Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމިގްރޭޝަން

ފުޑްކޯޓް ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 27 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

7 ޖުލައި 2026 | އަންގާރަ 01:35

މާލޭގެ ހުޅަނގު ބަނދަރު ސަރަހައްދުގައި އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 88 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 27 މީހަކު ވަނީ ބަންދުކޮށްފަ. "އޮޕަރޭޝަން ކުރަނގި" މެދުވެރިކޮށް ބިދޭސީންގެ ފުރިހަމަ ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގަވާއިދާ ހިލާފުވާ ބިދޭސީން ވަގުތުން ޑީޕޯޓުކުރަން ވަނީ ނިންމާފަ. ނަމަވެސް، ކުދި ވިޔަފާރިތަކުގައި ބިދޭސީން އަތްގަދަކުރާ މައްސަލައާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އަދިވެސް އެބަހުރި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 7 ޖުލައި 2026 | އަންގާރަ 01:35
އާދީއްތަ ދުވަހުގެރޭ އިމިގްރޭޝަން އިން ފުޑްކޯޓް ސަރަހައްދުގަ ކުރިޔަށްގެންދިޔަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން.

އާދީއްތަ ދުވަހުގެރޭ އިމިގްރޭޝަން އިން ފުޑްކޯޓް ސަރަހައްދުގަ ކުރިޔަށްގެންދިޔަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން. | މޯލްޑިވްސް އިމިގްރޭޝަން

މާލޭގެ ހުޅަނގު ބަނދަރު ފުޑްކޯޓުތައް ހިމެނޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިގެން، އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އާދީއްދަ ދުވަހުގެރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގަ އެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު ބަނދަރު ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރެއިން ޖުމްލަ 88 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށް ފައެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 27 މީހުންނަކީ ރާއްޖޭގައި އުޅުމުގެ ގަވާއިދުތަކާ ހިލާފުވެފައިވާ މީހުންނެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 202,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފަވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. މިއީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ ހިމެނޭހެން އެކުލަވާލާ ފުރިހަމަ ޑޭޓާބޭސްއެއް އެކުލަވާލުމަށް ކުރިއަށްގެންދާ  މަސައްކަތެކެވެ.

ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެމުންދާ ފުރުސަތުތައް އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެންނާނެކަން އިއުލާނުކޮށްފަ އެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތެއް ދިނުމެއް ނެތި ވަގުތުން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މިފަދަ އޮޕަރޭޝަންތައް ހިންގަމުންދިޔަ ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަކުރަމުންދާ މައްސަލަ އާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިމިގްރޭޝަންހާބަރ ފުޑް ކޯޓުގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންއޮޕަރޭޝަން ކުރަނގި

އިތުރަށް ކިޔާލަން

06 ޖޫން 2026

އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

06 ޖޫން 2026
އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
19 މެއި 2026

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

19 މެއި 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
04 މެއި 2026

ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން

04 މެއި 2026
ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން
02 މެއި 2026

ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި

02 މެއި 2026
ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި
29 އެޕްރީލު 2026

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

29 އެޕްރީލު 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ
17 އެޕްރީލު 2026

މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި

17 އެޕްރީލު 2026
މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި
02 މާރިޗު 2026

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

02 މާރިޗު 2026
ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ
20 ޑިސެމްބަރު 2025

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ ބޮޑު ހަރަކާތެއް ހިންގަނީ

20 ޑިސެމްބަރު 2025
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ ބޮޑު ހަރަކާތެއް ހިންގަނީ
04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
27 ސެޕްޓެމްބަރު 2025

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ފަރަގު މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ފެންނާނެ: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފަސީހު

27 ސެޕްޓެމްބަރު 2025
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ފަރަގު މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ފެންނާނެ: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް