Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ފަރަގު މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ފެންނާނެ: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފަސީހު

ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ، މިއީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 08:02
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ މައުލޫމާތު ނަގަނީ

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ މައުލޫމާތު ނަގަނީ

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތުގެ ފަރަގު މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ބޮޑު ފަރަގެއް ފެންނާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ (ރިޓަޔަރޑް) އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން އިންސައިޓްސް އެޕިސޯޑް-1ގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފަސީހު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމަށާއި، މިއީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަސީލް ވިދާޅުވިއެވެ.

މިފަހުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް އިޝާރާތް ކުރައްވައި ފަސީހު ވިދާޅުވީ 976 މީހުން ޗެކް ކޮށްބެލިއިރު ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ފާހަގަކުރެވުނީ 107 މީހުން ކަމަށެވެ. މި ނަތީޖާއިން އެކަނި ވެސް ގަވާއިދުގެ ތެރެއަށް ބިދޭސީ މަސައްކަތް ތެރެއިން ވަންނަން ބޭނުންވާކަން ހާމަވެފައިވާ ކަމަށް ފަސީހު ވިދާޅުވިއެވެ.

މީގެ އިތުރުން ފަސީހު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ މާބޮޑު ފަރަގެއް މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ބޮޑު ފަރަގެއް މުޅި ރާއްޖެއިން ފެންނާނެ ކަމަށެވެ.

އެންފޯސް ކުރަން ފެށީމަ ރަނގަޅުކުރާނެ. އާއްމު ރައްޔިތުން ކުށްވެރި ކުރުމެއް ނޫން މިއީ. ގައުމުގައި މަސައްކަތް ކުރަން އަންނަ މީހުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކޮށް، ގިނަ އަދަދެއްގެ ފައިސާ ހަރަދު ކޮށްގެން. އައިސްފައި ކޮންމެވެސް ހިސާބަކުން މިމީހާ މަގުމަތިވެ އަމިއްލައަށް ފައިސާ ހޯދަން މިއުޅެނީ. މަދުބައެއް ކުރާ ކަމެއްގެ ސަބަބުން މިކަހަލަ ނޭދެވޭ ކަންތައްތަކެއް މިދިމާވަނީ ހަގީގަތުގައި.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ (ރިޓަޔަރޑް) އަހުމަދު ފަސީހު

ފަސީހު ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ ކަމަށާއި، ވިސާ ނެތި ފީ ނުދައްކާ ބިދޭސީން އުޅޭ މައްސަލަ ހައްލު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ބޭރުގެ މަސައްކަތްތެރިން ގެންގުޅުމުގައި މައްސަލައެއް ނެތް ކަމަށް ފަސީހު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތުގެ ފަރަގު މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ބޮޑު ފަރަގެއް ފެންނާނެ ފަސީހު ވިދާޅުވެފައިވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" 2 މެއި 2024 ގައި ފަށައި، މުޅި ރާއްޖެއަށް މި އޮޕަރޭޝަން 19 ޖުލައި 2024 ވަނީ ފުޅާކޮށްފައެވެ. އަދި ސެޕްޓެންބަރު މަހު މުޅި ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ އިއުލާން ކުރައްވާފައެވެ.

އެކިއެކި ނަންނަމުގައި އޮޕަރޭޝަންތައް ހިންގި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް ބައެއް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން އަދިވެސް ވަރަށް ގިނަކަން ފާހަގަކުރެއެވެ. އެގޮތުން ކަންމަތީ ފިހާރަތަކުގައި ބިދޭސީ ސޭޓުން ތިބުމަކީ މަނާކަމެއް ނަމަވެސް ޚާއްސަކޮށް މާލެސިޓީގައި ކުދި ވިޔަފާރިތައް ބިދޭސީން ހިންގައެވެ. އަދި މާރުކޭޓުގެ ގިނަ ގޮޅިތަކާއި، ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ އިތުރުން ޓެކްސީ ޚިދުމަތް ދިނުމަށް ވެސް ބިދޭސީން ހަރަކާތްތެރިވެއެވެ.

އަހުމަދު ފަސީހުއިމިގްރޭޝަންބިދޭސީ މަސައްކަތްތެރިންއައްްޑޫ ސިޓީގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 ޑިސެމްބަރު 2025
ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު