Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާއިން އީރާނަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މުހުލަތު ދީފި

11 ޖުލައި 2026 | ހޮނިހިރު 12:38

ހުރްމުޒް ކަނޑުއޮޅީގެ ހުރިހާ މަގުތަކެއް ހުޅުވާލުމަށް އެމެރިކާއިން އީރާނަށް އިންޒާރު ދީފައިވާއިރު، މި ޝަރުތުތަކާ މެދު އޮމާނުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައި. ނަމަވެސް، އެމެރިކާއަށް އިތުބާރު ނުކުރާ ކަމަށާއި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ރައްދު ދޭނެ ކަމަށް ބުނެ އީރާނުން ވަނީ ދޫނުދޭނެ ކަމުގެ އިޝާރާތެއް ކޮށްފައި. މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކާއި އަސްކަރީ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެފިނަމަ މަސްރަހު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 12:38
ހުރްމުޒް ކަނޑުއޮޅީގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު.

ހުރްމުޒް ކަނޑުއޮޅީގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް އެމެރިކާ އިން އީރާނަށް މުހުލަތު ދީފި ކަމަށް އެކްސިއޯސް އިން ރިޕޯޓްކޮށްފި އެވެ. ދުނިޔޭގެ ކަނޑުމަގުން ކުރާ ތެލާއި އެލް.އެން.ޖީ ވިޔަފާރީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ މި މުހިންމު ކަނޑުއޮޅި، ދަތުރުފަތުރަށް ފުރިހަމައަށް ހުޅުވާލާފައިވާކަން އާންމުކޮށް އިއުލާނުކުރުމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދިނުމަށް އެމެރިކާއިން އީރާނަށް އަންގާފައިވާ ކަމަށް ހުކުރު ދުވަހު ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން ޖޫން މަހުގެ 17 ވަނަ ދުވަހު ސޮއިކުރި ފަހުމުނާމާ (އެމް.އޯ.ޔޫ) މާނަކުރުމުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. ވިޔަފާރިކުރާ ތިން އުޅަނދަކަށް ދިން ހަމަލާތަކުގެ ޒިންމާ ވޮޝިންޓަނާއި ގަލްފުގެ ގައުމުތަކުން ތެހެރާންގެ ބޮލުގައި އެޅުވުމާ ގުޅިގެން، ބުދަ އަދި ބުރާސްފަތި ދުވަހު ދެ ގައުމުގެ ދެމެދުގައި ވަނީ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ކަނޑުއޮޅީގެ ހުރިހާ މަގުތަކެއް ހުޅުވާލާފައިވާ ކަމަށާއި، އެއްވެސް ފީއަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އީރާނުން ބުނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ހޮނިހިރު ދުވަހު އޮމާންގައި މަޝްވަރާ ކުރާ ފަރާތްތަކުން ބައްދަލުކުރުމަށްފަހު، އެމެރިކާއިން ހުށަހަޅާފައިވާ މި ޝަރުތުތައް ގަބޫލުކޮށް އީރާނުން ބަޔާނެއް ނެރޭނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލުން މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، މާދަމާ އީރާނުން މިގޮތަށް އަމަލުނުކޮށްފިނަމަ، އެ ގައުމަށް އެއީ "އުފާވެރި ދުވަހަކަށް ނުވާނެ" ކަމަށެވެ. ހުކުރު ދުވަހު "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާތައް ކުރިއަށްދާނެ ކަމަށާއި، ނަމަވެސް "ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމިއްޖެ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ، އާ ބުރުގެ މަޝްވަރާތަކަކަށް ތެހެރާނުން އެދުނު ކަމަށް ޓްރަމްޕް ކުރެއްވި ދައުވާ ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އޭގެ ރައްދު ހަމަ އެގޮތަށް ދޭނެ ކަމަށެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރަހައްދީ މެދުވެރިންނާ ބައްދަލުކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހޮނިހިރު ދުވަހު އޮމާނަށް ވަޑައިގަންނަވާނެ އެވެ.

އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ޣާލީބާފް ހުކުރު ދުވަހު ވިދާޅުވީ، ތެހެރާނުން އަދިވެސް "އެމެރިކާ އަށް އިތުބާރު ނުކުރާ" ކަމަށާއި، "އީރާނުގެ ރައްޔިތުން ދުވަހަކުވެސް އަނިޔާވެރިކަމަށް ބޯނުލަނބާނެ" ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން އީރާނުން ވަނީ ގިނަ އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އޭގެ ފަހުން ތެހެރާނުން ބާރުއަޅަމުންދަނީ ހުރިހާ އުޅަނދަކުންވެސް އެ ގައުމުގެ އިރުޝާދުތަކަށް ތަބާވުމަށާއި، ކަނޑައަޅާފައިވާ ވަކި މަގުތަކަކުން ދަތުރުކުރުމަށެވެ.

ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން، ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތައް 60 ދުވަހުގެ މުއްދަތަށް ހަމަޖެއްސުމަށާއި، ހުރްމުޒް ކަނޑުއޮޅި ކުރިމަގުގައި ބަލަހައްޓާނެ ގޮތަކާ މެދު އޮމާނާއެކު މަޝްވަރާކުރުމަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 ޖުލައި 2026

ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!

10 ޖުލައި 2026
ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!
10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
10 ޖުލައި 2026

އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟

10 ޖުލައި 2026
އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު

10 ޖުލައި 2026
އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި

09 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި
09 ޖުލައި 2026

ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި

09 ޖުލައި 2026
ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި
09 ޖުލައި 2026

ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި

09 ޖުލައި 2026
ގަތަރުން ސަލާމަތީ ނުރައްކާ ބޮޑުވެފައިވާކަމަށް ބުނެ އިންޒާރު ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް