެއް ނޭނގެ. ލާރި ނެތީކީ ވެސް ނޫން. ކުރަން ބޭނުން ނުވަނީ. ހުރިހާ އެއްޗެއް އަގު ބޮޑު. އިއްޔެ އަށް ވުރެ މިއަދު އަގުބޮޑު. 
ހދ. ހަނިމާދޫ އިން ވާހަކަދެއްކި ރައްޔިތެއް

ހަނިމާދޫގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކުރީގެ ސަރުކާރުގައި ރަށަށް އައި ތަރައްގީގެ ދުވެލި މިހާރު ވަނީ މުޅިން ހުއްޓިފަ އެވެ. ރަށުގެ އާންމުންގެ މީހަކު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހުގެ ވެރިކަމުގައި އެ ރަށް ތަރައްގީ ވި ކަމަށެވެ.

ނަމަވެސް މިހާރު ތަރައްގީ ހުއްޓުނީ ކަމެއް ހުއްޓާލީ ކަމެއް ނޭނގޭ ކަމަށާ ލާރި ނެތީ ނޫން ކަމަށެވެ. ރައްޔިތުން ބުނީ މި ސަރުކާރުން އެ ރަށް ތަރައްގީ ކުރަން ބޭނުން ނުވަނީ ކަމަށެވެ. ހަނިމާދޫ ރައްޔިތުން މިހާރު ގޮވާލަމުންދަނީ، އަސާސީ ބޭހާއި، ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ އަގެއްގައި ފޯރުކޮށްދީ، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

ހދ.ހަނިމާދޫމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!
11 ޖުލައި 2026

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

11 ޖުލައި 2026
މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
07 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

07 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް