Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީ މަސައްކަތްތެރިން

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ ބޮޑު ހަރަކާތެއް ހިންގަނީ

އޮޕަރޭޝަން ކުރަނގީގެ ދަށުން މާސް ލީގަލައިޒޭޝަން ޕްރޮގްރާމެއް 2026 ޖަނަވަރީ 01 ން ފެށިގެން އޭޕްރީލް 02 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އިއުލާންކޮށްފި. ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތުން ލީގަލައިޒް ކުރުމަށް ހުށަހެޅިދާނެ.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 17:07
ބަންގްލަދޭޝްގެ މަސައްކަތްތެރިއަކު އދ. މަހިބަދޫގެ ގެއެއް ގައި ތެލި ދޮންނަނީ - ޑިސެމްބަރު 17، 2019

ބަންގްލަދޭޝްގެ މަސައްކަތްތެރިއަކު އދ. މަހިބަދޫގެ ގެއެއް ގައި ތެލި ދޮންނަނީ - ޑިސެމްބަރު 17، 2019

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންން ގަވައިދަށް ފެއްތުމުގެ ބޮޑު ޕްރޮގްރާމެއް ހިންގުމަށް ހަަމަ ޖައްސާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއް ފައި ބުނީ "އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"، 2026 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2026 އޭޕްރީލް 02 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެ ޝަރުތުތަކަކީ:

  • ވަރކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުން؛
  • އެއްވެސް ސަބަބަކާ ހުރެ ބްލެކްލިސްޓް ކޮށްފައިވާ ބިދޭސީ އެއް ކަމުގައި ނުވުން؛
  • ރާއްޖޭގައި މިވަގުތު ހުރި ބިދޭސީ އެއް ކަމުގައިވުން؛
  • ބިދޭސީ ފަރާތް ލީގަލައިޒް ކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށް ނުވުން؛
  • ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން؛
  • އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީ އެއް ކަމުގައި ނުވުން؛ އަދި
  •  2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީ އެއް ކަމުގައިވުމެވެ.

މިގޮތުން ވަޒީފާ ދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައި ޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށް ބުނެފައިވެ އެވެ. އަދި ލީގަލައިޒް ކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 1485 ގުޅުމުން ނުވަތަ xpat@mohst.gov.mv އަށް އީމެއިލް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ހޯމްލޭންޑް މިނިސްޓްރީއޮޕަރޭޝަން ކުރަނގި މާސް ލީގަލައިޒޭޝަން ޕްރޮގްރާމްއެކްސްޕެޓް ސިސްޓަމްބިދޭސީ މަސައްކަތްތެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި

15 ޑިސެމްބަރު 2025
ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުން ބިދޭސީ ރެކްރޫޓްމަންޓް އެޖެންސީތައް ހުއްޓުމަކަށް!

ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުން ބިދޭސީ ރެކްރޫޓްމަންޓް އެޖެންސީތައް ހުއްޓުމަކަށް!

02 ސެޕްޓެމްބަރު 2025
އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

18 ޑިސެމްބަރު 2024
ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން

ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން

22 އޮކްޓޯބަރު 2024
ބިދޭސީންގެ މައްސަލަ ހައްލުކުރަން މާފުއްޓަށް

ބިދޭސީންގެ މައްސަލަ ހައްލުކުރަން މާފުއްޓަށް

09 ޖޫން 2024

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު